އިސްރާއިލުން މުސްލިމުންނަށް ދެމުންގެންދާ ހަމަލާތަކަށް ތާއީދު ކުރާ ވިޔަފާރިތަކުން އުފައްދާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޮއިކޮޓް އިންވެސްޓްމެންޓް އެންޑް ޑައިވެސްޓުމަންޓު އެންޑު ސެންކްޝަންސް، ބީޑީއެސް މޫވްމަންޓުން އަނެއްކާވެސް ގޮވާލައިފިއެވެ. ބީޑީއެސް މޫވްމެންޓުން މިހެން ގޮވާލައިފައިވަނީ ފަލަސްތީނަށާއި، ޣައްޒާއަށް އިސްރާއީލުގެ ސިފައިން ދެމުން ގެންދިޔަ ހަމަލާތައް ވަރުގަދަކޮށް، ހައްދުފަހަނަ އަޅާފައިވާ ދަނޑިވަޅެއްގައެވެ.

ބީޑީއެސް މޫވްމެންޓަކީ ފަލަސްތީނުގެ އެތައް ޖަމިއްޔާއެއް ގުޅިގެން 2005 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ އިސްރާއީލާއި އެ ގައުމަށް ވާގިވެރިވާ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުންނުކުރަން ގޮވާލައި އެ ގައުމަށާއި ވިޔަފާރިތަކަށް އޮންނަ އިގްތިސާދީ ބުރަ ބޮޑުކުރުމެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހަމަނުޖެހުން ހިންގަމުންދާ މި ދަނޑިވަޅުގައި ބީޑީއެސްއިން ގޮވާލައިފައި ވަނީ އިސްރާއިލާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށެވެ. އެ ފިޔަވަޅު ތަކުގެ ތެރޭގައި އިސްރާއިލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށާއި، އިސްރާއީލަށް ތާއީދުކޮށް އެގައުމުގެ ސިފައިންގެ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ވިޔަފާރިތަކާއި ކުންފުނިތަކުން ހިދުމަތް ހޯދުން ހުއްޓާލުން ހިމެނެއެވެ. އަދި އެފަދަ ވިޔަފާރިތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގަނެފައިވާ ހިއްސާ އަނބުރާ ގެންދިޔުމަށް ވަނީ ގޮވާލައިފައެވެ.

އިސްރާއީލާ އެކު އޮންނަ ތައުލީމީ ގުޅުމާއި ކުޅިވަރާއި ފަތުރުވެރިކަމުގެ ގުޅުން ކަނޑައިލުމަށް ބީޑީއެސްއިން ވަނީ ގޮވާލައިފައެވެ.

އިސްރާއީލަށް ވާގިވެރިވާ ވިޔަފާރިތައްކަމަށް ބީޑީއެސުން ބުނާ ވިޔަފާރިތަކުގެ ތެރޭގައި ނަން މަޝްހޫރު ގިނަ ވިޔަފާރިތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިޔުލެޓު ޕެކާޑު ނުވަތަ އެޗުޕީއާއި، ކެޓަޕިލާއާއި، ޕިލްސްބަރީއާއި، ޕޫމާއާއި، ހުންޑެއިއާއި، ވޮލްވޯއާއި، ބާކުލޭސް ބޭންކާއި، މޮޓޮރޮލާފަދަ ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އުގުރި

  އިސްރާއީލުގެ ތަކެތި ނުގަތުމައް މިގައުމުގަ ގޮވާލާފި ނަމަ އުޅޭނެ ވަރަށްވެސް ބޮޑަށް ބަޑު ކައްކާ ސޮރެއް... މިހާރު އެސޮރުވީ ގައުމުއް ބޭރުގައި..

  28
  6
  • ޢަހޫ

   ޢެސޮރު މިހާރުހުރީ ބަނޑުކައްކާވަރުން ޖަލުން ގެއަށްބަދަލުކޮއްފަ.

   9
   14
 2. ނުވާނެ

  ބީޑީއެސް މަހަށްދޭބަލަ

  6
  29
 3. އަލީ

  ފަލަސްތީނުގެ ހާލަތާމެދު ކަންބޮޑުވެ ވަރަށް ދެރަވޭ. ކީކުރާނީ.. ބޮޑުންގެ ކޮންމެ މީހަކުވެސް ވާޖިބު ކަނޑާލަން ކަރު ނާރު ފަޅައިގެން ދާވަރައް ހަރުކަށި އިބާރާތުން ކުއްވެރިކޮއްލީމަ ނިމުނީ. މި ގައުމައް #އިސްރާއީލްޓެރަރިސްޓުންގެ ޓޫރިސްޓުންނައް މަޖާ ސަކަރާތް ޖަހަން އައުމުގެ ފުރުސަތު ނުދޭންވީ. އެމީހުންގެ އުފެއްދުންތައް އެތެރެ ނުކުރަންވީ. ހަމަ ގައިމުވެސް މިދެކަމަކުން ރާއްޖެ ބަނޑަށް ޖެހޭވަރެއް ނުވާނެ އަދި.

  33
  4
 4. Anonymous

  އަހުންނާއި އުޙުތުން މަރާއިރު ތީތޯ ކުރެވޭނެ އެންމެ ބޮޑުވަރު

  19
  1
  • އަލީ

   ކުރެވެން ހުރި ހުރިހާކަމެއް އެމީހުންނާ ދެކޮޅައް ކުރަންވީ. މިބުނަނީ ހަމައެކަމނި ބަހުން ކުއްވެރި ނުކުރާށޭ.

   23
   2
 5. އޭނާ

  ކޮބާތަ ފަގުޑިއެޅި އަރަބި ގައުމުތައް،އަރަބިގައުމެއް ތާޅާ ސުންނާފަތި ކުރާއިރު ބަލަން މިތިބެނީ ލިބޭ އެތިކޮޅު މަދުވެދާނީތަ އަނގައިންނުބުނެ.މީހުރިހާ އަރިބިން އެކެއްޗެއް ކިޔާ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަން ވީވަގުތު. ފަލަސްޠީނުގެ މުޖާހިދުންނައް ނަސްރު ދެއްވާށި.އާމީން

  26
  1