ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 10 މީހުން ޝަހީދުކޮށްލާފައިވާތީ ހަމާސް އިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއިލް އިން ދިން ހަމަލާއެއްގައި އެެއް އާއިލާއެއްގެ 10 މީހުން ޝަހީދުވިއިރު، އޭގެ ތެރޭގަައި އަށް ކުޑަކުދިން ހިމެނެއެވެ. އެ އާއިލާއިން ސަލާަމަތްވީ ތުއްތު ފިރިހެން ކުއްޖެެކެވެ.

ހަމާސްއިން ބުނީ، އެ އާއިލާގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ ހަަމަލާތަކެއް މިހާރު އިސްރާއީލަށް ދެމުންދާ ކަމަށެެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނީ، ހަމާސްއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދެމުންދާތީ އިސްރާއީލްގެ ގިނަ ސަރަހައްދުތަކުގައި ހަމަލާއެއް އަންނަކަން އެންގުމުގެ ގޮތުން "ސައިރަން" އަޅަމުންދާކަމަށެވެ

މީގެ ތެރޭގައި އިސްރާއީލްގެ ވެރިރަށް ޓެލް އަވިވް އާއި އިސްރާއީލްގެ މެދު ތެރޭގެ ސަރަަހައްދުތައް ހިމެނެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނީ، ހަމާސްގެ ހަމަލާތައް ރަމަޓް ގަން ސިޓީގެ މެދު ތެރެއަށްވެސް އަމާޒުވަމުންދާ ކަމަށެވެ. އެެގޮތުން އެ ސަރަހައްދުން ބައެއް ކާރުތަކެއްގައި ވަނީ ރޯވެ ދަނީ އަނދަމުންނެވެ. އަދި ބައެއް އިމާރާތްތަކަށްވެެސް ވަނީ ގެއްލުންވެފައެވެ.

މީގެ އިތުރުން، އިސްރާއީލްގެ އެޝްކޮލްއަށްވެސް ވަނީ ރޮކެޓް ހަމަލާތަކެއް އަމާޒުވެފައެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނީ ޣައްޒާއިން ދޭ ހަމަލާތައް އިސްރާއީލްގެ ވެރިރަށް ޓެލް އަވިވް އަށް އަމާޒުވަމުންދާ ކަމަށެވެ. އަދި ބައެއް އިމާރާތްތަކުގައި ރޯވެ އަނދަމުންދާ ފޮޓޯތައް ފަލަސްތީންގެ މީޑިއާތަކުން އާއްމުކޮށްފައި ވެއެވެ.

މީގެ އިތުރަށް ފަލަސްތީންގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ވެރިވެގަނެ، ގަދަކަމުން ވަޒަންވެެރިކުރުވުމާފައިވާ އިމާރާތަކަށް ވެސް ރޮކެޓް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ފަލަސްތީނުން ބުނެފައި ވެއެވެ.

މި ހަމަލާއަށްފަހު ހުޅަނގު އައްސާރީގައި ދަނީ އުފާ ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. .....

    ޙަމަސް އިން ފޮނުވާފިއްޔާ ކާރަކަށް ވޭނަކަށް މި އަރަނީ...
    ޙާލަކުން ފަހަރަކު މީހަކު މަރުވަނީ...އެވެސް ވަނީ އެހެން ގައުމެއްގެ މީހަކަށް...ޔަހޫދީން ވީމަ ވާ ގޮތް

    27
    6
  2. ރެފްރީ

    ބަ ރާބަ ރު އެއްވަނަ

    37
    7
  3. މުހަންމަދު

    ހަމާސް އައް ކާމިޔާބުލިބޭނެ އިއްސާﷲ

    88
    2
  4. ާަްއާކިފް

    އަލް ޙަމްދުލިﷲ

    68
    1
  5. ަަްުއާކިޕް

    އަލްޙަމްދު ﷲ

    61
    4
  6. ޝާޓީ.

    ހަމާސް އާބަސް.

    41
    2
  7. މުއާޒު

    މިރާއްޖޭގައި ވެސް އިޒްރާއީލަށް ތާއީދު ކުރާ ހައެއްކަ ކެނާ އެބައުޅޭކަން އިނގޭ ކޮމެންޓް ތަކަށް ޑިސްލައިކް ދީފަ އެހުންނަނީ

    48
    1
    • ސސ

      އަސްލުވެސް.
      އެއٍ މުނًފިޤުން.

  8. މަ

    ޑިސްލައިކް ދީފަ ހުންނަނީ ދިވެހި ކާފަރުން