23:27

އިސްރާއީލަށް ހިތްވަރު ދެމުން، އެމެރިކާ ރައީސްގެ ފޯނުކޯލެއް ފަލަސްތީން ރައީސް.

23:12

އީރާންގެ ގުދުސް ފޯސްގެ އެންމެ އިސް ޖެނެރަލް އިސްމާއިލް ޣަނީ ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަށް ފޯނުން ގުޅުއްވާ މަޝްވަރާތައް ކުރިއަށް ގެންގޮސްފި. މިމަޝްވަރާތަކުގައި ހަމާސް އަށް އީރާނުން ހަތިޔާރު ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް އީރާންގެ މީޑިއާތަކުން ބުނޭ.

ހަމާސްއަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށް އިސްރާއީލުން އަބަދުވެސް ތުހުމަތު ކުރޭ. ޣައްޒާއަކީ ވަށައިގެން ބަންދުކޮށް އިސްރާއީލްގެ ބާރުގެ ދަށުގައި އޮންނަ ސިޓީއަކަށް ވާތީ އީރާނުން ބޭނުންވާ ވަރަށް ހަމާސް އަށް ހަތިޔާރު ފޯރުކޮށެއް ނުދެވޭ. ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އީރާނުން ހަމާސްއަށް ހަތިޔާރު ފޯރުކޮށްދެނީ ޣައްޒާއިން ލުބުނާނަށް ބިމު އަޑިން ކޮނެފައި ހުންނަ ޓަނަލްތަކުން.

 

23:08

ޣައްޒާ އާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓާލަން މިސްރާއި ސައުދީ އަރަބިއްޔާ އިން ގޮވާލައިފި.

ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރުހާން ވަނީ މިސްރުގެ ފޮރިން މިނިސްޓަރ ސަމީހް ޝުކުރީއަށް ފޯނުން ގުޅުއްވާ ފަލަސްތީންގެ މަސްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި. ހަމަލާތައް ބަދަލުކުރުން ހުއްޓުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން މިސްރުން މެދުވެރިއެއްގެ ދައުރު އަދާކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި.

23:05

މިރޭ ޣައްޒާގެ ގަޑިން ހަތެއް ޖެހިފަހުން ދެގަޑިއިރުގެ ތެރޭގައި އިސްރާއީލަށް 278 ރޮކެޓް ހަމަލާ ފޮނުވާލައިފި.

21:23

ޔަހޫދީންގެ އަނިޔާތަކުގައި ޒަހަމްވި ކުޑަ ކުއްޖަކަށް ފަރުވާދެނީ.

21:22

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހެއް.

21:21

ޔަހޫދީންގެ އަނިޔާތަކުގައި ޒަހަމްވި ކުޑަ ކުއްޖަކަށް ފަރުވާދެނީ.

21:20

ޓުވިޓާ އިން ޣައްޒާގެ މައުލޫމާތު ގެނެސްދޭ ބައެއް އެކައުންޓުތައް ބޭން ކުރަން ފަށައިފި.

 

20:58

ޣައްޒާގައި މީޑިއާތަކުން މަސައްކަތް ކުރާ ޓަވަރަށް އިސްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލުމުން ޣައްޒާގެ ހާލަތު ކުރިން ދުނިޔެއަށް އެނގުނު ވަރަށް ނޭނގޭނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފި

20:54

ކޮވިޑް-19 އާ ގުޅިގެން ގއ. ވިލިނގިލީގައި ކަރަންޓީންގައި ތިބި ދެ މީހަކު، މުއްދަތު ހަމަ ނުވަނީސް އެރަށު ކޯޓަށް ގޮސް ކައިވެނި ކުރި ދެ މައްސަލާގައި ޖޫރިމަނާ ކޮށްފި

20:36

އިސްރާއީލްގެ އެޝްކޮލް ސަރަހައްދަށް ޣައްޒާއިން ހަމަލާދެމުންދާތީ، އާއްމުން ބިންގަރާސްތަކުގެ ތެރެއަށް ވަންނަން ދިއުމަށް ކައުންސިލުން ދަނީ ގޮވަމުން.

20:13

ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ކޮވިޑް-19 އަށް ފައްސިވެއްޖެ

19:28

ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލްގެ ތެލްއަވީވްއަށް ލިބިފައި ހުރި ގެެއްލުންތައް
ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލްގެ ތެލްއަވީވްއަށް ލިބިފައި ހުރި ގެެއްލުންތައް
ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލްގެ ތެލްއަވީވްއަށް ލިބިފައި ހުރި ގެެއްލުންތައް
ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލްގެ ތެލްއަވީވްއަށް ލިބިފައި ހުރި ގެެއްލުންތައް

18:10

ޣައްޒާގައި ހުންނަ އަލްޖަލާ ބިމާއި ހަމަ ކޮށްލުމާއި ގުޅިގެން ހަމާސް އަސްކަރިއްޔާގެ ތަރުޖަމާން އަބޫ އުބެއިދާ ވަނީ މެދު އިސްރާއީލަށް ހަމަލާ ފޮނުވާނެ ކަމުގެ އިންޒާރު ދީފަައި.

