އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ހުރިހާ މީޑިއާތައް ގުޅިގެން އިސްރާއިލާއި ދެކޮޅަށް ތެދުވުމަށް ބައިނަލްއަގުވާމީ މީޑިއާ ކަމަށްވާ އަލްޖަޒީރާއިން ގޮވާލައިފިއެވެ.
އަލްޖަޒީރާއިން އެގޮތަށް ގޮވާލާފައިވަނީ ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ޣައްޒާގައި ހުންނަ "އަލް-ޖަލާ" ޓަވަރު އިސްރާއީލުން ބިމާ ހަމަކޮށްލުމާއި ގުޅިގެންނެވެ.
އެގޮތުން އަލްޖަޒީރާއިން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތަކާއި އިމާރާތްތައް ބިމާއި ހަމަކޮށްލުން އަދި މީހުން ޝަހީދު ކޮށްލުން ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.
BREAKING: Israeli air raid flattens building that houses Al Jazeera and other international media outlets in Gaza City.
Follow our LIVE coverage: https://t.co/RvtP1lEX1x pic.twitter.com/pr963DBTde
— Al Jazeera English (@AJEnglish) May 15, 2021
އަލްޖަޒީރާއިން ބުނެފައިވަނީ އެމީހުން ކުރަމުން އަންނަ މަސައްކަތް ނުހުއްޓާނެ ކަމަށާއި ކޮންމެ ގޮތެއް ހަދައި ވެސް އިސްރާއީލުގެ ސަރުކާރުން އެކަމަށް ޒިންމާ ނަގުވާނެ ކަމަށެވެ.
އަދި އެކަމާއި އެއްބައިވުމަށް ހުރިހާ މީޑިއާތަކާއި އިންސާނިއްޔަތަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އިސްރާއީލާއި ދެކޮޅަށް ތެދުވުމަށް އަލްޖަޒީރާއިން ވަނީ ގޮވާލާފައެވެ.
އަލް-ޖަލާ ޓަވަރު ބިމާއި ހަމަކޮށްލި ހާދިސާއާއި ގުޅިގެން އަލްޖަޒީރާ ނޫހުގެ އެކްޓިންގް ޑިރެކްޓަރ ޖެނެރަލް މުސްތަފާ ވަނީ ބައިނަލްއަގުވާ އިދާރާތަކުން އިސްރާއީލުން މީޑިއާތަކަށް ހުރަސް އެޅުން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އޭނާ ބުނީ، އިސްރާއިލުން ދިން އެހަމަލާއަކީ ޣައްޒާގައި ދެމުން އަންނަ ހަމަލާ ދުނިޔޭގެ އެކި ހިސާބުތަކަށް ދެން ގެނެސް ނުދެވޭނެ ގޮތަށް މުޅި މީޑިއާތަކަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އެހަމަލާ ދިން ނަމަވެސް، ބައެއް މީޑިއަތަކުން މިހާރު އަންނަނީ މަސައްކަތް ކުރުމަށް އިތުރު ތަނެއް ބަލަމުން ކަން ފާހަގަ ކޮށްލެވެއެވެ.
ގޮތް ހުސްވީމާ ދެން ކުރާނީ ތިކަހަލަ ބޭކާރު ކަންކަން. ހަމާސްގެ ރޮކެޓްތައް ބޯމަތީގައި އުދުހޭ ވަރަކަށް ތިކަހަލަ ބޭކާރު ކަންކަން ކުރާނެ. ބޭޒާރުވުން ފިޔަވައި އެހެން ކަމެއް ނުވާނެ. ޔަހޫދީން އަބަދުވެސް ބޭޒާރުވެފައި ލަދުގަތުން ފިޔަވައި އެހެން ކަމެއް މިދުނިޔޭގައި އެމީހުންނާ ކުރިމައްޗެއް ނުވާނެ. ބަރާބަރު ދެތިން ހަފުތާއަށް ރޮކެޓް އުދުހޭއިރަށް ހަމަ ބިމަށް ތިރިވާނެ.
ރާޓީވީ އަކަށް އަޑެއް ނީވޭ!