އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތައް އެގޮތުގައި ކުރިއަށް ގެންދަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަކުރާރުކޮށް އިސްރާއީލަށް ހިތްވަރު ދިނުމަށް ފަހު، މިރޭ ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސަށް ފޯނުކޯލެއް ކޮށްފިއެވެ.
ބައިޑެން، މަހްމޫދު އައްބާސަށް ފޯނުކޯލެއް ކުރިކަން މަހްމޫދު އައްބާސްގެ ތަރުޖަމާން ވަނީ ކަށަވަރު ކޮށްދީފައެވެ. މިއީ އެމެރިކާގެ ރައީސް ކަމާއި ޖަނަވަރީ މަހު ހަވާލުވި ބައިޑެން ފަލަސްތީންގެ ރައީސްއަށް ކުރި ފުރަތަމަ ފޯނު ކޯލެވެ.
ފަލަސްތީން ރައީސްގެ ތަރުޖަމާން ވިދާޅުވީ ބައިޑެންގެ ފޯނުކޯލްގައި ޣައްޒާގައި މިހާރު ކުރިއަށްދާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާތައް ދޭން ފެށުމުން ބައިޑެން ވެސް އަދި އެމެރިކާ ސަރުކާރުން ވެސް ބުނެފައި ވަނީ އިސްރާއީލަށް އަމިއްލަ ދިފާއުގައި ޣައްޒާއަށް ހަމަލާދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ބައިޑެން ވަނީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޯނުން ގުުޅާފައި ވެސް އިސްރާއީލަށް އަމިއްލަ ދިފާއުގައި ޣައްޒާއަށް ހަމަލާ ދިނުމުގެ ހައްގު އޮތްކަމަށް ބުނެ އިސްރާއީލްގެ އަމަލުތަކަށް ހިތްވަރު ދީފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކަކީ ބައިނަލްއަޤުވާމީ ގާނޫނުތަކާއި ހިލާފު ޖަރީމާތަކެއްކަން ފާހަގަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުން އެމެރިކާ އިން ވަނީ ހުއްޓުވާފައެވެ.
މިއަދު އިސްރާއީލުން ޣައްޒާގައި ހުންނަ އަލްޖަޒީރާގެ އޮފީހާއި އޭޕީގެ އޮފީހަށާއި އަދި ފަލަސްތީންގެ ބައެއް މީޑިއާތައް ހިންގާ އޮފީސްތަކަށް ދިން ހަމަލާ އާއި ގުޅިގެން އެމެރިކާ ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެއީ އެމެރިކާ އިން އިސްރާއީލްގެ މިފަދަ އަމަލުތައް ކުއްވެރިނުކުރާތީއެވެ. ބައިޑެން މިރޭ މަހްމޫދު އައްބާސަށް ފޯނުކޯލެއް ކުރީ ވެސް އެމެރިކާ ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.
އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި ހޯމަ ދުވަހުން ފެށިގެން މިހާތަނަށް 145 މީހަކު ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނުގެ ނަސްރު އަވަސްކޮށް ދެއްވައި މުސްލިމުންގެ ބާރު ދުނިޔޭގައި ބާރުގަދަ ކޮށްދެއްވާންދޭވެ
އާމީން!!!
Israel 2 Wana faharah balikurevigen dhaaneh. Ehdhuvas v gaivehjeh Alhamdulillah
ސްލޭވްސް ހޭސްް ޓު އޮބެ ދެއަރ މާސްޓަރ ނޯ އަދަރ ޗޮއިސް
މުސްލިމުން ނަށް ހެޔޮއެދޭ ވެރިއަކު ހަމަ ނާރަނީއޭ ދޯ އެމެރިކާގެ ރައީސް ކަމަށް.
މިމީހާވެސް ކެމްޕޭން ގައި ހީވީ މާރަނގަޅު މީހެއް ކަމަށް. ހައްތާވެސް ޓްރަމްޕް.
ޔާﷲ ޔަހޫދީންނަށް ޢިބްރަތުގެ ފިލާވަޅެއް ދައްކަވާނދޭވެ. މުސްލިމުން ނަށް ނަސްރާއި ކާމިޔާބު ދެއްވާންދޭވެ އާމީން
އެމެރިކާގެ ރައީސަކީ ހަރުބީ ބޮޑު ކާފިރެއް. އޭނަ މަޤާމުގެ ދަހިވެތިކަމުގަ ހުރީމާ ބުނީ އެއްވެސްތަފާތު ކުރުމެއްނެތި އިންސާފުވެރިވާނެކަމަށް. ކާފިރުން ދައްކާ އެކަލަވާހަކަ ތައް ޤަބޫލުކޮއްގެން ތިބުމަކީވެސް
ހެޔޮނުވާކަމެއް. ކޮންބައިޑެން އެއް.އެއީ އަހަރެމެންނާގުޅިގެން ހެޔޮގޮތަކަށްއެއްވެސްކަމެއް އެޔަހޫދީން ނުކުރާނެކަން އެ އިޒްރޭލުގެ ކާފިރުން
ތައް އެންދި މުސްޚަފުތަކުގަވެސްލިޔެވިފަހުންނާނެ.
