އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ގަދަވެގަނެ ދެމުން އަންނަ ނިރުބަވެރި ހަމަލާއަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުށްވެރިކޮށްފައިވާ ހަމަލާއެކެވެ. ހުއްޓުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނާއި ޣައްޒާގެ ރައްޔިތުން ޝަހީދުކޮށް، ގެތައް ސުންނާފަތި ކުރަމުން އަންނަ ހަބަރަކީ މުޅި މީސްމީޑިއާގައި ގިނަ ބަޔަކު އެ ވާހަކަތައް ދައްކަމުން އަންނަ ހަބަރެކެވެ.
މި ހަމަލާތައް ހަމައެކަނި އަމާޒުކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އަންނަ ގެތަކަށް ނޫނެވެ. އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު، މާތްވެގެންވާ މަސްޖިދުލް އަގްސާއަށް ވެސް އިސްރާއީލުގެ ސިފައިންނާއި އާއްމުން އަންނަނީ ވަދެ ހަމަލާތައް ދެމުންނެވެ. މި ހަމަލާތައް އަގްސާއަށް އަމާޒު ކޮށްފައިވާއިރު، މީގެ ކުރިން ޔަހޫދީ ޖަމާއަތްތަކުންނާއި އިސްރާއީލު ސަރުކާރުން ވަނީ މިސްކިތް ތަޅާލުމަށް ގޮވާލާފައެވެ.
ފަލަސްތީނުގައި ހިނގަމުން އަންނަ ހަމަލާގައި މިހާތަނަށް އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި އަގްސާގެ ތެރޭގައި ތިބި ބައެއް ފަލަސްތީނުގެ ރައްޔިތުން ހިމެނެއެވެ. އަދި އެ ހަމަލާއާ ގުޅޭ ބައެއް ވީޑީއޯތައް ވެސް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.
އެގޮތުން މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއް ވީޑިއޯއަކީ އިސްރާއީލުގެ ސިފައިންނާއި ރައްޔިތުން އަގްސާ މިސްކިތް ތެރެއަށް ވަދެ އެތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ، އަދި މިސްކިތަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑީއޯއެކެވެ.
އެގޮތުން މިސްކިތުގެ ތެރެއަށް އެކި ކަހަލަ ބޮމާއި ކަރުނަ ގޭސް ފަދަ ތަކެތި އުކާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ. ނަމަވެސް ބައެއް ރައްޔިތުން ދިޔައީ އެވަގުތު ވެސް ނަމާދު ކުރަމުންކަން ވީޑިއޯއިން ފެނިގެންދެއެވެ.
އިސްރާއީލުން ދެމުން އަންނަ ހަމަލާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިހާރު ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަކީ ހަމާސް ޖަމާއަތް "މައިތިރި ކުރުމަށް" ދެމުންގެންދާ ހަމަލާތަކެއް ކަމަށާއި އެ މަގުސަދު ހާސިލް ވަންދެން ހަމަލާތައް ދޭނެ ކަމަށެވެ.
އިސްރާއީލުން ވެސް ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 65 މީހަކު ޣައްޒާ އިން ޝަހީދުވެފައިވެއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
އިޒްރޭލް ސިފައިންނަކީ އަނިޔާވެރިކަމުން ހައްދު ފަހަނަ އަޅާފަ ތިބިބައެއް..
މުސްލިމުންގެ އައްޕަކަމަށްހެ ދިގެންއޮންނަ ލާ ދީނީ ސައޫ ދީންނާއި އަންމަކަމަށްހެ ދިގެން އޮންނަ މިސުރުންނާ އަ ދި ދޮންބެކަމަށް
ހެ ދިގެންއޮންނަ ލާ ދީނީ އުރު ދުންއިން ކުރުވާކަންތައް.
ތިޔަ އައިއެސް ޖަމާއަތެއް ސީރިއާގަ ކޯޅުން ހުއްޓާލާފަ މި އިޒުރޭލު ފުޑަން ނިކުންނަން ވެއްޖެއެއްނު!!! ނިކަން ގަޓެއް ހުރިއްޔާ ނިއުކްލިއަރ ބޮމެއް އަޅާލަބަލަ!!!
ތިޔައީ ސައުދީ އަޑީގައި ތިބެގެން ކުރުވާ ކަންތައްތައް
ރާއްޖޭގަބޮންނުގޮއްވާ އިޒު ރޭލުތަޅާލާނަމަ؟
ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް އެމީހުން މައިތިރިކޮއްގެން ޕަލަސްތީނަށް ހަމަޖެހުންލިބޭނީ