ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުގެ ގާބިލްކަމާއި ގުޅޭ އިންޓެލިޖެންސް ސައްހަ މައުލޫމާތު އިސްރާއީލްގެ އިންޓެލިޖެންސް އެޖެންސީ މޮސާޑަށް ވެސް އެންމެ ފުރިހަމައަށް ނުލިބޭތީ އިސްރާއީލްގެ ބައެއް ވަޒީރުންނަށް ހައިރާންކަން ލިބިފައިވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.
އިސްރާއީލަށް އަމާޒުކޮށް ހަމާސް އިން މިހާރު ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދަނީ ފޮނުވާލަމުންނެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ރޮކެޓް އިސްރާއީލްގެ ވެރިރަށް ތެލްއަވީވާއި ހަމައަށް ވެސް ފޯރައެވެ. އެހައި ދުރު ރާސްތާއަކަށް ހަމާސްގެ ރޮކެޓްތައް ފޯރަފާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އިސްރާއީލަށް ލިބިފައެއް ނެތެވެ.
އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓްގައި ހިމެނޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިސްރާއީލްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ "ހަމާސްގެ ގާބިލްކަން ދެނެގަތުމުގައި އިސްރާއީލްގެ ޖާސޫސީ އިދާރާ ފެއިލްވެއްޖެ" ކަމަށެވެ.
ޣައްޒާ އަކީ ވަށައިގެން ބަންދުކޮށްފައި އޮންނަ ސިޓީއެކެވެ. ކޮންމެހެން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ތަކެތި ވެސް ޣައްޒާއަށް އެތެރެކުރެވެނީ އިސްރާއީލުން ބަލައި ފާސްކުރުމަށް ފަހުއެވެ. އެހެންކަމުން ރޮކެޓް އުފެއްދުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެ ކުރުން އެއީ ހަމާސް ޖަމާޢަތައް ވެސް ވަރަށް ދަތިކަމެކެވެ.
އެދަތިތަކާއިއެކު ވެސް ހަމާސްގެ މުޖާހިދުން ދަނީ ރޮކެޓް އުފައްދައިގެން އިސްރާއީލުން ހައިރާންވާވަރުގެ ހަމަލާތަކެއް އިސްރާއީލަށް ދެމުންނެވެ.
ހަމާސްގެ ހަމަލާތައް ވަރުގަދަވެ، ރޮކެޓް ހަމަލާތައް ގިނަވެފައި ވާތީ މާދަމާ އިން ފެށިގެން ޣައްޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް ހަމާސް އާއިއެކު އެއްބަސްވުމެއް އެކުލަވާލަން އިސްރާއީލުން ވިސްނަމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.
ހަމާސް އިން މިހާތަނަށް ހަމައެކަނި ތެލްއަވީވަށް ވެސް 130 ރޮކެޓް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލްގެ އެހެން ސަރަހައްދުތަކަށް ފޮނުވާލި ރޮކެޓް ހަމަލާތަކާއިއެކު ހަމާސް އިން ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ޖުމްލަ އަދަދު 650 އަށް ވުރެ ގިނަ ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކޮބާ ކަލެމެންވެސް ބިރުގަނޭ ދޯ
މި އޮތީ ހިތްވަރުދީފަ.ޓެރަރިޒަމް ގެ ދަށުން 10 އަކަށް ޖަލަށްދާން ޖެހިދާނެދޯ!
އިސްރާއީލު ނިކަމެތިކަން އިހުސާސްވާ ކޮންމެފަހަރަކު އެނީހުން އެއްބަސްވުން ހަދާނެ. މީގެ އެތައް އަހަރެއްގެ ކުރިން ހަމާސްއިން އިޒްރާއީލް ނެތިކޮއްލުމާ ގާތައް ދިޔަ އެފަހަރުވެސް ޔަހޫދީން އަވަހައް އެއްބަސް ވުމަކަށް ދިޔައީ.
ތިވީ ހަމަ ރާއްޖޭގެ އިންޓެލަށްވެސް ވީވަރު، ވީމާ އެމް.ޑީ.ޕީ އަދި ދެރަވާކަށް ނުވޭ.
މާތްﷲ އިންސާނާއަށް ދެއްވި އެންމެ ބާރުގަދަ އެއްޗަކީ ބުއްދި...ހަމާސްއާއި ފަލަސްތީނުގެ މުޖާހިދުން ބަލިކޮށްލަން ބޭނުންނަމަ އެމީހުންގެ ބުއްދިތައް ހިފާ ހައްޔަރުކުރޭ..އެކަމަކު މިއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް..ހުރިހާ ދިމާލަކުން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ފަލަސްތީނުގެ ރައްޔިތުންނަކީ ހިތްވަރު އެލުވާ ނުލާ މިނިވަންކަމަށް މަސައްކަތްކުރުމުގަ ފަސްޖެހޭނެ ބައެއް ނޫން..ފަލަސްތީނުގެ އެންމެ ތުއްތުކުދިންވެސް އަސްލު ވ. ހިތްވަރު ގަދަ..