22:46
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ދިހަހާހަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލިއްޖެ.
22:26
ހަމަލާތައް ބަދަލުކުރަން ފެށިފަހުން މިހާތަނަށް ފަލަސްތީނުން 122 މީހުން ޝަހީދުވެއްޖެ. މީގެތެރޭގައި 31 ކުޑަކުދިން ހިމެނޭ.
22:17
ހުޅަނގު އައްސޭރީގައި އިސްރާއީލުން ދިން ހަމަލާތަކުން މިހާތަނަށް ފަލަސްތީންގެ ދިހަ މީހަކު ޝަހީދުވެފައިވާކަމަށް އަލްޖަޒީރާ އިން ބުނޭ.
22:05
އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީ ހުރި އިސްރާއީލްގެ އަވަށްތަކަށް ރޮކެޓް ހަމަލާތައް އަމާޒުވަމުން ދާތީ "ރަތް ސައިރަން" އަޅަމުން އެބަގެންދޭ. މިހާރު ވެސް އިސްރާއީލަށް ރޮކެޓް ހަމަލާތައް ދަނީ އަމާޒުވަމުން.
21:14
އިސްރާއީލުން މިހާރު ވެސް ދަނީ ޣައްޒާއަށް ބޮމުގެ ހަމަލާތަކެއް ދެމުން. މީގެ އިރުކޮޅެއް ކުރިން އިސްރާއީލުން ވަނީ ޣައްޒާގައި ބޭންކެއް ހިންގާ އިމާރާތަކަށް ބޮމުގެ ހަމަލާތަކެއް ދީފައި.
21:09
ލުބުނާނާއި އިސްރާއީލް ގުޅޭ ސަރަހައްދީ އިމުގެ ކައިރިއަށް މިއަދު ގިނަ ބަޔަކު އެއްވެ އިސްރާއީލާއި ދެކޮޅަށް ވަނީ އަޑުއުފުލާފައި. އޭގެތެރެއިން ބައެއް މީހުން ވަނީ އިސްރާއީލްގެ ބޯޑަރު ތެރެއަށް ވެސް ވަދެފައި. އިސްރާއީލް ސިފައިން ވަނީ އެމީހުންގެ ގަޔަށް ބަޑި ޖަހައި އެތަނުން އެކަކު ޝަހީދުކޮށްލާފައި.
21:07
ހުޅަނގު އައްސޭރީގައި އިސްރާއީލާއި ދެކޮޅަށް މިއަދު މުޒާހަރާއަށް ނިކުތް ފަލަސްތީން މީހުންނަށް އިސްރާއީލް ސިފައިން ދަނީ ހަމަލާ ދެމުން. މިހާތަނަށް އިސްރާއީލްގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން މިއަދު ވަނީ ހަމީހަކު ޝަހީދުވެފައި.
18:55
18:49
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ސިފައިންނާއި އެގައުމުގެ ރައްޔިތުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ޖޯޑަންގެ ގިނަ އަދަދެއްގެ މީހުން ނުކުމެއްޖެ
Palestine Ge Rayyithunnai Ekee Jordan Ge Rayyithun Thedhuvehjjehttps://t.co/Srt0YxdUsY
— Vaguthu Online (@VaguthuOnline) May 14, 2021
17:50
އަލަތު ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ފަލަސްތީނުގެ ޒުވާން ޣައްަޒާ ފިރިހެނަކު ޝަހީދު ކޮށްލައިފި.
Kaivenyah Thayyaaruvamun Dhiya Gaza Zuvaanaku Shaheedhu Kohlaifihttps://t.co/sHH9NshjQ2
— Vaguthu Online (@VaguthuOnline) May 14, 2021
17:32
17:29
ހުޅަނގު އައްސޭރީގައި އިސްރާއީލުން ފަލަސްތީންގެ ޒުވާނަކު ޝަހީދުކޮށްލައިފި.މިއީ ހުޅަނގު އައްސޭރީގައި ޝަހީދުކޮށްލި ހަތަރު ވަނަ މީހާ.
17:07
އިސްރާއީލްގައި ދަނީ އެ ގައުމުގެ ޔަހޫދިންނާއި، އިސްރާއީލްގެ އަރަބިންނާއި ދެމެދު ބޮޑެތި ހަމަޖެނުޖެހުންތައް ހިނގަމުން.
16:58
16:46
ހަމަލާ ބަދަލު ކުރުން ހުއްޓާލަން މިސްރު އިސްވެ ކުރި މަޝްވަރާތައް ނާކާމިޔާބު ވެއްޖެ. އަލް ޖަޒީރާއިން ބުނީ މަޝްވަރާތައް ނާކާމިޔާބުވީ ހަމަތާައް ހުއްޓާލަން އިސްރާއީލުން ދެކޮޅު ހެދުމުން ކަމަށް. މިސްރުން ވަނީ ވަގުތީ ގޮތުން ހަމަލާތައް މެދު ކަނޑާލަންވެސް ހުށަހަޅާފައި. މި ހުށަހެޅުމާއިވެސް އިސްރާއީލުން ވަނީ ދެކޮޅު ހަދާފައި.
