ހިޖުރީ މަސްތަކުގެ ތެރެއިން އެއްވެސް މަހެއްގައި 28 ދުވަހެއް ނޯވެއެވެ. ކޮންމެ މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. އާންމު އުސޫލަކީ ރަމަޟާން މަހަށް ފަހު ޝައްވާލު މަހުގެ ހަނދު ކޮންމެ ރަމަޟާން މަހެއްގެ 29 ވަނަ ދުވަހު ބެލުމެވެ. އެދުވަހު ހަނދު ނުފެނިއްޖެނަމަ 30 ރޯދަ ހަމަކޮށް ޢީދު ކުރުމެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިއްޔެ ޢީދު ކުރަން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އިން އެންގެވުމުން 28 ރޯދަ އަށް ފަހު ޢީދު ނުކުރެވޭނެ ކަމަށް ބައެއް އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އިސްލާމީ ގައުމުތަކުގައި ކަންތައް ހިނގާފައިވާ ގޮތައް ބަލާއިރު 28 ރޯދަ އަށް ފަހު ވެސް ޢީދު ކޮށްފައިވެއެވެ. މީގެ ތެރެއިން ފަހުގެ ތާރީޚްގައި އެންމެ ފާހަގަކޮށްލެވެނީ 1984 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި 28 ރޯދަ އަށް ފަހު އީދު ކުރުމެވެ.

1984 ވަނަ އަހަރު ރަމަޟާން މަހުގެ 28 ވަނަ ދުވަހު ހަނދު ފެނުމުން ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ނިންމީ ޖެހިގެން އައި ދުވަހަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސް ކަމަށެވެ.

ދީނީއިލްމުވެރިއެއް ކަމަށްވާ އައްޝައިހް އަބްދުއްރަހްމާން ބިން މުހައްމަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަނދު ފެނިއްޖެނަމަ 28 ރޯދަ ހިފިފައިވީނަމަވެސް އީދު ކުރަން ޖެހޭނެ ކަމަށެވެ.

އަލީ ރަޟިއަﷲ އަންހްގެ ޒަމާނުގައި 28 ދުވަސް ކޮށްފައި ހަނދު ފެނުމާއި ގުޅިގެން އީދު ކޮށްފައި މަދުވި ދުވަސް ގަޟާކުރަން އެންގެވި ކަމަށް އޭނާ ވިދާޅުވިއެވެ.

1984 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ދީނީ އިލްމުވެރިން ވެސް ލަފާދެއްވި އެއް ރޯދަ ގަޟާއަށް ހިފަން ނުވަތަ 10 ފަގީރުންނަށް ކާންދިނުމަށެވެ.

2013 ވަނަ އަހަރު ވެސް ސައުދީ އަރަބިއްޔާ އިން ވަނީ 28 ރޯދަ ހިފުމަށް ފަހު ޝައްވާލު މަހުގެ ހަނދު ބަލާފައެވެ. އެއީ އެއަހަރު ރަމަޟާން މަސް ފެށުމަށް ހަނދު ބެލުމުގައި މައްސަލަތަކެއް ހުރިކަމަަށް ބެލެވިގެންނެވެ. ނަމަވެސް އެފަހަރު ހަނދު ނުފެނުމުން އީދު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޝުއައިބު

    މިފަހަރު ދިމާވެގެން އުޅޭ މައްސަލަ މުޅިން ތަފާތު... އެހެން ގައުމެއްގައި އުޅޭ ބަޔަކަށް އީދު ކުރަން އަންގައިގެން މިއުޅެނީ.. އެގައުމުން އިއުލާނުކޮށްގެން ނަމަވެސް އޯކޭ... ދެން ކީއްވެބާ ހަނދު ޘާބިތު ވީމަ ލަންކާގައި ތިބި ދިވެހިން ރޯދަ ހިފަން ނުއެންގީ...؟؟

    • ޝަރފު

      ބަލަ ބުރާންޗާ ރޯދަހިފަން އެންގޭނީ ރޯދަ ނުހިފާނެކަން އެގޭނަމަ ދޯ.

