އިސްރާއީލްގެ އަނިޔާވެރި ސިފައިން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ފިރިހެނަކާއި އޭނާގެ މާބަނޑު އަނބިމީހާ އާއި އެދެމަފިރިންގެ ހަތަރު ދަރިން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ މީޑިއާތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި މިއާއިލާގެ މެންބަރުން ޝަހީދުވެފައި ވަނީ އެމީހުން ދިރިއުޅޭ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައެވެ.

މިހަމަލާގައި ޝަހީދުވެފައި ވަނީ 39 އަހަރުގެ ރަފާތު މުހައްމަދު އިސްމާއީލް އަލް-ތާނީ އާއި 37 އަހަރުގެ ރާވިޔަތު ފަތުހީ އާއި އެމީހުންގެ ހަތް އަހަރުގެ ދަރިފުޅު އިސްމާއީލް އާއި ހައަހަރުގެ ދަރިފުޅު އަދުހަމް އާއި ފަސް އަހަރުގެ ދަރިފުޅު އަމީރު އާއި ހަތަރު އަހަރުގެ ދަރިފުޅު މުހައްމަދު އެވެ.

އިސްރާއީލްގެ ހަމަލާގައި މިއާއިލާގެ އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ.

ޣައްޒާއަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުން ދާތީ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 200 ވަރަކަށް މީހުން ގެތަކުން ނިކުމެގެން ގޮސް ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކުން މިހާރު ވެސް ހިމާޔަތް ހޯދަމުން އެބަގެންދެއެވެ. ނަމަވެސް މިފަދަ ތަނަކަށް ވެސް އިސްރާއީލުން ހަމަލާ ނުދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

މިރޭ ވެސް އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަބީ

    މިކަމުގައި އަޑުއުފުލައި ވާހަކަ ދައްކަން ޖެހެނީ ފަންނާނުންނެއްނޫން.. މުސްލިނު ރައްޔިތުން ދިރިއުޅޭ ގައުމުތަކާއި އެގައުމުތަކުގެ ވެރީންނާއި އަސްކަރީ ކޮމާންޑަރުން. އެތިބަ ސައުދީ އާއީ ގަތަރާއި ޔޫއޭއީއާއި އެމީހުންގެ އަސްކަރިއްޔާތަކުން ކުރަނީ ކޮންކަމެއް. ޝަހީދުކޮއް ނެތި އެކޮއްލަނީ ކިތައް ކިތައް ލޮބުވެތި މުސްލިމް އާއިލާ. މިތާ އުޅޭ ވެރިމީހާވެސް އެއްޗެއް ބުނެލާފަ އެއޮންނަނީ އޮސްޓުރިޗެއްހެން ބޯވަތައްލައިގެން ފިލާފަ. އަމިއްލަ ލޯކުރިމަތީ އަމިއްލަ އަނބިދަރީން މަރާލާތަން ބަލަނަ ކެލޭމެންގެ ތެރެއިން ކިތައް މީހުންނައް ކެތްކުރެވޭނެ.؟ އެއީ ގާޒާގެ އަހަރެމެންގެ އަަޚުންނާއި އުޚުތުން ތަހައްމަލް ކުރަމުންދާ ބިރުވެރިކަން. ހިތައް އެއްޗެއް އަރާތަ. ؟

    31
    • ....

      ތި ކިޔަނީ ހުސް ޔަހޫދީންގެ ޕަޕެޓުންގެ ވާހަކަ....މިގައުމުގަވެސް ނުހުންނާނެ ވެރިއެއް އެއްޗެކޭ ބުނަން ކެރޭނެ....ދަށުވެފަ ތިބި ބައެއް އަމިއްލަ ބައި ބޮޑުކުރަންވެގެން....ހަނޑަށް ދިޔަ ވާހަކަ ފޮތްތަކުގަ ޖެހީ ޔަހޫދީން ބުނެގެން އެއީ ދޮގުކަން އެނގިތިބެ...

    • ދޮން ބަބުރު ސޮރު

      ހީހީހީ، ތިއަބުނި ތަންތަނުގެ އަސްކަރިއްޔާއަށް އޮވޭތަ، މިޒަމާނަށް ބަލާއިރު ތިބުނަނީ 2ގުއްލަ ހަމަ ނުވާ ބައެއްގެ ވާހަކަ.