16:43
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 31 ސްކޫލަކަށް ހަމަލާ ދީފައިވާ ކަމަށް 'ސޭވް ދަ ޗިލްޑްރެން' އިން ބުނެފި
BREAKING | Israel In Gaza Ge 31 School Akah Hamalaa Dheefihttps://t.co/16lOt3vCcQ
— Vaguthu Online (@VaguthuOnline) May 14, 2021
16:37
ފަލަސްތީންގެ ހުޅަނގު އައްސޭރީގައި މުޒާހަރާ ކުރަމުންދާ މީހުން ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހަމުންދާ ކަމަށް ފަލަސްތީންގެ ސަފާ ނިއުސް އިން ރިޕޯޓް ކުރޭ.
16:36
16:34
16:10
ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓްވީޓެއް
https://twitter.com/mohamedshaheem1/status/1393161642892881923?s=21
15:32
އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އެރި ކަމަށް ބުނެވުނީ އޮޅިގެން ކަމަށް އިސްރާއިލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފި
Israel In Eggamu Magun Gaza Ah Eri Kamah Bunevunee Olhigenhttps://t.co/IwsUZvlBA1
— Vaguthu Online (@VaguthuOnline) May 14, 2021
14:36
އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިންޒާރުދީފި.
14:33
ހަމާސް އިން އިސްރާއީލަށް ފޮނުވާލި ޑްރޯނެއްގެ ވީޑިއޯ ފޫޓޭޖެއް އާންމުކޮށްފި. "ޝެހަބް" ނަމުން ނަން ދީފައިވާ މި ޑްރޯންއަކީ ޣައްޒާގައި ތިބި ޓެރަރިސްޓުން ފޮނުވާލި ޑްރޯނެއް ކަމަށް އިސްރާއީލުން ސިފަކުރޭ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ މިހާތަނަށް އައިއިރު، ފަސް ޑްރޯނެއް އެ ގައުމަށް އެތެރެވިޔަ ނުދީ ހުއްޓުވާފައިވާ ކަމަށް. އޭގައި ފަސް ކިލޯގެ ގޮވާތަކެތި ހުރި ކަމަށްވޭ.
14:31
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް މިހާރު ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި ނިޔާވި މީހުންގެ އަދަދު 119 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފި. މި ހަމަލާތަކާ ގުޅިގެން 600 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވޭ. އިސްރާއީލުން ބުނަމުން ދަނީ މި ހަމަލާގައި ޒަހަމްވި ގިނަ މީހުންނަކީ ޓެރަރިސްޓް ގްރޫޕްތަކަށް ނިސްބަތްވާ މީހުން ކަމަށް.
14:22
ޖޯޑަންގެ އެތައް ހާސް ބަޔަކު، ޖޯޑަން އާއި ފަލަސްތީން ގުޅުނު ބޯޑަރު ކައިރިއަށް ޖަމާވަމުންދާ ކަމަށް ފަލަސްތީންގެ މީޑިއާތަކުން ބުނޭ.
11:52
ރޮކެޓް ހަމަލާތަކަށް ފިލަން އުޅުނު އިސްރާއީލްގެ އިތުރު މީހަކު މަރުވެއްޖެ.
Rocket Hamalaathakah Filan Ulhunu Israel Ge Ithuru Meehaku Maruvejje https://t.co/BLpZPXy1X9
— Vaguthu Online (@VaguthuOnline) May 14, 2021
11:29
އެމެރިކާއިން އިސްރާއީލަށް ހިތްވަރުދޭތީ ރައީސް ވަހީދު ފާޑުވިދާޅުވެއްޖެ.
America In Israel Ah Hiyyvarudheythee Raees Waheed Faaduvidhaalhuvejje https://t.co/7Ta85KAULk
— Vaguthu Online (@VaguthuOnline) May 14, 2021
11:22
11:09
ފަލަސްތީނާއި، އަދި އިސްރާއީލްގައި ވެސް މިއަދު އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް މުޒާހަރާކުރަން ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ގޮވާލައްވައިފި.
10:57
އިސްރާއީލުން ރޭ ޣައްޒާއަށް 460 ހަމަލާ ދީފައި ވާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި.
10:00
ރޮކެޓް ހަމަލާތަކަށް ފިލަން އުޅުނު އިސްރާއީލް އަންހެނަކު ވެއްޓި، މަރުވެއްޖެ.
Rocket Hamalaathakah Filan Ulhunu Israel Anhenaku Vetti, Maruvejje https://t.co/TjRYKKjZWx
— Vaguthu Online (@VaguthuOnline) May 14, 2021
09:33
ރޭ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކަކީ މިހާތަނަށް ޣައްޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތައް. މިނެޓެއްގެ ތެރޭގައި ވައިގެ މަގުން 150 އަށްވުރެ ގިނަ ހަމަލާ ޣައްޒާއަށް ރޭ އިސްރާއީލުން ދީފައިވޭ. މިވަގުތު ޣައްޒާގެ މަސްރަހުގެ މައުލޫމާތު ސާފެއް ނޫން. ޣައްޒާގެ ބައެއް މީޑިއާތަކުގެ ޚަބަރެއް ނުލިބޭތާ މިހާރު ގަޑިއިރުތަކެއް ވެއްޖެ.