  2. ޞ

    ފިތުނަ ފުތުނަ ފުތުނަ އިލްމުވެރިންގެ މެދުގައި. މައްސަލައަކީ ދެމިހުނއގެ ދެމްދުގައި އޮތް ޒާތީ ހަސަދަވެރިކަން ފިލުވާލަނީ ދީނީ ހުކުމްތަކުން. ކީއްކުރާނީ ފަހުޒަމާނުގެ އަލަމަތް

  3. އަސްލުހާލަތު

    އެއީ ސައުދީއަށް ހަނދުފެނުމީމަ އީދު ކުރީ.. މާނައަކީ ރޯދައަށް ހަނދުބެލުމުގަ މިސްޓޭކެއް ޖެހުނީއޭ.. އެ ހާލަތުގަ ރޯދަ ޤަޞާކުރުމަށް ވެސް ބައެއް އިލްމުވެރިން ބާރުއަޅާ.. އެކަމަކު ރާއްޖެއަށް ހަނދުފެނިގެން ލަންކާގަ ތިބިބަޔަކު އޫދުކުރާކަށް ނުޖެހޭ.. ލަންކާއަށް ހަނދު ފެނުނީމަ އެމީހުން އީދުކުރާނި

  4. އަލްޖިބްރާ

    ކަލޭމެނަށް ކިއޭ ނުކިއޭ ނޭގޭތީ ކޮންމެވެސް ބަހަނާއެއް ނުދައްކާ ފަރުނުޖެހޭނެ ! ބަޔަކު ރޯނުބައިކޮށް އިރެއްގައި ކަންކުރުމުގެ މާނައަކީ ދެންތިބި މީހުންވެސް އެނުބައި ހެދުމަށް އޮތް މަގެއް ނޫން ! ކަލޭމެން ދަންނަ ބޭކަލުންގެ ލޭބަލް ކަރުގައި އަޅުވައިގެން ތިބެ އެންމެ ބޮޑެތި ޖާހިލުން ކަންތަށް ކުރާގޮތަށް ކަންކަން ކުރީމަ އެކަންވެސް ދިވެހިން ބަލައިގަންނަން ވީތަ ؟

  5. ކަރީމްބެ

    ޙަނދު ހޯދި މީހުންނަށް ރާއްޖެއިން ހަނދު ނުފެނި، އުޒްބަކިސްތާން ހަނދުފެނިގެން އުޒްބަކިސްތާން މީހުންނަށް އީދުވެއްޖެކަމަށް ބުނުމުގެ ބޭނުމެއް ނެތް! ޢެއީ އެޤައުމުގައިވެސް އެކަން ކިރާނެ ބަޔަކު ތިބިކަމުން! ޢަނެއްކާ 1690 ގަރުނުގަ ސައުދީގަ ރޯދަ ހިފީ ފެންބޮއެގެން! އެހެނޭ ކިޔާފަ މިހާރު އެހެން އުޅެން ޖެހޭބާ؟

  6. އަބްދުއްލާ

    ތިޔަ ދުވަސްވަރު ރާއްޖޭގަ ވެސް 28 ރޯދަ އަށްފަހު ހަނދުފެނިގެން އީދު ކޮށް އީދުދުވަހުގެ ފަހުދުވަހު ރޯދަ ހިފާ ރަމަޒާން މަހުގެ 30 ރޯދަ ހަމަކުރި

  7. މުސްލިމެއް

    ބަލަގަ..... ތިޔަބުނާ ފަހަރުތަކުގައި، އެެގައުމުގެ އިސްފަރާތުން ފަތުވާ ނެރުުނު ގޮތަށޭ އެގައުމުގެެ މީހުން އަމަލުކުރީ. ޖެހިގެން އޮތް ގައުމު ކަންކުރާގޮތް ބަލާ އެބައިމީހުން ވަކިވެގަތީކީ ނޫން.

  8. ހުވަދޫ ބެއްޔާ

    ތިފާހަނގަ ކުރެއްވި 2 ޙާދިސާއާއި އިއްޔެގެ ޙާދިސާ އާއި ވަރަށް ތަފާތު! އެ 2 ޙާދިސާގައިވެސް ޢީދު ހަނދު (ޝައްވާލު މަހުގެ ހަނދު) ވަނީ ފެނިފައި! އަދި ފެނިފައި ވަނީވެސް އަދި ހަނދު ފެނުނުކަން އިާޢުލާނު ކޮށްފައިވަނީވެސް އެޤައުމަކާއި އެ ޤައުމެއްގެ ސަރުކާރުން އިއްޔެގެ ޙާދިސާގައި ހަނދު ފެނި ޢީދު ދުވަސަކަމަށް ލަންކާއިން އިޢުލާނެއް ނުކުރޭ އަދި ހަނދު ފެނުނުކަމަށް މީހަކުވެސް ނުބުނޭ!