"ޣައްޒާ ރައްޔިތުން ދިރިއުޅޭ ޓާވަރު ގޮއްވާލާފައި ތެލްއަވީޒްގެ ރައްޔިތުން ތިބެން ޖެހޭނީ ވިސްނައިގެން" ތަރުޖަމާން އިޒް އަލްދިން އަލް ޤައްސާމް

18:08

އިސްރާއީލުން ޣައްޒާގައި ހުންނަ މީޑިއާތަކުގެ ޓަވަރު ބިމާ ހަމަ ކޮށްލާފައިވަނީ ދެ ސިކުންތުގެ ތެރޭގައި ކަމަށް ބައިނަލް އަގުވާ މީޑިއާ އަލްޖަޒީރާއިން ބުނެފި

17:35

އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގައި ހުންނަ މީޑީއާތަކުގެ ޓަވަރެއް ބިމާހަމަކޮށްލުން

17:31

އިސްރާއީލުން ޣައްޒާގައި ހުންނަ މީޑިއާތަކުގެ ޓަވަރަށް ބޮމުގެ ހަމަލާދީ ބިމާއި ހަމަލަ ކޮށްލައިފި

17:24

މީީޑިއާތަކުގެ ޓަވަރަށް ދެމުންދާ ހަމަލާތަުގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާކަމަށް ފަލަސްތީންގެ މީޑިއާަތަކުން ރިޕޯޓް ކުރޭ.

17:23

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 140 އަށް އަރައިފި.

17:19

ތެލްއަވީވްގައި ސަަރަހައްދެއްގައި ރޯވެ އަނދަނީ

17:19

އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި ހުންނަ މީޑިއާތަކުގެ ޓަވަރަށް ހަަމާލާ ދޭން ފަށައިފި.

17:16

އިސްރާއީލްގެ އިމާރާތެއް ކައިރީ ރޯވެ އަނދަނީ

16:55

އަލްޖަޒީރާއާއި އިތުރު ގިނަ މީޑިއާ ތަކެއް މަސައްކަތް ކުރަމުންދާ އިމާރާތެއް ގޮއްވާލަން އިސްރާއީލުން ނިންމައިފި

16:50

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ ފަރާތްތަކަށް އެހީތެރިވުމަށް ޣައްޒާއަށް މިސްރުން އެމްބިއުލާންސް ފޮނުވައިފި

16:42

ޓެލް އަވިވްގެ އަވަށެއް ކަމަށްވާ ޓައިބެއަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. މިއީ އިސްރާއީލްގެ އަރަބި ދަރިކޮޅު މީހުން ގިނަ އަވަށެއް.

16:37

އިސްރާއީލަށް ހަމާސް އިން މިހާރު ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިސްރާއީލްގެ ވެރިކަން ކުރާ ރަށް ކަމަށްވާ ތެލްއަވީވްގައި އޮންނަ ސިޓީއެއް ކަމަށްވާ ރަމަޓް ގަން އިން އެކަކު މަރާލައިފި

16:10

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 10 މީހުން ޝަހީދުކޮށްލާފައިވާތީ ހަމާސް އިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

14:40

އިސްރާއިލުން މުސްލިމުންނަށް ދެމުންގެންދާ ހަމަލާތަކަށް ތާއީދު ކުރާ ވިޔަފާރިތަކުން އުފައްދާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޮއިކޮޓް އިންވެސްޓްމެންޓް އެންޑް ޑައިވެސްޓުމަންޓު އެންޑު ސެންކްޝަންސް، ބީޑީއެސް މޫވްމަންޓުން އަނެއްކާވެސް ގޮވާލައިފި.

13:48

އިސްރާއީލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގައި އެއް އާއިލާއެއްގެ އަށް ކުއްޖަކު ޝަހީދުކޮށްލައިފި.

11:47

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 137 އަށް އަރައިފި.

10:04

އިސްރާއީލްގެ ވައިގެ ސަރަހައްދަށް ވަން ހަމާސްގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

09:50

ފަލަސްތީނުގެ ހާލަތު ޚުތުބާއެއްގައި ގެނެސްދިނުމަށް ޝަހީމް އެދިއްޖެ.