09:27
އިސްރާއީލްގެ ހަތް ބުރީގެ އިމާރާތަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެ ބަޔަކު ޒަހަމްވެއްޖެ. ޒަހަމްވި މީހުންގެ ތެރެއިން 60 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނޭ.
00:30
އިސްރާއީލްގެ ބެން ގްރިއޮން އެއާޕޯޓް ކައިރިއަށް ގިނަ އަދަދެއްގެ ރޮކެޓްތައް އަމާޒުވަމުން އެބަދޭ.
00:30
އިސްރާއީލްގެ ވަރަށް ގިނަ ސިޓީތަކަށް މިހާރު ޣައްޒާއިން ގިނަ އަދަދެއްގެ ރޮކެޓް ފޮނުވަމުން އެބަދޭ. މިހާރު ރޮކެޓެއް އަމާޒުވެދާނެ ކަމަށް ސިގްނަލް އަޅަމުންދާ ސިޓީތަކުގެ ތެރޭގައި ތެލްއަވީވް، މޮދަޔައިން، ރަމްނާ، ލާޑް، އާރްކޮން، ބެއިތު، އަރެއިފް، ބަނީ އަޓާރޮޓް، ޓިއަރަޓް، ބެއިތު ނަހުމިއާ، އަޒަރު، ގަފާތީ، ލަކިޝް، ޔަވްނީ، މަތަހު، ނަތު، ކަގުފަރު، ލެޖިދު، އޮނެއިސްތަން، ޝުތުލިއަމް، ބަތުސޫރަތު އަދި ހަތުސޫރު ހިމެނޭ.
00:27
ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 103 އަށް އަރައިފި.
BREAKING NEWS: Shaheedhvi Palestine Meehunge Adhadhu 103 Ah Araifi https://t.co/qkQxSzl96M
— Vaguthu Online (@VaguthuOnline) May 13, 2021
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އަންނަނީ ދުވަހަކަށްވުރެ ދުވަހަކު އިތުރަށް ވަރުގަދަ ވަމުންނެވެ. މިރޭ ވަނީ ވައިގެ މަގުން ބޮން އެޅުމގެ އިތުރުން އެއްގަމު މަގުން ވެސް ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައެވެ.
އެންމެ ފަހުން ލިބުނު މައުލޫމާތައް ބަލާއިރު ޣައްޒާ އިން 87 މީހަކު ވަނީ ޝަހީދުވެފައެވެ. ނަމަވެސް އޭގެ ފަހުން ވެސް އެތައް ހަމަލާއެއް މިހާރު ޣައްޒާއަށް އަމާޒުވެފައި ވާތީ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލްގެ ހަމާލަތައް ވަރުގަދަވަމުން އައިނަމަވެސް އަދިވެސް ޣައްޒާގެ މުޖާހިދުން ދަނީ މެދުކެނޑުމެއްނެތި އިސްރާއީލަށް ރޮކެޓް ހަމަލާތައް ފޮނުވަމުންނެވެ. މިރޭ ލުބުނާނުން ވެސް ވަނީ އިސްރާއީލަށް ތިން ރޮކެޓް ހަމަލާއެއް ފޮނުވާލާފައެވެ. ލުބުނާނުން ރޮކެޓް ހަމަލާތައް ދިނީ ހިޒްބުﷲ ޖަމާޢަތުން ނޫން ކަމަށާއި އެއީ ލުބުނާންގައި ހަރަކާތްތެރިވާ ފަލަސްތީންގެ މުޖާހިދުން ދިން ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
BREAKING NEWS: Gaza Firihenakaai Eyna Ge Maabandu Anbimeehaa Aai 4 Dharin Shaheedkohlaifi https://t.co/bFBWlBsD7z
— Vaguthu Online (@VaguthuOnline) May 13, 2021
Israel Ge Bomuge Hamalaa Akun Gaza Ge Dhekudhin Hanigothakah Salaamaiyvejje https://t.co/j12t4AQxmF
— Vaguthu Online (@VaguthuOnline) May 13, 2021
ފަލަސްތީންގެ މަސްރަހާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ހުސްއެ ކަނި އެމެޓީގޯޅިތެރޭ ސައި ކަލެއްގެ ހަންފަޅައިގެންދިޔަވާހަނުދައް ކާ ފަލަސްތީނުގެ އެނި ކަމެތިރައްޔިތުންގެވާހަ ކަ
ނުދައް ކާތިބެނީ ކީއްވެގެންބާ ؟؟
މިވެސް ދެން ހަބަރު؟
ފިރުޢައުނުގެ ނުބައިކަން އިތުރުވެ، ފާފައިގެ ފަތްބޮޑުވެ، ބަރުވެ، ހިނގާފައިވާ ކަންކަމަށް ދެކޮޅުހަދައި އިންކާރު ކޮށްފައިވާ ފަދައިން މިހާރު މިހިނގާ ކަންކަމަށްވެސް މުސްލިމުން ދެކޮޅުހަދައި އިންކާރު ކުރާނެއެވެ.