ހަމާސް އިން އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ އިތުރު ދެމީހަކު މަރުވެއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮކެޓް ހަމަލާގައި މަރުވެފައި ވަނީ ތެލްއަވީވްގެ އަވަށެއް ކަމަށްވާ ލޯޑްގެ ދެމީހެކެވެ. މަރުވެފައި ވަނީ ބައްޕައަކާއި އޭނާގެ އަންހެން ދަރިފުޅު ކަމަށް ވެސް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ހޯމަ ދުވަހު އިސްރާއީލާއި ފަލަސްތީންގެ މުޖާހިދުންގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށިފަހުން ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ފަސް މީހަކު ވަނީ މަރުވެފައެވެ.

ޣައްޒާ އިން ވަނީ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލަށް އަމާޒުކޮށް 1050 ރޮކެޓް ފޮނުވާލާފައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން އެގައުމުގެ އަސްކަރިއްޔާ އާއި ހަވާލާދީ ބުނެފައެވެ. ނަމަވެސް އޭގެތެރެއިން އިސްރާއީލާއި ހަމައަށް ފޯރާފައި ވަނީ މަދުއަދަދެއްގެ ރޮކެޓް ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލްގެ އެކި ސަރަހައްދުތަކަށް ފަލަސްތީނުން ރޮކެޓް ހަމަލާތައް ދެމުންދާއިރު ރޭ ވަނީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގެ އެއާޕޯޓް ބެން ގްރިއޮން ކައިރީ ހުރި ގެއަކަށް ވެސް ރޮކެޓް ހަމަލާއެއް އަމާޒުވެފައެވެ. އެހަމަލާގައި އެގެއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. ނަމަވެސް ހަމަލާ އަމާޒުވިއިރު ގޭގެ މީހުން ތިބީ ރޮކެޓް ހަމަލާތަކުން ރައްކާތެރިވުމަށް ބިންގަރާހަކަށް އެރިކަމަށް ވާތީ މިހަމަލާ އިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އިސްރާޢީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮކެޓް ހަމަލާތަކުގެ އަޑުގަދަވެގެން އުމުރުން 80 އަހަރުގެ އިސްރާއީލް މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ވެސް ފަރުވާ ދެމުން އެބަގެންދެއެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްޤު1

    الله أكبر

    4
    1
  2. މިގޮތަށް އިޞްލާޙުކުރޭ!!!

    ހޯމަ ދުވަހު އިސްރާއީލުގެ ހަނގުރާމަވެރިންނާއި ފަލަސްތީންގެ މުޖާހިދުންގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށިފަހުން ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ފަސް މީހަކު ވަނީ މަރުވެފައެވެ.

    އިސްރާއީލުގައި މުޖާހިދުންނެއް ނުތިބޭނެ!!!

    2
    1
  3. ހާޓް

    ފަލަސްތީނުގެ ޅަދަރީންނަށް ހާޓް އެޓޭކް ޖެހޭނެވަރު ވިސްނާލަބަލަ އަޅެ