އިސްރާއީލުން މިހާރު ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 103 އަށް އަރައިފިއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި 103 މީހުންގެ ތެރޭގައި 27 ކުޑަކުދިންނާއި 11 އަންހެނުން ވެސް ހިމެނެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ބައެއް އާއިލާތަކުގެ ހުރިހާ މެންބަރުން ވެސް ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން މިރޭ ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ވެސް ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

ޣައްޒާ އިން ވެސް އިސްރާއީލަށް މެދުކެނޑުމެއްނެތި ރޮކެޓް ހަމަލާތައް އަންނަނީ ދެމުންނެނެވެ. ރޮކެޓް ހަމަލާތަކުން އިސްރާއީލަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.