އިސްރާއީލުން ދެންމެ ޣައްޒާގެ 80 އާއިލާއެއް ދިރިއުޅޭ ރެސިޑެންސް ޓަވަރަކަށް ބޮން އަޅައި އެޓަވަރު ސުންނާފަތިކޮށްލައިފިއެވެ.

މިހަމަލާގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.

ޣައްޒާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޓަވަރަށް ވަރުގަދައަށް ބޮން އެޅުމުގެ 15 ވަރަކަށް މިނެޓް ކުރިން އިންޒާރު ދިނުމުގެ ގޮތުން އެއްހަމަލާ މިޓަވަރަށް އިސްރާއީލުން ދިނެވެ. އެހަމަލާ އާއި ގުޅިގެން ގިނަ ބަޔަކު ޓަވަރުން ނިކުތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބޮމުގެ ގިނަ ހަމަލާތައް އަމާޒުކުރިއިރު ޓަވަރު ނުނިކުމެވި ގިނަ ބަޔަކު ޓަވަރުގެ އެތެރޭގައި ތިބުން އެކަށީގެންވާ ކަމަށް ވެސް ޣައްޒާގެ މީޑިއާތަކުން ބުނެއެވެ.

މިއިމާރާތުގައި 14 ބުރިހުރެއެވެ.

އިސްރާއީލުން އިއްޔެ އިން ފެށިގެން ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުުގައި މިހާތަނަށް ވަނީ 28 މީހަކު ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ޣައްޒާ އިން ވެސް ދަނީ އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންނެވެ. މިހާތަނަށް ޣައްޒާ އިން އިސްރާއީލަށް 600 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ވަނީ ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ތިޔައީ ޔަހޫދިއްޔަސައޫދީންގެތާއީދާއެކީ އިޒްރޭލުންދޭހަ މަލާތަކެއްކަ މުން ސައޫދީންވެސްކުށްވެރިކުރަން!!
    އިޒްރޭލާއި ސައޫދީންނަށްވެސް އަދި
    މިސުރުސަރުކާރަށްވެސް ހަލާކުހުރި!!

    6
    1
  2. ޚާއިނުން

    ކޮބާ ގަލްފުގެ މުއްސަނދި ގައުމުތަކުގެ ވެރިން؟