ވެނެޒުއޭލާއާ ދެކޮއްޅައް އަސްކަރީ ބާރު ބޭނުން ކުރަން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު ދެއްވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު ރިޕޯޓަރުނާ ވާހަކަދަކަމުން ވިދާޅުވީ ވެނެޒުއޭލާގެ ރައްޔިތުން ދަނީ ވޭން ތަހައްމަލު ކުރަމުން ކަމަށާއި އެތައްބަޔަކު ދަނީ މަރުވަމުން ކަމަށެވެ. "އެމެރިކާއަށް ވެނެޒުވޭލާ އާއި ދެކޮޅަށް އެޅިދާނެ ބައިވަރު ފިޔަވަޅުތައް އެބަހުރި. އޭގެ ތެރޭގައި އަސްކަރީ ބާރުގެ ބޭނުން ކުރުން ހިމެނޭ." ޑޮނަލްޑް ޓުރަމްޕު ވިދާޅުވި އެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގެ ގާނޫން ހަދާ މަޖިލީހުގައި ވާހަކަ ދަކަމުން އެގައުމުން ބޭނުން ވަނީ އެމެރިކާ އާ ގުޅުން ބަދަހި ކުރަން ކަމައް ވިދާޅުވެފައެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަކީ ޑިކްޓޭޓަރެއްގެ ގޮތުގައި އެމެރިކާ އިން ސިފަކޮށް އޭނާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވަނީ ދާދި ފަހުން އަޅާފައެވެ. އެމެރިކާ އިން އެފިޔަވަޅު އަޅާފައި ވަނީ ވެނެޒުއޭލާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ނުރުހުމުގައި އެގައުމުގައި މަޖިލިސް އިންތިހާބެއް ބޭއްވި ފަހުންނެވެ. އެއިންތިހާބާ ދެކޮޅަށް އެގައުމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި 10 މީހަކު މަރުވި އެވެ.

ADS BY SHEESHA

ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގެ ހަމަނުޖެހުން ބޮޑުވެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ރައިޔުންނަށް ދަތިތަކާ ކުރިމަތި ވެފައި ވާ އިރު އެގައުމުގެ އިންފުލޭސަން ވަނީ 700 އިންސައްތަ މައްޗައް ޖެހިފައެވެ. އަދި އެފްރީލް މަހުން ފެށިގެން ހިގަމުން ދާ ހަމަނުޖެހުން ތަކުގައި މިހާތަނައް ވަނީ 100 މީހުން މަރުވެފައެވެ. މިކަމުގެ ސަބަބުން އެގައުމުގެ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި އަދި ރައީސް މަދޫރޯގެ މައްޗަށް އޮތް އިތުބާރު ގެއްލި އޭނާ ވެރިކަމުން ފޭބުމަށް އެގައުމުގެ ރައްޔިތުން ދަނީ ގޮވަމުންނެވެ.

Comments are closed.