މާތްﷲއެނުބައި ޝައިޠާނީ ބައިގަނޑު ކުޑަވަގުތު
ކޮޅެއްގެ ތެރޭގަ ހިއްޕަވާ ފާނދޭވެ. އާމީން
ފަލަސްތީނު އަމިއްލަޔަށް ބޯ ބޮނޑިތީ.
ފަލަސްތީންގެ މުސްލިމުންތައް ޝަހީދުކުރާއިރު އިސްލާމީ ބާރުގަދަ ޤައުމުތަކުގެ ވެރިންނަށް ހަމަަ ފެންނަކަމަކަށްވެސް ނުވޭ.. ދުނިޔެއަށްޓަކައި އާޙިރަތް ވިއްކާގެން ތިތިބެނީ.... ކާފަރު ޤައުމުތަކުގެ ވެރިންނަށްވުރެ މިމީހުން މާ ނުބައި ނުލަފާ..
ލަނޑަޔާ ވާނީ ލަނޑަޔާ، އެމެރިކާ އަކީ އިޒްރޭލް ގެ އައްޕަ، ކޮންމެ މީހެއް އެމެރިކާގަ ވެރިއަކަށް ހުރި ނަމަވެސް މިހެން ވާނީ 😡😡😡😡😡
ބައިޑެން އަކީ ދެލޯ ކަނު ޔަހޫދީއެއް. މުސްލިމަކަށް ހެވެއް އެދޭނެ ލޮޑެއް ނާރާނެ އެމެރިކާގެ ރައީސް އަކައް. ކެންޕޭނުގަ މާ މުސްލިމުންނަށް ހެޔޮއެދޭ މީހަކަށް ވެގެން ވޯޓު ހޯދަން. ޝައިތާނާ ގެ ބައްޕަ.
ސުވާލަކީ އަމިއްލައަށް ދިފާޢު ވާނެ ހަތިޔާރެއް ވަސީލަތެއް ނެއް ބައެއްގެ މައްޗައް ބަރުހަތިޔާރުން ހަމަލާ ދިނުމަކީ އިޒްރާއީލުގެ އަމއްލަ ދިފާޢު ގައި ދޭ ޙަމަލާ އަކަށް ވާނނެތޯ ހަތިޔާރެއްނެއް ނިކަމަތި ބަޔަކުގެ ކިބައން އިޒްރޭލު ބޭނުން ވަނީ ކޮން ދިފާޢްއެއްތޯ؟
އެމެރިކާ އާއި އިޒުރޭލުގެ އުފެއްދުމެއް އައިސިސް އަކީ .މުޅި ދުނިޔެ ފަސާދަ ކުރަމުން ދަނީ މި ޙާއިނުން.އެމެރިކާ އަކީ އިސްރާއީލްގެ ޢުދުވާނީ ޓެރަރިޒަމް ވާގިދީ ހިތްވަރުދޭ ބައެއް.މިކަން ނޫންތޯ މި ސާފުވަނީ.އެމީހުން ހަމައެކަނި ހަރުކަށި ޓެރަރިޒަމް މި ލަފްޒުތަށް ތަތްކުރަން ބޭނުންވަނީ މުސްލިމުންގެ ބޮލުގަ
ފަލަސްތީނު ގެ ވަށައިގެން ތިބި ޢަރަބި ޤައުމުތަކުގެ ވެރިންގެ ހިތުގައި ރަޙުމެއް ނެތުމުން މިހުރިހާކަމެއް މިވަނީ މިސްރާއި ޖޯޑުން އިން އިންސާނިއްޔަތަށްޓަކައި ކުޑަމިންވަރެއްގެ އެހީތެރިކަމެއް ލިބިއްޖެނަމަ ވެސް މިއަނިޔާ ތައް މިގޮތަށް ދެމިގެންނުދާނެއެވެ.
އެކަމަ ހޮވިފަ އަނެއްދުވަހު ނިކަން މޮޅުވެލާފަ ބުންޔެއްނު ފަލަސްތީނަކީ ގައުމެއްގެ ގޮތުގަ ބަލައި ގަންނާންމޭ
"ބައިޑެން" ނަމަކަށް ކިޔާ ޔަހޫދީ ބޮޑު ކާފިރު ކަލޭގެ މޮޅު ވާހަކަ ދައްކައިގެން ވެރިކަމަށް އައިސް އަދި މިއުޅެނީ ކުޑަ ދުވަސްކޮޅެއް ނުވެ. އެހާ އަވަހަށް މުސްލިމުންގެ ލެއިން ފެންބޮވައިގެންފައި އެހުރީ. އަޅާ ކިޔާއިރު ވެރިކަމުން ފޭބި ޓްރަމްޕަށްވުރެ ނުލަފާކަން އެތައް ގުނައެއް އިތުރު. މި ކާފިރު ކަލޭގެ ނިމުންވެސް ހިތި ގޮތަކަށް އަވަހަށް ނިންމަވައިދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރަން. އާމީން
ފަލަސްތީނަށްވެސް ދިފާޢުވުމުގެ ހައްޤު އޮންނާނެ. ﷲ މުސްލިމުންނަށް ނަސްރު ދެއްވާ ފާންދޭވެ. އާމީން