އިސްރާއީލުން ޣައްޒާގައި ހުންނަ މީޑިއާތަކުގެ ޓަވަރު ބިމާ ހަމަ ކޮށްލާފައިވަނީ ދެ ސިކުންތުގެ ތެރޭގައި ކަމަށް ބައިނަލް އަގުވާ މީޑިއާ އަލްޖަޒީރާއިން ބުނެފިއެވެ.

އިސްރާއީލުން އަލްޖަޒީރާ ހިމެނޭ ގޮތަށް ބައިނަލް އަގުވާމީ ގިނަ މީޑިއާތަށް ހަރާކާތްތެރިވަމުން އަންނަ ޓަވަރު ބިމާ ހަމަ ކޮށްލާފައިވަނީ ހަމާސް އިން އެ އިމާރާތް ބޭނުން ކުރަމުން ދަނީ ހަތިޔާރު ރައްކާ ކުރުމަށާއި، ސައިބާ ސެންޓަރުތަކެއްގެ ގޮތުގައާއި މުއާސަލާތީ ހަބެއްގެ ގޮތުގަައި ކަމަށް ބުނެއެވެ.

އިސްރާއީލުން އެޓަވަރު ބިމާ ހަމަކޮށްލުމުގެ ކުރިން އެއްގަޑިއިރު ތެރޭގައި ޓަވަރު ހުސްކުރުމަށް އަންގާފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

އަލްޖަޒީރާ ނޫހުގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެއް ކަމަށްވާ ސަފްވަތް އަލް ޚަލޫތު ބުނެފައިވަނީ އޭނާ އަކީ 11 އަހަރު ވަންދެން އެތަނުގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެއް ކަމަށާއި އެތަނުގައި ހުރެ ވަރަށް ގިނަ އިވެންޓްތައް ކަވަރު ކުރެވިފައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމެއް ނިމިގެން ދިޔައީ އެންމެ ދެ ސިކުންތު ތެރޭގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ދެރަވުމަށްވުރެ، އަޅުގަނޑާއި އެކީ މަސައްކަތް ކުރާ އެންމެން އަވަސް ވެގަތީ އިތުރު ގޮތެއް ހޯދުމަށް. އެއީ އަލްޖަޒީރާއަކީ އެންމެ މަގުބޫލު ނޫސްގެ ގޮތުގައި ބާއްވަން" އޭނާ ބުންޏެވެ.

ޣައްޒާ ސިޓީގައި ހުންނަ މީޑިއަތަކުގެ ޓަވަރުގައި އަލްޖަޒީރާގެ ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ހެރީ ފިއުސެޓް ބުނެފައިަވނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި އިމާރާތް ނެތުން އެއީ ލިބޭ ވަރަށް ބޮޑު ވެއްޓުމެއް ކަމަށެވެ.

އިސްރާއީލުން އެއިމާރާތް ބިމާއި ހަމަކޮށްލާފައިވާއިރު، ހާދިސާގައި މީހަކަށް ގެއްލުން ވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަގީގަތް

    ކްރިމިނަލް...
    ވަރ ކްރައިމް

    20
  2. ރެފްރީ

    އެމެރިކާގެޓަވަރުގޮއްވާލީމާ އެއީޓެރެރިސްޓު ހަމަލާއެއްކަމަށް ބުނީކޮން ބައެއްތޯ؟؟ އެހަމަލާދިންމީހުން ހަމަލާދިނުމުގެކުރިން ހަމަލާމިދެނީއޭނު ބުނީމާތޯ ޓެރެރިސްޓް ހަމަލާއަކަށްވީ ؟؟ އިޒުރޭލުގަނޑުން ހަމަލާދެނީއޭ ބުނެފަދިނީމާތޯ ޓެރެރިސްޓް ހަމަލާއަކަށްނުވީ ؟؟ އަލިފު ހާ

    25
  3. ރަދީފް

    ނަތަންޔާހޫ ކަލޭ ވިސްނައިގެން ފިޔަވަޅު އަޅައްޗޭ.

  4. އެޖެންޑާ2021

    ސީދާ އެމެރިކާއިން ހިންގުވާ ލާއިންސާނީ ޢަމަލެއް.މާތްﷲއެޔަހޫދީ ބައިވަރުގަނޑު ނެތިކޮއް ހިއްޕަވާންދޭވެ.