09:42

އިސްރާއީލްގެ އަޝްޑޮޑަށް ޣައްޒާއިން ފޮނުވާލި ރޮކެޓެއް ތެޔޮ ބައުޒަރަކަށް އަމާޒުވެއްޖެ. މިހަމަލާގެ ސަބަބުން ވަރަށް ބޮޑު އަލިފާންގަނޑެއް ރޯވި. ނަމަވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނުލިބޭ.

09:20

ހުޅަނގު އައްސޭރީގައި އިސްރާއީލުން ފަލަސްތީންގެ 15 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދުކޮށްލައިފި. އޭނާ ޝަހީދުކޮށްލީ އިސްރާއީލް ސިފައިން އޭނާގެ ބޮލަށް ބަޑި ޖަހައިގެން ކަމަށް ފަލަސްތީނުގެ މީޑިއާތަކުން މައުލޫމާތުދޭ.



އިސްރާއީލްގެ އަނިޔާވެރިކަން ދުވަހަކަށްވުރެ ދުވަހަކު އިތުރުވަމުން އަންނައިރު އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. ހަމައެކަނި ޣައްޒާ އިން މިހާރު 126 މީހަކު ޝަހީދުވެއްޖެއެވެ. ހުޅަނގު އައްސޭރިން މިއަދު އެކަނިވެސް 11 މީހަކު ވަނީ ޝަހީދުވެފައެވެ.

ނަމަވެސް ފަލަސްތީނުގެ އެންމެ ކައިރީގައި އޮތް އަރަބި ގިނަ ގައުމުތަކުން އޮތީ ހިމޭނުންނެވެ. ސައުދީ އަރަބިއްޔާ ފަދަ ބޮޑެތި ގައުމުތަކުން އިސްރާއީލްގެ އަނިޔާވެރިކަން ބޮޑުކަމަކަށް ވެގެން ނޫޅެއެވެ. އިންސާނީ ހައްގުތަކުގެ ވާހަކަ އިން އަބަދުވެސް މެޑެލް ޖަހަމުން އަންނަ އެމެރިކާ އިން ދަނީ އިސްރާއީލްގެ އަމަލުތައް ދިފާއު ކުރަމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުން އިސްރާއީލް ކުއްވެރިކޮށް ބަޔާނެއް ނެރުން ވެސް އެމެރިކާ އިން ވަނީ ހުއްޓުވާފައެވެ.

ހުޅަނގުގެ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ޖަރުމަންވިލާތް އަދި ފަރަންސޭސިވިލާތުން ވަނީ އިސްރާއީލްގެ އަމަލުތަކަށް ތާއިދުކުރާކަން ރަސްމީކޮށް ހާމަކޮށްފައެވެ. އިސްރާއީލްގެ އަމަލުތައް ކުއްވެރިކޮށް އަޑުއުފުލަމުން ގެންދަނީ ހަމައެކަނި ތުރުކީވިލާތުންނާއި އީރާނުންނެވެ.

އިސްރާއީލްގެ އަމަލުތައް ހުރިގޮތައް ބަލާއިރު މިހަނގުރާމަ އަވަހަށް ހުއްޓިދާނެ ކަމަކަށް ނުބެލެވެއެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔާ ﷲ

    އީރާން ނުކުމެ ކަމެއްކޮށްބަލަ...ހިޒްބުﷲ ލައްވާ ވިޔަސް

    21
    3
    • ޢަހުމަދުވަގާރު

      ބަލަ އެއީ ސިޔައީން ނޫން ތަ؟؟؟؟؟؟

      12
      2
  2. ސުންނީ

    ތަޅާފޮޅާ މީހުން ކަތިލާން ވީމަ ނޯވޭ ޝިޔައީއެއް ފާރިސީއެއް ސޫފީއެއް ހަންބަލީއެއް ވަގުތުން ބުރަދާސް އިން އާމްސް

    12
    1
  3. ހުސޭނުބެ

    ދުނިޔެ މިހާރު ނޫޅޭ ތި ޕަލީވުޑު ފިލްމް ބަލާ ކަށް ލޯހުޅުވިއްޖެ އެއަށްވުރެ ބޮޑަށް

    5
    15
  4. އިބްރާހިމް

    ޔާﷲ. ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކެތްތެރިކަންދެއްވައި، ނަސްރުދެއްވައި އަދި ޔަހޫދީންގެ މައްޗަށް ބޮޑު ބަލާ މުސީބާތެއް ފޮނުއްވައިފާންދޭވެ. އާމީން

    40
    3
    • އަހްމަދު

      އާމީން

      7
      2
  5. ކާފަ

    މި ކޮމެންޓަަށް ޑިސްލައިކު މި ދިނީ ކޮންކައުޅެއްބާ.. ؟ ތިކައުޅު ކިތައްމެ ރުޅިއަޔަސް އިސްލާމްދީނަށް ﷲ ނަސްރުދެއްވޭނެ

    19
    3