  9. ޭއަލީ

    ނަވާޒު ކަލޭ ވީނު ބޮމެއް ގޮއްވާލަން އައިއެސް މީހުން ބޮން ގޮއްވައޭ ކިޔާފަ

  10. ޖޭމުސްބޮންޑު

    ދެން މަތިޖަހާކަށް މޮޅެތިވާހަކަ ލިޔާނެކަމެއްނެތް؟.. މިއީ 2018... އެންމެ ކުޑަކުއްޖާއަށް ވެސްއެގޭނެ އެކުއްޖާ އުޅޭ ޤައުމަކަށްކަން ތަބަވާން ޖެހޭނީ ހަނދުފެނުނީމަ.. އެހެން ޤައުމަކާ މިތަނަކާ ނުޖެހޭނެ ގުޅުވާކަށް..26 ދުވަހު ރޯދަ ހިފާފަ މައުމޫނު ފެންނައިރަށްވެސް އިސްލާމިކު މިނިސްޓަރަށް ބުނެފާނެ ހަނދު ފެނިއްޖޭ މިއަދުމީ އީދުދުވަހޭ..

    • ދަރުހޮވާ

      ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިކަމާއި ނޫޅެ މިއޮށް ރޯނު ބޮނޑިވަރު ހިފައިގެން ދަގަ ވަލަށް ދަރުހޮވަން ކަޅު ކަނޑިކި އަނދެގެން ތިބެ ދަގަ ދަގަ ދަގަ ދަރުހޮވާ ދޯ. ދަރުހޮވާދޯ.

  11. ބޭކާރު

    ތި ދައްކަނީ ބޭކާރު ވާހަކަ ސަބަބު ވަރަށް ސާފު އެއީ ހަނދު ބަލާނީ ވެސް 29 ރޯދަ ހިފުމަށް ފަހުގައި ، އަދި ލަންކާގެ ހަނދު ބެލުމުގެ ވެސް ކުރިން ލަންކާގައި ތިބި ދިވެހިންނަށް ރޯދަ ދޫކޮށް ޢިދު ހަދަން އެންގުމަކީ ކުށެއް، އެގޮތަކަށް އެކަމެއް ނުކުރެވޭނެ، ކޮންމެ ޝައިޚަކު ކޮންމެ އެއްޗެއް ވިދާޅުވިނަމަވެސް، އިސްލާމިކް މިނިސްޓްރީން އެންގިއެންގުން ރަނގަޅުކުރަން ކޮންމެހެން ވާހަކަދައްކާނެކަމެއްނެއް، ކުށެއްކުރެވުނީމަ ދީނުގަ އޮންނަގޮތަކީ އެކުށަށް އިޢުތިރާފުވެފަ ތައުބާވުން އަދި މާފަށް އެދެންޖެހޭ ފަރާތްތަކުގެ ކިބައިން މާފަށް އެދުން އަދި ދުނިޔަވީ ޖަހުޒީބީ ރިވެތި ގޮތަކީ ސަރުކާރުގެ މަތީ މަޤަމެއްގައި ހުރިމީހަކަށް އެވަރުގެ ބޮޑުކުށެއް ކުރެވުނީމަ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ މަޤާމުން އިސްތިއުފާދެއްވުން ، މިނޫން އިތުރު ގޮތްތަކެއް ތަހުޒީބީ މުޖުތަމަޢުތަކުގައި ނުފެނޭ.

  12. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  13. ޢަލީ

    ސައުދީގައި 28 ރޯދަ ހިފާފައިވަނީ މިހާލަތު ގައެއްނޫން. 28 ވަނަ ދުވަހުގެ އިރު އޮއްސުމަށްފަހު ހަނދު ފެނުމުން އެގޮތަށް އަމަލު ކުރީ. ލަންކާގައި ދިރިއުޅޭ ދިވެހިން ގެންގޮސް ސޯސަންވިލާގައި އީދު ނަމާދު ކުރުވީ ސޯސަންވިލާއަށް ހަނދުފެނިގެންތޯ ނޫނީ އެކަން ކުރުވި މީހުން ހަނދު ބޮޑުވެފައި ތިބީމަތޯ ؟ ގައިމުވެސް އެމީހުން ތިބި ގައުމަކަށް ހަނދުނުފެނޭ. ދީނުގެ ހުކުމްތައް ވެސް ގަޑުބަޑު ކޮށް އަޅުވައިލުން ތިގެންގުޅެނީ.

