ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ސިފައިންނާއި އެގައުމުގެ ރައްޔިތުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ޖޯޑަންގެ ގިނަ އަދަދެއްގެ މީހުން ނުކުމެއްޖެއެވެ.
އިސްރާއީލުގެ އުތުރަށް އޮންނަ ޖޯޑަންގެ ހާހަކަށްވުރެ ގިނަ ރައްޔިތުން ފަލަސްތީނާއި އެކީ ނުކުމެވެފައިވަނީ އެގައުމުން މުސްލިމުންނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން ނުކުމެފައެވެ.
"އަޅުގަނޑުމެން މި ތިބީ. އަޅުގަނޑުމެން ދާނީ ކުރިއަށް. އެމީހުން (އިސްރާއީލް) ޖެހޭނީ އަޅުގަނޑުމެން ފަހަތަށް ގެންދަން. ފަލަސްތީނަށްޓަކައި އަޅުގަނޑުމެން މިއައީ ފަލަސްތީނަށް" މީސްމީޑީއާގައި ދައުރުމުން އައި ޕޯސްޓަރެއްގައި ލިޔެފައިވެއެވެ.
ޖޯޑަންގެ ރައްޔިތުންނަށް ފަލަސްތީނުގެ ބޯޑަރަށް ވަދެފައިވަނީ އުނދަގޫތަކާއި ކުރިމަތިލުމަށްފަހުއެވެ. އެގޮތުން ބަސްތަކާއި ކާރުން ޖޯޑަންގެ ބޯޑަރު ކައިރިއަށް ގޮސް ބޯޑަރު ހުޅުވުމަށް ރައްޔިތުން ވަނީ ސަރުކާރަށް އެދިފައެވެ.
އެހެން ނަމަވެސް ފަލަސްތީނާއި އިސްރާއީލާއި ދެމެދުގައި ހަމަނުޖެހުން ހިނގަމުން ދާ ޖޯޑަން ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.
ބޯޑަރު ހުޅުވުމުގެ ދުވަސްކުރިން ޖޯޑަންގެ ރައްޔިތުން ވަނީ އެގައުމުގެ ވެރިރަށް އައްމާންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ކައިރީގައި މުޒާހަރާކޮށް އިސްރާއީލުގެ އެމްބެސެޑަރު ވަކި ކުރުމަށް ގޮވާލާފައެވެ.
އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ މުޖާހިދުންނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވައިރު، 70 ވަރަކަށް މީހުން ވަނީ މަރުވެފައެވެ.
އުރުދުން އަކީ އަރަބި ގައުމެއް. އެގައުމުގެ ނަމަކީ އުރުދުން. ވީމާ ފާރަންޖީން ކިޔާހެން ޕަލަސްޓައިން ނުކިޔާ ގޮތަށް ޖޯޑަން ވެސް ކިޔާކަށް ނުޖެހޭ.
ފަލަސްތީނައް ހިއްވަރު ދިނުމުގެ ގޮތުން ބައެއްމީހުން ލިޔެފަވާ ކޮމެންޓްތަކަށް ޑިސްލައިކް ކޮއް އިސްލާމްދީނާ ދެކޮޅައް ކޮމެންޓް ކުރާމީހުންވެސް މިހާރު މަދެއްނޫން. %100 މުސްލިމް ގައުމެކޭ މިހާރު ބުނަން ލަދުގަނޭ. މިކަހަލަ މީހުނައް މި ރާއްޖެ މިވަނީ މިހާރު އަމާން ތަނަކައްވެފަ. އަޅުގަނޑުގެ ދުޢާއަކީ އިސްލާމް ދީނުގެ އަދުއްވުން ބަލިކަށިކުރައްވައި ފަލަސްތީނައް ނަސްރުދެއްވައި އިސްރާއީލްގެ ނުބައި ރޭވުންތައް ނާކާމިޔާބު ވުމެވެ.
މިއޮތްހާއިރު ތި ބީ އުޑަފައިން ކަމަށްވަނީ