އިސްރާއީލުން ޣައްޒާގައި ހުންނަ މީޑިއާތަކުގެ ޓަވަރަށް ބޮމުގެ ހަމަލާދީ ބިމާއި ހަމަލަ ކޮށްލައިފިއެވެ.

އިސްރާއީލުން ބުނީ، އިންޒާރެއްގެ ގޮތުން ފުރަތަމަ ހަމަލާ ދިނީ އިމާރާތުގެ އެންމެ މައްޗަށް ކަމަށެވެ. އަދި އެ ހަމާލާގައި މާބޮޑެތި ގެއްލުންތަކެއް ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން މީޑިއާތަކުގެ ޓަވަރު ބިމާއި ހަމަ ކޮށްފައިވަނީ އެ އިންޒާރަށް ފަހު ދިން ހަމަލާގައެވެ.

އިސްރާއީލުގެ ބައެއް މޑީިއާތަކުން ދަނީ އިސްރާއީލްގެ މި ހަމަލާ ދިފާއު ކުރަމުންނެވެ.

އެގޮތުން އިމާރާތްތައް ހަމާސް އިން ބޭނުން ކުރަމުން ދަނީ ހަތިޔާރު ރައްކާ ކުރަން ކަމަށާއި، ސައިބާ ސެންޓަރުތަކެއްގެ ގޮތުގައާއި މުއާސަލާތީ ހަބެއްގެ ގޮތުގަައި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝަރީފު

    ކޮބާބައިޑެން އޭނާބުނީ މުސްލިމުންނާއި އެކުގާ މަސައްކަތް ކުރާނެވާކަ ފަލަސްތީން ސަހަރަކައް ހަދަނީ.

    58
    2
    • ސަމާ

      ފައްކާ މުނާފިގެއް އދ. ން އިޒްރޭލްގެ ހަމަލަތައް ކުށްވެރި ކުރިޔަވެސް ނުދިން ޓްރަމް އަށްވުރެ ނުލަފާކަން ބޮޑު އެކަލޭގެ ފާޅުގަ ބުނޭ މިކަލޭގެ ނުބުނެ ހުރެ ނުލަފޤ ކަންދައްކަނީ

      29
      1
  2. ހުސޭނުބޭ

    ކޮބައިތަ ހިއުމޭން ވޮޗް
    ކޮބައިތަ ރިޕޯޓަރސް ވިތައުޓް ބޯޑަރ
    ކޮބައިތަ ޔޫއެން
    ކޮބައިތަ އީޔޫ
    ނޫސްވެރިންގެ މިނިވަންކަމަށް އަރާގަންނައިރުވެސް ބުރާންތިވެފައި
    އެކަމަކު ދޮންމީހަކު މަގުމައްޗަށް ވެއްޓި ކަކުލުން ހަންކޮޅެއް ދިޔަޔަސް ހީވާނީ އަލިފާންޖެހިގެން އުޅޭހެން.

    40
    2
  3. ނުރަބޯ

    ތީ ކުޅެފަ އޮތް ފިލްމެއް. ޙުސް ފޭކު

    4
    28
  4. ހުސޭނުބެ

    ބަލާލީމަވެސް އިނގޭ ޕަލީވުޑު ފޭކް ފިލްމެއްކަން

    3
    24
  5. ޔސރ

    ސައޫދީ ނޫނީ މުސްލިމު ގައުމަކުން ކިރިޔާ ކަމެއް ކޮށްފިނަމަ ޕަޕެޓް ކާފަރު މީޑިޔާ ތައް ހީވާނެ ކަމެއް ހެން.

    4
    1
  6. މޮގޮމްބޯ

    ބަރާބަރު، އިޒުރޭލަކީ ވަރުގަދަ ގައުމެއް. އިޒުރޭލަށް ނަސްރު ދެއްވާދެވެ