މޮރިޝަސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ގަޑިން 7:05 ހާއިރު އެ ބިންހެލުން އައިސްފައި ވަނީ 6.7 މެގްނެޓިއުޑް ބާރުމިނުގައެވެ.

6.7 ކިލޯ މީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މޮރިޝަސްއަށް އައި ބިންހެލުމުގެ ސަބަބުން އެގައުމަށް ވެސް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު