ސްރީލަންކާގައި ހަލުވިކަމާއި އެކީ ކޮވިޑް-19 ފެތުރެމުން ދާތީ އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޤައުމުގެ ހުރިހާ ފިހާރައެއް ބަންދުކުރަން ނިންމައިފި އެވެ.

ލަންކާ ފުލުހުންނާއި ހަވާލަދީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މިރޭ 23:00 އިން ފެށިގެން ލަންކާގެ ހުރިހާ ފިހާރައެއް ބަންދުކުރާނެ އެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު ޑީއައިޖީ އާޖިތް ރޮހާނާ ވިދާޅުވީ، ލަންކާގެ ހުރިހާ ފިހާރައެއް ބަންދުކުރުމަށްފަހު ދެން ފިހާރަތައް ހުޅުވާނީ ހޯމަދުވަހުގައި ކަމަށެވެ. އަދި މިހާރު ހުއްދަ ދެވިފައިވާނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމަށް އެކަނިކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ސްރީލަންކާ ފުލުހުންގެ ތަރުޖަމާން

ކޮވިޑާއި ގުޅިގެން ލަންކާގައި ހަރުކަށި ފިޔަވަޅުތަކެއް އެޅިކަމުގައި ވިޔަސް ހޮސްޕިޓަލްތަކަށް ދިއުމަށާއި ބޭސްގަތުމަށް ހުއްދަ ދެވޭނޭ ކަމަށް އޭނާ ބުނެވެ. އަދި މިހާލަތުގައި އެންމެވެސް ގޭގައި މަޑުކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ލަންކާގެ ބޭސްފިހާރަތަކުން ޑެލިވަރީކޮށްދިނުމުގެ ހިދުމަތަށް ހުއްދަ ދެވޭނޭ ކަމަށާއި އެމެޖެންސީ ނޫން ހާލަތްތަކުގައި ބޭރަށް ނުނިކުމަށް އެދޭ ކަމަށެވެ.

އިންޑިޔާގައި ފެތުރިފައިވާ ކޮވިޑް-19 ގެ އާ ވައްތަރު ލަންކާއިންވެސް ފެނިފައިވާއިރު މިހާރު އެޤައުމުގައި ހަލުވިކަމާއި އެކީ ފެތުރެމުންދަނީ އެވައްތަރުގެ ކޮވިޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލީ

    ލަންކާވެސް ލޮކްޱައުންކުރަނީ ވަރައްދެރަ

    8
    1
  2. ޝާހިދާ

    ނާ ހަމަތެދެއްތަ ތީ. ވަގުތު މީހުން ގެ ހެޑަލައިން ކިޔާފަ ބައެއް މީހުންގެ ސްޓްރެސް ލެވެލް ވެސް މަތިވާނެ. ލަންކާ މިރޭ 11 އިން ހޯމަ ދުވަހުގެ ފަތިހު 4 ކާ ހަމައަށް ލޮކްޑައުން ދަނީ މީހުންނަށް ތައްޔާރުވާން ވަގުތު ދީފަ. އަދި ހޯމަ ދުވަހުން ފެށިގެން މެެއި 31 ގެ ނިޔަލަށް ރޭގަނޑު11 އިން ފަތިހު 4 ކަށް މަގުމަތީ އުޅުން މަނާ. މިދުވަސް ތަކު ބޭރަށް ނުކުންނަން ޖެހޭ ނަމަ ގޭބިސީއަކުން އެކަކު ނުކުމެ އެ ކުރަން ޖެހޭ ކަމެއް ކޮށްލާ ގެއަށް ވަންނަން ޖެހޭ.