އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާނީ ޣައްޒާގެ ރައްޔިތުން އެކީ ނެތިގެން ދިޔުމުން ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި އެތައް އަހަރެއް ވަންދެން ހަމަނުޖެހުން ހިންގަމުން އަންނަ އިރު، ދުނިޔޭގެ ލީޑަރުން އަންނަަނީ ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް ދެ ގައުމުގެ ކޯޅުން ވެދާނެތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ގިނަ ގައުމުތަކަކުން އަންނަނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އެމީހުން ދިން ހަމަލާގެ ސަބަބުން މިހާތަނަށް ހަމާސްގެ ހަތަރު އަސްކަރީ ކޮމާންޑަރުން ޝަހީދުކޮށްލާފައި ވާނެ ކަމަށެވެ. އޭގެ އިތުރުން ހަމާސް ގުރޫޕުގެ ހަނގުރާމަ ވެރިންނާއި، ހަނގުރާމައިގެ މައިދާނުގައި ފޯރިމަރާ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކު ޝަހީދު ކޮށްލައިފައިވާ ކަމަށެވެ. އަސްކަރީ ކޮމާންޑަރުންގެ ތެރޭގައި ބައްސާމް އީސާ އާއި، ޣައްޒާ ސިޓީގެ ބްރިގޭޑް ކޮމާންޑަރާއި، ސައިބާ ކޮމާންޑުގެ ވެރިޔާ އަދި ހަމާސް ޕްރޮޑަކްޝަން ނެޓްވޯކުގެ ވެރިޔާ ހިމެނޭކަމަށް އިސްރާއިލުން ރިޕޯޓު ކުރެއެވެ.
އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނެފައިވަނީ ހަމާސް ގުރޫޕުގެ އަސްކަރީ ކޮމާންޑަރުން ޝަހީދުކޮށްލުމަކީ އެއީ އަދި ފެށުމެއް ކަމަށެވެ. އިސްރާއިލުގެ އަސްކަރީއިން އިތުރު ބާރުތައް ބޭނުންކޮށް ޣައްޒާގެ އާންމުންނާއި ހަމާސް ގުރޫޕުގެ މީހުންނަށް ހިޔާލަށް ވެސް ނުގެނެވޭހާ ބިރުވެރި، ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހު ދިނެވެ.
ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ލީޑަރުން ހިންގަމުން އަންނަ ޖަރީމާތައް ހުއްޓައިލުމަށާއި، ހަމަލާތައް ކުރިއަށް ނުގެންދިއުމަށް އިންޒާރުދީފައިވާނެ ކަމަށެވެ. އިންޒާރަށް ބެލުމެއް ނެތި ހަމަލާ ދެމުން ގެންދާނަމަ ހަމާސް އާއި އެހެން ޖަމާއަތްތަކުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވެއެވެ.
އޯ ރިއަލީ!!އެކަމަކު މާތްﷲ މިންވަރު ކުރައްވާފަވަނީ އެހެން ގޮތަކަށް..މުސްލިމުންގެ އަތުން ތި ޔަހޫދީންތައް ބަލިވެ،ފޭރިގަނެފަވާ މުސްލިމުންގެ ބިންތައް އަނބުރާ މުސްލިމުންނަށް ލިބޭނެކަމަށް..
ޔާﷲ އެނުބައި ޔަހޫދީންގެ މައްޗަށް އައްޒާގެމުސްލިމުންނަށް ނަސްރުދެއްވަނދޭ - އާމީން
އާމީން. މި ފަދަ ކޮމެންޓަށް ޑިސްލައިކް މިދެނީ ޔަހޫދީންނަށް ހިތްވަރުދޭ މިހެއްތަ؟
ان شاء الله ، ތީ ދުވަހަކުވެސް ވާނެ ކަމެއްނޫން! ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ދީނަށް ނަސްރުދެއްވާނެ!! މިދީނެއް މިބިންމަތިން ފޮހެވިގެން ނުދާނެ!! ޔަހޫދިންނަށް އޮތީ ހަލާކާއި ގެއްލުން !! ޔާ ﷲ އިބަ އިލާހުގެ ކޯފާ ޔަހޫދިންގެ މައްޗަށް ފޮނުއްވާ، މުސްލިމުންނަށް ކާމިޔާބާއި ނަސްރު ދެއްވާނދޭވެ !!
