ފަލަސްތީންގެ ގުދުސްގައި ދިރިއުޅޭ މީހުންގެ ގެތަކަށް އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ނަޖިސް ފެން ޖަހަން ފަށައިފިއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި ޖަންގްޝަންތަކުން ނަގާފައިވާ ފެން ޓްރަކަކަށް އަޅައިގެން އެޓްރަކްގައި ގުދުސްގެ ފަލަސްތީން ރައްޔިތުން އުޅޭ ގެތަކަށް އިސްރާއީލުން ދަނީ ފެން ޖަހަމުންނެވެ.

ލާއިންސާނީ މިއަމަލު އިސްރާއީލުން ހިންގަމުން ދަނީ ފަލަސްތީން ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަރުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުން އަންނަ މަސައްކަތައް ފަލަސްތީން ރައްޔިތުން ހުރަސް އަޅާތީއެވެ. ގުދުސްގެ މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ވެސް އިސްރާއީލްގެ ސިފައިން ވަނީ ނަޖިސް ފެން ޖަހާފައެވެ.

މިއީ އިސްރާއީލް ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމެއްގައި، އެއްވެސް ބަޔަކު ކުރާ ޒާތުގެ ކަމެއް ނޫނެވެ.

ފަލަސްތީންގެ މަސްރަހު މިހާރު ހޫނުވެފައި ވަނީ އިރުމަަތީ ގުދުސްގެ ޝައިހު ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ އަށް އާއިލާއެއް އެ މީހުންގެ ގެދޮރުން ނެރެ، އެ ތަންތަނަށް ޔަހޫދީން ވަޒަންވެރިކުރުވަށް އިސްރާއީލް ފުލުހުން ފެށި މަސައްކަތާއި ދެކޮޅަށް ގުދުސްގައި މުޒާހަރާތައް ފެށުމުންނެވެ. އޭގެފަހުން މިދިޔަ ހޯމަ ދުވަހު އަޤުޞާ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްތީންގެ އެތައް ބަޔަކަށް އިސްރާއީލް ސިފައިން ހަމަލާދީ 300 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލުން މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.

ގުދުސްގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަކާއި ދެކޮޅަށް ޣައްޒާގެ މުޖާހިދުން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދޭން ފެށުމާއިއެކު އިސްރާއީލުން ވަނީ ޣައްޒާއަށް ބޮން އަޅައި މިހާތަނަށް 30 މީހަކު ޝަހީދު ކޮށްލާފައެވެ. ޣައްޒާ އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ތިން މީހަކު ވަނީ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދިޔާމާ

  ޔަހޫދީންނަކީ އެންމެ ނުބައި މީހުން

  69
  1
  • ާއޯޝަން ފްލޯރ

   މުނާފިޤުން ވާނީ ނަރަކައިގެ އެންމެ އަޑީގައި ކަމަށް ކީރިތި ޤުރްއާނުން މާތް ﷲ ވަޙީ ކުރައްވާފައި އެބައޮތް!

   31
   1
 2. Anonymous

  ޔާﷲ އިޒްރާއީލް ހަލާކު ކުރައްވާ މުސްލި މުން ނަށް ނަސްރު ދެއްވާންދޭވެ

  100
  1
 3. ޢަލީ

  ޔާﷲ އިޒްރާއީލް ހަލާކު ކުރައްވާ މުސްލި މުން ނަށް ނަސްރު ދެއްވާންދޭވެ

  78
  1
 4. ކާފަބޭ2020

  ކޮބާތައެއްކަލަ ދޮންކުދިންނަށްކަމެއްވާއިރަށް ފަޔަށްހިނިއަރައިގެން ނުކުންނަ ޔަހޫދީގުރޫޕުތައް؟ ފަލަސްތީނުގައެއުޅެނީ އިންސާނުންނަށްނުވަނީތަ؟ ނޫނީއެއީޔަހޫދީންގެހައްގުގަ ފަނާވެދާންޖެހޭބަޔަކީތަ؟ ތިޔަކިޔާހުރިހާރައިޓުސްއެއް ލިބެންޖެހެނީ ޔަހޫދީންނަށްއެކަނިތަ؟ މުސްލިމްގައުމުތަކުގެ ވެރިންނަށް މިކަހަލަލާއިންސާނީކަންތައްތައްނުފެންނަނީ ލައިގެންތިބޭޖުއްބާއާއި ބޮލުގައަޅާފަވާދުރަންތައްކުޑައީތަ؟ ﷲއިސްލާމީއުންމަތަށް ހެޔޮވިސްނޭ ﷲގެކަލިމަފުޅުމަތިވެރިކުރާނޭ ޤާބިލުވެރިން އިސްކުރަށްވާ ނާޤާބިލުވެރިންގެކިބައިން އިސްލާމީޤައުމުތައް މިންޖުކުރަށްވާށި!އާމީން!

  49
  1
 5. ދެރަ

  ޔާﷲ... ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ މުޞީބާތުން ސަލާމަތް ކުރައްވާ ނަސްރު ދެއްވާންދޭވެ..😔

  36
  1
 6. އަހަރެން

  ކީރިތި الله ގެ އުގޫބާތް ވަރުގަދަވާނެ.

  30
  1
 7. ރޯމިއޯ

  ޔާ ﷲ. އަނިޔާވެރި ޔަހޫދީންގެ މައްޗަށް އިބަ ﷲ ފެނުގެ ތަދުމަޑުކަމެއް ޖައްސަވާ އެމީހުންނަށް ތި ނަޖިސް ފެން ބޯން ދެއްވާ ފާންދޭވެ. އާމީން