އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން ހަމަލާތައް ދޭން ތައްޔާރުވާން ފަށައިފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް އިސްރާއީލްގެ ސިފައިންނަށް މިހާރު އެގައުމުގެ އަސްކަރިއްޔާގެ ވެރިން ވަނީ ހުއްދަ ދީފައެވެ.

ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ އިމަށް މިހާރު އިސްރާއީލްގެ ތިން ލަޝްކަރެއް ޖަމާކޮށްފައި އެބައޮތެވެ. ނަމަވެސް އިސްރާއީލް ސިފައިން ޣައްޒާއަށް އެއްގަމު މަގުން އަރާނެ ގަޑިއެއް އަދި އިއުލާނެއް ނުކުރެއެވެ.

އިސްރާއީލުން އަންނަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ވައިގެ މަގުން ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން ޣައްޒާއަށް އެންމެ ފަހުން ވަރުގަދަ ހަމަލާތަކެއް އެއްގަމު މަގުން ދިނީ 2014 ވަނަ އަހަރު އެވެ. އެފަހަރު އިސްރާއީލް ސިފައިން ޣައްޒާއަށް އެއްގަމު މަގުން އެރުމުން ހަމާސް އިން އިސްރާއީލްގެ ތިން ސިފައިން ރަހީނު ކުރިއެވެ. ނަމަވެސް ހަމާސްގެ މުޖާހިދުންނަށް އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އިސްރާއީލްގެ ތިން ސިފައިން ވެސް އެފަހަރު މަރުވިއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޣައްޒާއަށް އިސްރާއީލް ސިފައިން އެއްގަމު މަގުން އަރައިގެންފިނަމަ އިސްރާއީލްގެ ސިފައިންނަށް ޣައްޒާގެ މުޖާހިދުން މާވަރުގަދަ ހަމަލާތަކެއް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މެކުނު

    ﷲ އިރާދަފުޅާރަހުމަތުން ޔަހޫދީން ހިތިގޮތަކަށް ބަލިވެގެން ފައިބަންޖެހޭނީ

    34
    2
  2. ރެފްރީ

    އިސްރާއީލާދެކޮޅަށް އަހަރެންވެސްމިހުރީ ހަނގުރާމައިއުލާންކޮށްގެން !! ހިތަށްއެބައަސަރުކުރޭ ވަރަށްބޮޑަށް !! ހިތަށްއަރާދެވޭނެނަމައޭ ؟،

    28
    1
  3. ބީބީ

    އިސްރާއީލްގެ އާންމުން ހިމާޔަތް ކުރުމުގެ ހައްގު އެގައުމަށް ލިބިގެންވޭ

    7
    34
    • ސީސީ

      އެހެން ބައެއްގެ ބިމަށް ވެރިވެ ގަނެގެން ތިބެ ތިހައްގުގެ ވާހަކަ ދެއްކޭތަ؟ މިދައްކަނީ ފަހުން ވެރިވެގަން ބިނުގެ ވާހަކަ. އދ އިންވެސް ޢެއީ ވެރިވެގަންފައިވާ ބިމެއްކަން އިއުލާނު ކޮއްފައިވާ ބިމެއްގެ ވާހަކަ. އެހެން ބައެއްގެ ބިމުގައި ގެ އަޅަމުން ދިޔުމުގެ ހައްގު ލިބިގެން ވޭތަ؟ ޢައްޒާ ބަންދުކޮށް ކާއެތިކޮޅުވެސް ބަލާ ފާސްކޮއްފައި ނޫނީ ދޫނުކުރުމުގެ ހައްގުވެސް ތަ؟

      14
      2
    • އަލީ

      ބީބީ ކޮހާ. ބައި ގަރުނައްވުރެ ގިނަ ދުވަހު އިސްރާއީލު ޓެރަރިސްޓު ޖަމާއަތުން ފަލަސްތީނު ރައްޔިތުންގެ ގައިން ލޭ އޮހޮރުވައިފި. އެއީ ހިމާޔަތް ލިބުމުގެ ހައްގު އޮތްބަޔަކައް ނުވަނީތަ؟؟؟

