އިސްރާއީލްގެ އަނިޔާވެރި ސިފައިންގެ ކިބައިން ފަލަސްތީންގެ ޣައްޒާ ރައްޔިތުންނަށް ސަލާމަތް ނުވެވި އަނެއްކާ ވެސް މިވަނީ ހަނގުރާމައާ ކުރިމަތިލާން ޖެހިފައެވެ. އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ވެރިވެގަނެ، އިރުމަތީ ގުދުސް ވެރިކޮށްގެން ތިބެ އަންނަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ހަމަލާ ދެމުންނެވެ.

ފަލަސްތީނުގެ މީޑިއާތަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިސްރާއީލުން އެގައުމަށް ބޮން އަޅައި، އެތައް ބަޔަކަށް ގެއްލުން ވެފައިވެއެވެ. އެތައް ބައެއްގެ ގެދޮރު ބިމާ ހަމަވެފައިވާއިރު، ހަމަލާތަކުން ދިފާއު ނުވެވި ގިނަ ބަޔަކު ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެެނެއެވެ.

މި ހަމަލާތައް 22 ގައުމެއް ހިމެނޭ އަރަބި ލީގުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ރާއްޖެ ހިމެނޭހެން މުސްލިމް ގައުމުތަކުން އަންނަނީ އިސްރާއީލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރި ވަމުންދާ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ގުރޫޕުތަކާއި، މުސްލިމް ޖަމާއަތްތަކުން އަންނަނީ އިސްރާއިލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ. ތުރުކީ ވިލާތާއި އިރާނުން އިސްވެ ގޮވާލައިފައިވަނީ މުސްލިމް ހުރިހާ ގައުމަކުން އިސްރާއީލްގެ އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވުމަށެވެ. އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުން ހުއްޓާނުލާ ހުރިހާ މުސްލިމް ގައުމަކުން ވެސް އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިއުމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގޮވާލައްވާފައިވެއެވެ.

ބައެއް ގައުމުތަކުގައި ފަލަސްތީނު މިނިވަން ކުރުމަށް އެދި މުޒާހަރާ ކުރަމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި މުސްލިމުން އަންނަނީ މީސް މީޑިއާ ބޮޑަތި ޕްލެޓްފޯމްތަކުގައި ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލަމުންނެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވެސް އަންނަނީ މިކަމަށް ގޮވާލާ ފަލަސްތީނާ އެކުގައި ދިވެހިން ތިިބިކަން ދައްކުވައިދެމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި 103 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 27 ކުޑަކުދިންނާއި 11 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީހުން ދިިރިއުޅެމުން އަންނަ ގެތަކަށް ބޮން އަޅައި، ނަޖިސް ފެން ޖެހުމާއި، މިފަދަ އެތައް އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތަކެއް އިސްރާއީލުން އަންނަނީ ހިންގަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގެ ގެތަކަށް ބޮން އަޅައި ދިން ހަމަލާގައި މާބަނޑު މީހަކުވެސް ޝަހީދުވެފައިވެއެވެ. ހުއްޓުމެއް ނެތި އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ޒަހަމްވި މީހުންގެ އަދަދު 700 އަށް ވުރެ އިތުރެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އދ.އިންނާއި މިސްރުން ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުން ނޫނެކޭ ބުނެފައިވާ ކަމަށްމީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލޮލް

  ބޮޑުވަރަކަށް ކުއްވެރިކޮށްލެވޭނީ

  10
 2. Anonymous

  Death toll in Gaza rises to 119

  4
  2
 3. Anonymous

  ޤައުމުތަށް ކުއްވެރި ކުރެވިދާނެ. އެ ކަމަ ކު ޑިމޮ ކްރަސީގެ ބާނީ އެމެރި ކާއިން އެ ކަން ހުއްޓުވާ އިޒްރޭލަށް ހަތިޔާރާއި އެހެން ގޮތްގޮތުން އެހީތެރި ކަން ދިނުން ހުއްޓާލިއްޔާ ކިރިޔާ ވެސް ހައްލެއް އޮތީ.

  19
  3
 4. Anonymous

  އިސްރާއީލާ އޮތް ގުޅުން ކަނޑާލަން ނުކެރެނީ ކީއްވެ.

 5. ފާއިޒް

  މުސްލިމުންނޭ ކިޔާގެން މިއުޅޭ ޔަހޫދީ މުސްލިމް ބައިގަނޑު .ސައުދީ ގަތަރު އިރާޤް ޖޯޑަން މިފަދަ ބައިގަނޑު ތައް އޮތީ ދެލޯ ކަނުވެފަތަ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމް ކޮށް ފަލަސްތީން ނެތިކޮއްލަން .. އެމީހުންނައް ވުރެ މި މުސްލިމް ނުލަފާ ޖައްބާރުތައް މާނުބައި...

 6. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ/ދަނބުފަށުވިގެ

  ކެވިއަރައިގެން އަންނައިރު، ކުންބުޅަގަނޑު އެކަތި ގަނޑަކަށްވެ، ބޮޑުބިޔަ އެއްގެ ސޫރާގައި ސޫރަދައްކާ ފަދައިން، އެކުޖުމުލަ މުސްލިމުންގެ މެދުގައި ފިސަރިވަރުގަދަ އެއްބައެއް ވަންތަކަމެއް އުފެއްދިޖެއްޔާ ހިނދުކޮޅެއްެ ތެރޭގައި ތިޔަހުރިހާ ޙަމަލާއެއް މުލުންލުހެ، އެއްލައި ލެވޭނެއެވެ. އިންޝާ ﷲ