ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ،އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ސަމާލު ނެރެފައި ވަނީ، ގއ. އަތޮޅުން ފެށިގެން އައްޑޫ އާ ހަމައަށެވެ.

މެޓް އިން ނެރުނު ސަމާލުގައި ބުނެފައި ވަނީ، ބޯކޮށްވާރޭ ވެހުމާއެކު، ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 20:00އަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.