ޣައްޒާގެ ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލްގެ ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ހޮލޮންއަށް އަށް އަމާޒުވި ހަމާސް ޖަމާއަތުގެ ރޮކެޓެއްގެ ސަބަބުން އިސްރާއީލްގެ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. ޒަހަމްވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ވެސް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން އަޅަމުންދާ ސައިރަން ތެލްއަވީވްގެ ހުރިހާ ސަރަހައްދެއްގައި މިހާރު އަޅަމުން އެބަދެއެވެ.

އިސްރާއީލްގެ ވެރިރަށް އޮންނަ ސަރަހައްދަށް ބަލާއިރު އެއީ ޣައްޒާ އިން އާއްމު ގޮތެއްގައި ފޮނުވާލާ ރޮކެޓްތައް މީގެ ކުރިން މަދުފަހަރެއްގައި ނޫނީ އަމާޒުވާ ހިސާބެއް ނޫނެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ޣައްޒާ އިން ގެންދަނީ ތެލްއަވީވަށް ވެސް ހަމަލާތައް ފޮނުވަމުންނެވެ. އެހެންކަމުން މިހާރު ޣައްޒާގެ މުޖާހިދުން ވަނީ ރޮކެޓް އުފެއްދުމުގައި އިތުރު ކުރިއެރުންތައް ހޯދާފައިކަން ސާބިތުވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

އިސްރާއީލްގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތަކަށް ބަލާއިރު ވަރަށް އަވަހަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އިސްރާއީލުން އެއްބަސްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލްމާ

  އަލްހަމްދު ލިﷲ ޝުކުރު މާތްﷲ މުޖާހިދުުުންނަށް ނަސްރުު ދެއްވާ އިޒުރާއީލް ބަލިކުރަށްވާ ފާންދޭވެ އާމީން ޔާރަށްބުލް އާލަމީން.

  183
  1
 2. ޛކކކ

  އިސްރާއީލްގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތަކަށް ބަލާއިރު ވަރަށް އަވަހަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އިސްރާއީލުން އެއްބަސްވާނެއެވެ... ފިނޑި ވެސް މި ވަރު އަރުވަނީ

  55
  1
 3. Anonymous

  ޔާ ﷲ އިބަﷲ ގެ ދީނަށް ނަސްރުދެއްވު މަށް މަސައްކަތްކުރައްވާ ފަލަސްތީނުގެ މުޖާހިދުނަށް ނަސްރުދެއްވާނދޭ. އާ މީން.
  އޭ މަތިވެރި މާތް ﷲ އެވެ. އިބަ އިލާހަކީ ކޮން މެ ކަ މެއްގެ މައްޗަށް ކުޅަދު ންވަންތަވެ ވޮޑިގެންވާ އިލާހެވެ.

  53
  1
 4. ލ.އަތޮޅު

  ﷲ އަކްބަރ....މާތްކަލާންގެ މުޖާހިދުއްނަށް ކާމިޔާބު ދެއްވާށި....

  26
 5. ޖިޙާދް

  آمِيْنُ يَا رَبَّ الْعَالَمِيْن

  16
 6. މެސީ

  ޒައިނިބްޓުންނަށް ކުޑަ ގެއްލުމެއްވާއިރައް އައްދެއްޔޯ ކިޔާފަ ސުލްހަވާން ގޮވާނެ. މިފަހަރު ސުލްހަ ނުވާތި ދޭތިން އެކައްޗައް

  18