އިންޑިއާ ފެނަށް ޖެހި ބޮޑު ފެނުގެ ކާރިސާއަކާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.
މިހާރުވެސް 600 މިލިއަން އައްވުރެން ގިނަ މީހުން ފެނަށް ޖެހިފައިވާ އިރު މި އަދަދު ބޮޑުތަނުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެ ކަމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެެެވެ.
2020 ވަނަ އަހަރު އަންނަ އިރު އިންޑިއާގެ 21 ސިޓީއަކުން ބިމުއަޑިން ނަގާފެން އެކޮށް ހުސްވާނެ ކަމަށް ބުނާއިރު އިންޑިއާގެ 29 ސްޓޭޓްގެ ތެރެއިން 24 ސްޓޭޓް މިހާރުވެސް ދަނީ ފެނުގެ ދަތިކަން ތަހަމަލު ކުރަމުންނެވެ.
އިންޑިއާއިން ކޮންމެ އަހަރު 200,000 މީހުން ފެނަށް ޖެހި ފެން ނުލިބިގެން މަރުވާއިރު އިންޑިއާގެ ބައެއް ސްޓޭޓް ތަކުގައި ފެނަށް ޖެހި ފެން ހުސްވަނީ ވާރޭ ނުވެހުމާއި ތަރައްގީގެ މަޝްއޫތަކަށް ބިމުގެ އަޑިން ނަގާފެން ޕަންޕް ކުރުމުންނެވެ.
2016 ވަނަ އަހަރު އިންޑިއާ އަށް ކުރިމަތިވި ހަނަފަސްކަމުގެ އަސަރު ވަނީ 330 މިލިއަން މީހުންނަށް ކޮށްފައިވާއިރު އެއަހަރު ފެނުގެ ދަތިކަމުގެ ސަބަބުން އިންޑިއާ އިން ވަނީ 300 މީހުން މަރުވެފަ އެވެ. އިންޑިއާ އަށް ހޫނުގަދަވެ ބައެއް ހިސާބުތަކުގެ ހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަަސް އަށް ވެސް އަރާފަ އެވެ.
އިންޑިއާގެ ގިނަ ސްޓޭޓް އަދި ހަރިއާނާގެ އިތުރުން ގުޖުރާތު އަދި ބިހާރަށް ފެން ލިބުން ދަތިވެ، އެ މައްސަލަ އަށް ހައްލެއް ހޯދިފައި ނުވުމުން އިންޑިއާގެ ސްޕްރީމް ކޯޓުގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.
އިންޑިއާގެ އާބާދީ 1.274 ބިލިއަން އެވެ. މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ 17.25 އިންސައްތައެވެ.މިހާރު މިދާ ބާރުމިނުގައި އާބާދީ އިތުރު ވަމުންދާނަމަ 2050 ވަނަ އަހަރު އަންނައިރު އިންޑިއާގެ އާބާދީ 1.63 ބިލިއަނަށް އިތުރުވެ، ޗައިނާ ފަހަނައަޅައި ދުނިޔޭގެ އެންމެ މީސްގިނަ ގައުމަކަށް އިންޑިއާ ވާނޭ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
ކޮބަާހެޭ އައްނިީ ވ،ސަލަާމް
ޜޭޕްކުރަންދުވޭ އަދިވެސް
ރާއްޖޭން ފެން ފޮނުވާދީބަލަ
ތިކަމުންވެސް ތިޔަމީހުންގެ ވެރިން އިބްރަތެއް ހާސިލްކޮށް އިސްލާހް ވެއްޖިއްޔާމު ރަނގަޅު.
އަޅުކަންކުރަނީ ތިމާމެން އަތުން ކޮށައި މަށައިފައިވާ ހިލަގަޑުތަކަށާއި، ވަލުޖަނަވާރުންނަށް. އެކަމުގެވެސް ހައްދުފަހަނަޅައިފައި އެއޮތީ. ދެން މިފަދަބަޔަކަށް މުސީބާތްތަށް ލައިގަތީމައި އެވާހަކަ ދައްކާނެކަމެއްނެތް.
ކަލޭމެންގެ ގެރިކަލާގެ ކޮބާތަ؟ ބުދު ކަލާގެ ތައް.. ފެން ދޭށޭ ބުނޭބަލަ.. ހުރިހާ ކަމެއްވާ ކަލާގެ ކާލީމާ ކޮބާތަ.. ދުނިޔޭގައި ތިބި އެންމެ މޮޔެ މީހުންމީ..
ރާއްޖެއަކީ ގަދީމީ ބަޔަކު އުޅުނު ބިމެއް. މިނާޒުކު ވެށީގެ ތެރޭ ދިވެހިން އުޅެމުން މިދަނީ ބޮޑެތި އާރާ ބާރު ލިބިގެންވާ އެހެން ގައުމުތަކުގެ ރައްޔިތުންނަށްވުރެ ގުދުރަތީ ގޮތުން މާރައްކާތެރި ގޮތެއްގައި. ހަމްދާ ޝުކުރު ކުރެވޭ
الحمد لله
ލޮލް.....