އިސްރާއިލުގެ ކޮންމެ ދިމާލަކަށް ހަމަލާ ދެވޭ ވަރުގެ ވަރުގަދަ ރޮކެޓެއް ހަމާސްއިން އުފައްދައިފިއެވެ.

މަޝްހޫރު ތަޖުރިބާކާރު ޔަހްޔާ އައްޔާޝްގެ ނަމާއި ގުޅުވައިގެން ހަމާސްއިން ތައްޔާރުކުރި މި ރޮކެޓަށް ދީފައިވާ ނަމަކީ 'އައްޔާޝް 250'އެވެ.

ހަމާސްގެ އަސްކަރީ ފައުޖުގެ ވެރިޔާ މުހަންމަދު ޑީފް ހުރިހާ އެއާލައިނަކަށް ގޮވާލަމުން ދަނީ ފަލަސްތީނާއި އެންމެ ކައިރިން ޖެއްސެން ހުރި އެއާޕޯޓަކަށް ފްލައިޓުތައް ޖެއްސުމަށެވެ. ހަމާސް އިން ދަނީ އިސްރާއިލަށް ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ. ހަމާސްއިން އުފެއްދި އާ ރޮކެޓަކީ އިސްރާއިލުގެ ކޮންމެ ސަރަހައްދަކަށް ހަމަލާ ދެވޭ ވަރުގެ ރޮކެޓެއް ކަމުގެ އިންޒާރު ހަމާސްއިން އަންނަނީ ދެމުންނެވެ.

އިސްރާއިލުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މިހާރު ވެސް ހަމާސްއިން އަންނަނީ ތެލް އަވީވްއަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދެމުންނެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއިލަށް އަމާޒުކޮށް ފޮނުވި ރޮކެޓު ހަމަލާ ތަކުގެ ތެރެއިން އިސްރާއިލަށް ހަމަލާ ދެވިފައިވަނީ 1،031 ރޮކެޓަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމާސްއިން އުދުއްސާލި ބައެއް ރޮކެޓުތައް އިސްރާއިލަށް ނާރާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލްޙަމްދުﷲ

    ﷲ އަކްބަރް!

    178
    5
  2. ނަބާ

    الله اكبر ، الله اكبر ، الله اكبر ❤️❤️

    105
    1
  3. ޖހދ

    ﷲ އަކްބަރް! ﷲ އަކްބަރް! ﷲ އަކްބަރް!

    105
    1
  4. އިބްރާހިމް

    ޔާﷲ. ހަމާސް އިން އުފައްދާފައިމިވާ ރޮކެޓްތައް އޭގެ އަމާޒަށް ވާސިލްކޮށްދެއްވާ ފަލަސްތީން ބިމުން އިޒްރޭލްގެ ވަސްވެސް ފިލުއްވާލަ ދެއްވާފާނދޭވެ. އާމީން

    180
    3
    • ރެފްރީ

      امين امين امين امين އަހަ ރެންވެސް ހާދަހާދާހިތެއްވެޔޭ. ދެވިއްޖެއްޔާ ތިޔަޔަހޫދީންގެމޫނަށް ކުޅެއްނަމަވެސްޖެހޭތޯބަލާނަން! انشالله

      70
      1
    • ާަފއ

      އާމީން ޔާ ރަބުލް ޢާލަމީން 🤲

      24
  5. މަސީ

    ޢަޔަން ޑޯމް ބޭނުންކުރުމުމް ހަމާޒް ރޮކެޓްތައް އިޒްރޭލް އައި ދުރުހިސަބަކުން ގޮއްވާލާ

    13
    50
  6. ރަދީފް

    ސާބަހޭ ހަމާސް.ވާންކޮއްފަ ބަހައްޓާތި.

    100
    1
  7. ޢަހުމަފު

    މިހާރުވެސް 100 މީހުން ސަޙިދުކޮށް ބިލްޑިންގް ތައް ބިމާ ހަމަކޮށް އަގުސާގެ ހުރުމަތް ކަނޑާފި... ދެން ކޮން އިރަކުންތޯ ތި ރޮކެޓުން އިސްރާއީލަށް ހަމަލަ ދެނީ؟

    11
  8. ޥަހީދާ

    ޔާﷲ މުޖާހިދުންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާ ނަސްރު ދެއްވާނދެވެ آمين يا رب العالمين

    12