އިންޑިއާގެ ހޮސްޕިޓަލެއްގައި 2 ދުވަސް ތެރޭގައި 30 ކުދިން މަރުވެއްޖެއެވެ.

ގޮރަކްޕޫރް ބާބާ ރަގްހަވް މެޑިކަލް ކޮލެޖުން  48 ގަޑި އިރުތެރޭގައި މިހާ ގިނަ ކުދިން މަރުވެފައި މިވަނީ އެކުދިންނަށް އޮކްސިޖަން ސަޕްލައި ނުލިބިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު އިންޑިއާގެ ސަރަހައްދުގައި ހުރި ސަރުކާރުގެ މި ހޮސްޕިޓަލަށް އޮކްސިޖަން ސަޕްލައިކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމިޑް އެލިގޭޝަނުން އޮކްސިޖަން ސިލިންޑާސް ސަޕްލައިކުރުން ހުއްޓާލާފައި މިވަނީ މި ހޮސްޕިޓަލުން އެ ކުންފުންޏަށް ދައްކަންޖެހޭ 50 މިލިއަން ރުޕީސްގެ ފައިސާ ނުދައްކައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން އުއްތަރް ޕުރަޑޭދޭޝް ސަރުކާރުން ބުނެފައިވަނީ އެ މީހުން މި ހޮސްޕިޓަލަށް އޮކްސިޖަން ފޮނުވޭނެ އެހެން ގޮތްތައް ހަމަ ޖައްސާފައިވާ ކަމަށާއި އެ ކުދިން މަރުވެފައިވަނީ ތަފާތު ބަލި ޖެހި އެހެނިހެން ފަރުވާ ނުލިބިގެން ކަމަށެވެ.

މި ހޮސްޕިޓަލްގެ ޗީފް މިނިސްޓާރ ޔޯގީ އަގިޔަންޓާ ދަނީ އެކިއެކި ގޮތްގޮތުން މި ހޮސްޕިޓަލަށް ތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ADS BY SHEESHA

މި ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ބަލިމީހުންނަށް މިހާރު ބޭނުންވާ ވަރަށް ފަރުވާކުރާނެ ތަކެތި ނުލިބުމުން އެކި އެކި ދަތިތަކާ ކުރިމަތިވެގެންދާ ކަމަށާއި އަދި ބަލިމީހުން އެނދު އެކަކު އަނެކަކާ އެއްކޮށް ބޭނުން ކުރަން ޖެހޭ ވަރަށް ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. މިކަން ހައްލު ކުރުމަަށް އިންޑިއާގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

1 ކޮމެންޓް

  1. އިންޑިއާގެ ބައެއް ހޮސްޕިޓަލް ތަކަކީ ބަލިމީހުން އެދުދަށުގައި ބައިތިއްބައިގެންވެސް އުޅޭ ބައެއް !