ޗައިނާ އިން އޮސްޓްރޭލިއާ އަށް އިގްތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށް، އޮސްޓްރޭލިއާ އާ އެކުގައި އެމެރިކާ ސަރުކާރުން އޮތްކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ކަށަވަރު ކޮށްދީފައެވެ.
އޮސްޓްރޭލިއާ އާއި އެމެރިކާގެ ދެމެދުގައި އޮންނަ ގުޅުމަށް 70 އަހަރު ފުރުން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިން ބްލިންކެން ވިދާޅުވީ ޗައިނާގެ ސަބަބުން އޮސްޓްރޭލިއާގެ އިގްތިސާދަށް ހީނަރުކަމެއް ލިބިފައިވާ މި ދަނޑިވަޅުގައި އެ ގައުމު އެކަނި ވިޔަފާރީގެ ކަންކަމުގައި ދޫކޮށް ނުލާނެ ކަމަށެވެ. އެއްބައިވަންތަ ގުޅުން މި ދަނޑިވަޅުގައި ދައްކާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާ އާއި ޗައިނާއާ ދެމެދުގެ ގުޅުމަށް ބުރޫ އަރާފައިވަނީ މިދިޔަ އަހަރު ޗައިނާއިން އޮސްޓްރޭލިއާގެ ކޯލް، އަދި އެހެންވެސް އޮސްޓްރޭލިއާގެ އުފެއްދުންތައް އިމްޕޯޓު ނުކުރަން ނިންމި ހިސާބުންނެވެ.
ޗައިނާއިން އޮސްޓްރޭލިއާގެ ކޯލް އިމްޕޯޓު ކުރުން ހުއްޓާލުމުން، އޮސްޓްރޭލިއާއިން ޗައިނާއަށް ކޯލް އިމްޕޯޓު ކުރާ މިންވަރު 47 އިންސައްތައަށް ދަށް ވެފައިވެއެވެ. މިއާއެކު އޮސްޓްރޭލިއާގެ ޖުމުލަ ކޯލް އެކްސްޕޯޓު ވަނީ ހަތް އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފައެވެ. މިއީ އޮސްޓްރޭލިއާގެ އިގްތިސާދަށް ޗައިނާގެ ސަބަބުން ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
އެމެރިކާއިން ނިންމާފައިވަނީ އޮސްޓްރޭލިއާ އާއި އެމެރިކާއާ ދެމެދު ވިޔަފާރި ގުޅުން ވަރުގަދަ ކުރުމަށެވެ.
ހިތްވަރުދޭން މޮޅު ވާހަކައެއް ބުނުން ފިޔަވައި އެމެރިކާއަށް ފެސިފިކަށް އައިސް ކުރެވޭނެ މާބޮޑު ކަމެއް ނެތް. ޕެސިފިކާ ގާތުގައި އޮތީ ޗައިނާ. ޗައިނާ ރުއްސައިގެން ނޫނީ އޮސްޓްރޭލިޔާގައި ތިއުޅޭ ބޮޑާ ދޮން މީހުންނަށް ދެން ހިންދެމިއެއް ނުލެވޭނެ. ލައްކަ ދުވަހު އިންޑޮނޭޝިޔާއަށް ދުއްޕާންކޮށްފައި ތިބި ބައެއް ތިއީ. އެމެރިކާއަކީވެސް މިހާރު ޗައިނާ އަތުން ލޯނު ނަގައިގެން އުޅޭ ގައުމެއް.
ތީ ބޭޗަރާ އަށް ހަމަ ހީވާ ގޮތް!! ވާހަކަ އެއް ދެއްކުމުގެ ކުރިން ރަނގަޅަށް ތަންދޮރު އެނގިގެން ދެއްކުން ރަނގަޅު!!! ދުނިޔޭގެ ހުރިހާ މީހުންނަށް ވެސް އެނގޭ އެމެރިކާ އަކީ ލޯނު ނަގައިގެން އުޅޭ ބައެއް ނޫންކަން.އަދި އެވެސް ޗައިނާ އިން!!😂😂 ޗައިނާ އާއި އިންޑިއާ އަށް ބަރޯސާވެގެން އުޅެނީ ދިވެހިރާއްޖެ 🤣🤣 އެމެރިކާ މީހުން އެއް ނޫން!!!😂😂
އެމެރިކާ ސަރުކާރަށް ވުރެ ގިނައިން ލޯނު ނަގާ ސަރުކާރެއް މި ދުނިޔެމަތީގައި ނޫޅޭނެ.