  4. ހަގީގަތް

    ތި ނުކުންނަ ލަޝްކަރު ގެ ޓޭންކުތައް..އެންޓި ޓޭންކް މިސައިލްތަކުން ހަމަލާދީ އައިޑީއެފް ސިފައިން އަންދާލާ

    17
    1
  5. Happy 123

    ޓެރޮރިސްޓް ޢިސްރާއީލް ލަސްކަރު ބަލިކުރައްވާ ފާންދޭވެ.. އާމީން

    30
    1
  6. ނަތަންޔާހޫ ފެއިލްޑް

    ކޮބާ ޔޫ.އެން؟ ކޮބާ އަ.ދ ގެ ސުލްހަ ބަލަހައްޓާ ސިފައިން؟

    25
    1
  7. މެއިލްހ

    ފަލަސްތީނުގެ އާންމުން ހިމާޔަތް ކުރުމުގެ ހައްގު ހަމާސް އަށް ވެސް ލިބެންޖެހޭ...ﷲ ގުރުއާނުގައި ސަރީހަ އިބާރާތުން ބަޔާންކުރައްވާފައިވޭ ޔަހޫދީން ގެ ވާހަކަ...އެބައިގަނޑައް ރަހުމްކުރުމަކީ ﷲގެ ނުރުއްސެވުން އެމީހަކަށް އަންނާނެކަމެއް

    9
    3
  8. ޙަސަނު

    ބީބީ ކަލޭތީ ކާކު ބީތާ.

    3
    1
  9. ތާރީހް

    އެއްގަމުން ހަނގުރާމައިގައި ބަލިވާނެ. ތިއީ އެޔަށްވުރެ ފިނޑި ބަޔެއް.

    9
    1
  10. .....

    ފަލަސްތީނަކަށް އެހައްގު ނޯންނާނެތޯ

    6
    1
  11. އަލް ގައްސާމް

    އަދި ކިރިޔާ ތި އަންނަނީ ރަނގަޅަށް މެޅެން، ޔަހޫދީ ބައިގަނޑު

  12. ބެޓެލް ޔަރްމޫކް

    ޜާއްޖެއަށް އިޒް ރޭލް ޝައިތޯނުން ވަ ރަށް ގިނައިން އަންނަ ތަނެތް. ދިވެހިން ބޭނުމީ ޑޮލަ ރުކަން އެނގޭ މިކަމުންވެސް ވަ ރަށް މުނާފިޤު. މުސްލިމުންނާ ފަލަސްތީނާއެކީ ހިތުން އެކަމު މި އިޒް ރޭލް އޫ ރުންތަކަށް ފު ރިހަމަ ހިމާޔަތް ދީގެން ތެޔޮދަަމައިދީ ހަދަނީ ކޮންބަޔެއް. މިތަނައް އަންނަ ގިނަ އިޒް ރޭލް މީހުންނަކީ އެތާގެ ސިފައިން. މުސްލިމުންގެ ބިންތައް ހިފާ ދަނޑުބިންހަދާ ފެކްޓަ ރީތައް ހަދާ ގެ ހަދާ މުސްލިމުންގެ ލޭ ހިފައން އައިމަވެސް މިދިވެހިން ހެވިފަ އެބަ ބޮއޭ ހިނިތުންވެ ހު ރެ. ޢިޒް ރާއިލް އެއީ ފަތަހަށް ކު ރަންޖެހޭ އަދި އެތަނެއްގެ މުސްލިމުންގެ މުދާ މުސްލިމުން ގެ ކުދި ދަ ރިން ހައްޔަ ރު ކޮށް މުސިމުންގެ ގެތަކަށް ބޮން އަޅަމުންދާ އެބަޔަކާ ދެކޮޅަށް މުސްލިމު ކޮންމެ ފަ ރުދެއް ހަނގު ރާމަ ކު ރަންޖެހޭނެ ބަޔެއް.

  13. ކަޝްމީރު

    ޢިންޑިޔާ ސިފައިން ބޭރު ކުރޭ. . ނުކުރާނަމަ ވެރިކަން ބާރުގެ ބޭނުންކޮށްގެން ވައްޓާލަން މުސްލިމުން ނިކުންނަމާ. ޥަގުތު ފާއިތުވެދާނެ