  14. Anonymous

    ބުންޏޭ ބުނުނެ ހަދީޡް ދައްކަބަލަ އަހަރުމެންނަކީ ސޭހަކު ބުންޏޭ ބުންޏަސް ކަނުކޮށްތަބާވާބައެއް ނޫން

  15. ނަންްްް

    ސައުދީ އަނގައިން ފޮޑިއެއް ޖެއްސަސް ކަލޭމެން އެކަން އެގޮތަށް ކުރާތި. ބޯޅައެއް ކުޅުނަސް މޮޅު ނުވަނީ އެހެންވެ ނު؟

  16. -------------

    ބޭފުޅާ، މި ރޯދަމަހު އެންމެ ރޯދައެއްވެސް ހިފިންތޯ؟

  17. ނަން

    އުފާ ކުރޭ. ތިއޮތީ ޒުވާބު ކޮށް ގަޔަށް ބޮލަށް އަރަން ރަނގަޅު ކަމެއް ފންމަތިވެފަ. ދެން ތިބޭ ޒުވާބު ކޮށްލަ ކޮށްލާ. ގިޔާމަތާ ހަމައަށްވެސް ދަނެދެންވެސް ތިކަމުގެ ކޮޅެއް ނުފެންނާނެ ވިއްޔަ.

  18. ޝީޝާ

    ތިޔަބުނަނީ ހަނދު ފެނުމުން ޢީދުކުރި ވާހަކައެއް ނޫންތޯ މިއީ ހަނދުނުފެނި އަދިއެހެން ގައުމެއްގެ ބަޔަކަށް 30ހަމަވުމުން އަނެއްބަޔަކު ޢީދުކުރާ ވާހަކަ މިދިމާވެގެން އުޅޭ މައްސަލައާ ތިކަމަކާ ގުޅުމެއްނެތޭ އިނގޭތޯ

  19. ވަސީ

    ތީޔައީ އެބްނޯމަލް ކޮއް ހީނގީ ހާދީސާއެއް.. އަދީ ތީޔާ ހާދީސާއާއީ އެހެންގައުމެއްގަ ތީބީ ހަނދު ނުފެންނަ ބަޔަކައް އީދާއީމެދު އަމަލުކުރަން އެގައުމުންބޭރު ބަޔަކު ލަފާދީނުމާއީ ވަރައްތަފާތެވެ.

  20. ބަހާނަތު ބަނާނާ

    ބަހަނާދައްކަން ރަށައްދޭބަލަ..

  21. Anonymous

    ލޮލް. މިއޮތީ ވާ ކަމެއް. ސައުދީގެ އަޅަކަށް ވާންވީނު ކޮންމެ މީހަކު

  22. މިއާ ޚަލީފާ

    އެމީހުން ޢީދު ކުރީ އެމީހުންގެ ގައުމަށް ހަނދު ފެނުނީމައޭ...

  23. ތާރާރީޚު ދިވެހި ރާއްޖެ.

    ޢިލްމުވެރިންނޭ ކިޔާ ބައެް ބޭފުޅުންނަކީ އެބޭފުޅަކަށް އެބޭފުޅެއްގެ މޮޅުކަން ފެނި ބޮޑާ ކަމާއެކު މުޖްތަމައުގައި ފަސާދަ އުފެއްދުމަށް މަގުފަހިވާގޮތަށް ދީނީފަތުވާ ނެރުއްވަމުން ގެންދަވާ ބޭފުޅުން. މީ ޢާމު ރައްޔިތުންވެސް ވިސްނަވަން ޖެހޭނެ ކަމެއް.
    އިސްލާމީ ޤައުމެއްގައި އެޤައުމެއްގެ ރައްޔިތުންނަށް ދީނީ ފަތުވާ ދެމުން ގެންދާނީ އެކަމަށް ދައުލަތުން ކަނޑައަޅާފައިވާ ފަރާތަކުން. އެނޫން ފަރާތަކުން ޖަމާޢަތުގެ މަސްލަޙަތާ ގުޅޭ ފަތުވާ ދޭނޭން ބޭނުން ފުޅުވާނަމަ އެފަދަ ބޭފުޅުން ޖެހޭނީ ދައުލަތުގެ ކާމާބެހޭ ފަރާތަށް އެ ފަތުވާއެއް ނުވަތަ މަޝްވަރާއެއް ދެއްވަން. މިނޫން ގޮތަކަށް މިކަން ހިނގާނަމަ ބައިބއިވުން އުފެދި ފިތުނަ ފަސާދަ ުފެދިގެން ދާނެ.!!!!