އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ރޮކެޓް ހަމަލާތަކަށް ފިލަން ބިންގަރާހަކަށް ވަންނަން އުޅުނު އިސްރާއީލް އަންހެނަކު ވެއްޓި، މަރުވެއްޖެއެވެ.

އިސްރާއީލްގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި އަންހެން މީހާ މަރުވެފައި ވަނީ އިސްރާއީލްގެ އަޝްޑޮޑް ކައިރީ އޮންނަ ޝްޓުލިމް ގައެވެ. އުމުރުން 87 އަހަރުގެ އަންހެން މީހާ މަރުވީ ބިންގަރާހަށް އެރެން އުޅެނިކޮށް ވެއްޓި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

އިސްރާއީލްގެ އަޝްޑޮޑް އަކީ އެންމެ ގިނައިން ރޮކެޓް ހަމަލާތައް އަމާޒުވަމުން އަންނަ އެސިޓީއެވެ.

ޣައްޒާ އިން ރޭ އިސްރާއީލަށް ދިން ހަމަލާތަކުގައި ވެސް ބައެއް މީހުން ޒަހަމްވެފައި ވެއެވެ. ރޭ އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ތެރެއިން ހަތް ބުރީގެ އިމާރާތަކަށް އަމާޒުވި ރޮކެޓް ހަމަލާގައި 60 އަހަރުގެ ފިރިހެނަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައި ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވެސް ރޭ ވަނީ އާދަޔާއި ހިލާފަށް ވަރުގަދަ ކޮށްފައެވެ. ރޭ ވައިގެ މަގުންނާއި އެއްގަމު މަގުން ވެސް ޣައްޒާއަށް ހަމަލާތައް ދިނެވެ. ޣައްޒާގައި ތިބި މީހުން މައުލޫމާތުދޭ ގޮތުގައި މިނެޓެއްގެ ތެރޭގައި 150 އަށްވުރެ ގިނަ ބޮމުގެ ހަމަލާ ވެސް ރޭ ބައެއް ވަގުތުތަކުގައި އިސްރާއީލުން ޣައްޒާއަށް އަމާޒު ކުރިއެވެ.

ޣައްޒާއަށް ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަދި އިތުރު ހަމަލާތައް ވަރަށް ވަރުގަދައަށް ޣައްޒާއަށް ދެމުންދާނެ ކަމަށް ރޭ ބުނެފައެވެ. އިސްރާއީލްގެ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކެއް ކަމަށް ބުނެ އެމެރިކާ އިން ދަނީ އިސްރާއީލަށް ހިތްވަރު ދެމުންނެވެ.

އިސްރާއީލްގެ އަމަލުތައް ހުރިގޮތައް ބަލާއިރު ޣައްޒާއަށް ހަމަލާތައް ދިނުން އަވަހަށް ހުއްޓާލާނެ ކަމަށް ނުބެލެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަގިލި

    ދިވެހި މުސްލިމް އަޚުންނޭ .. ފައިބުޑަށް ނަގިލިލައިގެންނުތިބެ ފަލަސްތީނުގެ ރައްޔިތުންގެދިފާއުގާ ޔަހޫދީންނާދެ ކޮޅަށް ތެދުވަންހިނގާ !!
    އަރަބި ކާފަރުމުސްލިމުން ބޭނުމެއްނުވާނެ ފަލަސްތީނުރައްޔިތުން ހިމާޔަތް ކުރާ ކަށް.

    26
    2
  2. ރެފްރީ

    ނަމުންމުސްލިމު ބަހާއިއަމަލުން
    ހަރުބީ ކާފިރުގައުމުތައްއެތިބެނީ ޔަހޫދީން ހިމާޔަތް ކުރަން. އޭގެތެރޭގަ
    އެންމެބޮޑު ކާފަރުތިންގައުމަ ކީ ސައޫދީ މިސުރު އަދި އުރުދުން . މިތިންގައުމަ ކީ އިރެއްގަ މުސްލިމުންއުޅުނުގައުމެއް ކަމަ ކު މިހާރު 100% ކާފަރުގައުމުތައް. އެމީހުންނަށްހަލާ ކުހުރި !!! ޖުއްބާލާފަ ފަގުޑިއަޅައިގެންއެތިބީ މުޅިންވެސް ކާފަރުން!

    15
    5
    • ޢަހޫ

      ސައުދީ އަކީ ނަގޫފިތިފައިވާ ގައުމެއް.

      10
      4
  3. އަޙްމަދު

    އެމެރިކާއިން ރައްޖެއަށް ކަނޑައަޅުއްވަފައިވާ ސަފީރު އަނބުރާ ގައުމަަށް ފޮނުވާލަން ގޮވާލަން.

    28
    4
  4. ޙިލް

    އަލްހަމްދުﷲ