ޔާﷲ ޔަހޫދީން ބަލިކަށި ކުރައްވާ ނިކަމެތި ކުރައްވާންދޭވެ. އެބައިމީހުން ގެމައްޗަށް މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ އާމީން
ކޮބާތަ ކަލޭމެން ގެ ލަދު؟ އަނގަ އޭ ބޮލޭ ނުކިޔާ ގޭގަ މައިތިރި ވެގެން ތިބޭ!!! ކޮންފަދަ ކަމެއްތަ އޭނ؟؟ ނަތަންޔާހޫ އޭ ކިޔާ ނުލަފާ މީހާ ގަނޑަށް ހީވާ ކަހަލަ ފަލަސްތީނަކީ މީނާގެ ހަރުމުދަލޭ😠 ނުބައި ގޮތަކަށް ނަތަންޔާހޫ ނެތި ކުރައްވާށި😐 ކަލޭމެން ތިހެން ފޮނިވެގެން އަނގަތެޅިދާނެ. އެކަމަކު މާތް ﷲ ގެ އިރާދަފުޅާއިއެކު ފަލަސްތީން ސަލާމަތް ވާނެ ދުވަސް އޮތީ މާ ދުރަކު ނޫން.🇵🇸❤️ ޔާ ﷲ އިޒްރޭލުގެ ހަމަލާތަކުންނާއި އިޒްރޭލުގެ ނުބައި ނުލަފާ ޔަހޫދީންގެ ކިބައިން ފަލަސްތީން ސަލާމަތް ކުރައްވާށި🤲🏾💕💖🇵🇸❤️
#އައި އެމް ވިތް ފަލަސްތީން🇵🇸❤️
#އައި ސްޓޭންޑް ވިތް ފަލަސްތީން🇵🇸
#ޕްރޭ ފޯރ ފަލަސްތީން❤️🤲🏾🇵🇸💖💕
މި އިސް ރާއީލުގެ ނުބައި މީހުން ހިތުން މިމީހުންނަކީ އަމިއްލައައް އުފެދިގެން ދުނިޔެއައް އައިސް ތިބިބައެއް ކޮބާ މިމީހުންގެ ގަދަކަން ކުޑަ ކުޑަ ވައި ރަސް އަކުން ވެސް ކިތައްބަޔަކު މަ ރު ވަމުންމިދަނީ މުސްލިމުންނައް ކު ރާ އަނިޔާގެ ހިތި މިފެނިގެންދަނީ
އިންޝާﷲ ތީ ހުވަފެނެއްގަވެސް ވާނެކަމެއް ނޫން.މާތް ﷲގެ ރޭއްވެވުމުގައި ތިޔަ ނުލަފާ ޔަހޫދީންގެ ނިމުން ވަނީ ހިތްވަރު ގަދަ ފަލަސްޠީނުގެ މުޖާހިދުންގެ އަތްމަތީގައި.
ކޮބާ ކޮމެންޓު
ކޮބާ ކޮމެންޓު
އިޒްރާއީލް ބައެއް ކުދިން ކީއްވެ މި ޚަބަރުތަކުގެ ކޮމެންޓް ބަޔައް ވަދެގެން ޑިސްލައިކް ދެނީ!!!. ކިތައްމެ ދެރައެރިޔަސް މުސްލިމުންނައް ﷲ ނަސްރު ދެއްވާނެ. ބަލަންތިބޭތި.
ﷲ ގެ ގަދަފަދަ އަޒާބު ޔަހުދީންގެ ނުލަފާ ޒާލިމުންނަށް މިންވަރުކުރަށްވާށިއެވެ އާމީން ޔާރަށްބުލް އާލަމީން
އެންމެން މަރާލިޔަސް ކަލޭމެންނަށް ޤުދުސްއެއް ނުލިބޭނެ. އަދި ފަލަސްތީން ނައްތައެއްވެސް ނުލެވޭނެ. އެއީ ލިޔެވިފާވާ ހަގީގަތެއް.