އިސްރާއީލްގެ ހަތް ބުރީގެ ގެއަކަށް ޣައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާއެއް އަމާޒުވެ، އެގޭގައި އަލިފާން ރޯވެއްޖެއެވެ.
މިހަމަލާގައި ހަމީހަކު ޒަހަމްވެފައިވާ ކަމަށާއި އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.
މިހަމަލާ އަމާޒުވީ އިސްރާއީލްގެ ޝެރޮޓްގައި ހުންނަ ގެއަކަށެވެ. މިއީ ޣައްޒާ އާއި ކައިރީގައި އޮންނަ އިސްރައީލްގެ އަވަށެކެވެ.
އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިގެއަށް ދިން ހަމަލާގައި ހައަހަރުގެ ކުއްޖަކު ވެސް ވަނީ ޒަހަމްވެފައެވެ. މިހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ ހައަހަރުގެ ކުއްޖާގެ މަންމައަށެވެ. ދެން ތިބި ހަތަރު މީހުންނަށް ލިބުނީ ކުދިކުދި އަނިޔާތަކެކެވެެ.
އިސްރާއީލްގެ އެސަރަހައްދުގައި ހުންނަ ގެތަކުގެ ކުޑަދޮރުތަކަކީ މިފަދަ ހަމަލާއަކުން ގެއްލުން ނުލިބޭ ގޮތައް ހަދާފައި ހުންނަ ކުޑަދޮރުތަކެކެވެ. ނަމަވެސް ރޮކެޓް ހަމަލާ އަމާޒުވެ ގޭގެ ކުޑަދޮރެއް ތަޅައިގެން ގޮސްފައިވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބެލެވެނީ ހަމަލާ އަމާޒުވިއިރު ކުޑަދޮރު ހުރީ ނުލައްޕާ ކަމަށެވެ.
މީގެ އިތުރުން އިސްރާއީލްގެ އަޝްކެލޮންގައި ހުރި ގެއަކަށް ވެސް ދެންމެ ވަނީ ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާއެއް އަމާޒުވެފައެވެ.
ހޯމަ ދުވަހު އިސްރާއީލަށް ޣައްޒާ އިން ރޮކެޓް ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް ދިން ރޮކެޓް ހަމަލާތަކަށް ބަލާއިރު ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުން ރޮކެޓް އުފެއްދުމުގައި ބޮޑެތި ކުރިއެރުންތައް ހޯދާފައިވާކަން އެނގޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ސާދަ ބުރީގެ އިމާރާތެއް.
ޣައްޒާއަށްދޭ ޙަމަލަތައް ކޮބާ.؟