އިސްރާއީލްގެ އަޝްކެލޮން އަށް ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކެއްގައި މަދުވެގެން 20 މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އަޝްކެލޮން އިން ބަޔަކު ޒަހަމްވީ ފަލަސްތީންގެ ގަޑިން މިރޭ 21:00ގެ ފަހުން ދިން ހަމަލާތަކުގައި ކަމަށެވެ.

ޣައްޒާ އިން މިރޭ ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ވެސް ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުންނެވެ.

މިރޭ ވަނީ ޣައްޒާއަށް ހަމަލާތައް ދިނުން އިތުރަށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ކެބިނެޓްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށްފައެވެ. އެބައްދަލުވުމުން ނިންމާފައި ވަނީ އިތުރަށް އަދިވެސް ހަމަލާތައް ކުރިއަށް ގެންދަން ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

މިހާތަނަށް އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 65 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 16 ކުޑަކުދިން ވެސް ހިމެނެއެވެ. ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ހަތް މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    އެއީ މީގެ 30 އަހަރުގެ ކުރިން ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އަރާފައިވާ އުޞޫލުތަކާއި ގާތްކުރާ އުޞޫލަކުން ކުރީ ޒަމާނެއްގައި ފަލަސްޠީނަށް އަރާފައިވާ ޣައިރު މުސްލިމް ބައެކެވެ. ބުނެވޭގޮތުގައި އެއީ ޖަމާލު ޢަބްދުއްނާސިރު މިޞްރުގެ ވެރިކަން ކުރެއްވި ދުވަސްވަރުގެ ކުރީގެ ދުވަސްވަރެކެވެ. މިހާރު މިރާއްޖޭގައި ބޭރުމީހުންގެ ކާވެނިތައް ހިނގަމުންދާ ފަދައިން އޭރު ފަލަސްޠީނުގައި ތައުރާތާއި އިންޖީލުގެ އަހުވެރިންނާއި މަދުމަދުން ކާވެނިތައް ކުރެވުނެވެ. މިހާރު މިރާއްޖޭގައި ބިދޭސީންނަކީ، އަޣުލަބިއްޔަތު ލިބިގެނނުވާ ބައެއްގެ ގޮތުގައި ފެންނަ ފަދައިން އޭރު ފަލަސްޠީނުގައި (ފޮތުގެ އަހުލުން) އުޅެފައިވަނީ އެއްވެސް އަޣުލަބިއްޔަތެއް ނުލިބޭ ބައެއްގެ ގޮތުގައެވެ. ޒަމާންތަކަށްފަހު، ބިދޭސީން އިތުރުވަމުންދާ ނިޞްބަތުން އެމީހުންނަށް އަޣުލަބިއްޔަތު ލިބިގެންދިޔަ ކަމަށް ވެއެވެ. އޭރުވެސް މިހާރުވެސް ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން އަރައި އެބިންތަކުގައި ދިރިއުޅުން އުފައްދައި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުގެ އެހީގައި ވަޒަންވެރިވެއެވެ. ނަތީޖާއަކަށްވީ ފަލަސްޠީނުގެ މީހުންނަކީ، އެތަނުގައި މަދުބަޔަކަށްވެ ޔަހޫދީންނަކީ، އެތަނުގައި ގިނަބަޔަކަށްވެ، ފަލަސްޠީނުގެ މީހުން ރަށުން ނެރެބޭރު ކޮށްލުމުގެ މަސައްކަތް ފެށި، ދުވަހެއް ދުވަހަކަށް މިކަންކަން ކުރިއަރަމުންދިޔުމެވެ. ނަމަވެސް އާޚިރު ނަތީޖާއަކަށްވާނީ ފަލަސްޠީމުގެ ބިންތައް ފަލަސްޠީނަށް ލިބުމެވެ. އަދި އަޤްސާ މިސްކިތްވެސް އެމިސްތުގެ އެނެމެހައި މިލްކުވެރިކަމުގެ ޙައްޤުތައް ލިބިގެންވާ މުސްލިމުންނަށް ލިބިގެންދިޔުމެވެ. މިކަންކަން މިމަގުން ހިނގައި ނުނިމެނީސް އިންޝާ ﷲ ދުނިޔެ ނުނިމޭނެއެވެ. އެމީހުންގެ ތެރެއިން މަރާލެވޭ ކޮންމެ ޔަހޫދީއަކު އެވައްޓަލެވެނީ ޖަހައްނަމައަށެވެ. އަހަރެމެން މުސްލިމުންގެ ތެރެއިން ޝަހީދުވާ ކޮންމެ މީހަކީ އިންޝާ ﷲ ސުވަރުގެ ލިބޭނޭ މީހެކެވެ. ﷲ އަކުބަރު ވަﷲ އަޢުލަމް

    20