އިންޑިއާގެ ގޯއާ މެޑިކަލް ކޮލެޖުން އޮކްސިޖަން ހުސްވެ މީހުން މަރުވާން ފަށައިފިއެވެ.

އިންޑިއާ އޮކްސިޖަނަށް ޖެހިފައިވާތާ މަހެއްހާ ދުވަސް ވެފައިވާއިރު ހޮސްޕިޓަލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހުރިހާ ހޮސްޕިޓަލަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ގޯއާ މެޑިލަކް ކޮލެޖުން އޮކްސިޖަން ހުސްވެ އެ ހޮސްޕިޓަލުން ކޮވިޑަށް ފަރުވާހޯދަމުންދާ ބަލިމީހުން މަރުވާން ފަށާފައިވާއިރު މިހާތަނަށް އެ ހޮސްޕިޓަލުން 75 ބަލިމީހުން ވަނީ އޮކްސިޖަން ނުލިބިގެން މަރުވެފައެވެ.

ގޯއާ ހޮސްޕިޓަލުން ބުނާގޮތުގައި އެ ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލަކަށް ވުމުން އެހެން ހޮސްޕިޓަލްތަކުން އިތުރު ފަރުވާ ހޯދުމަށް ބަލިމީހުން އެ ހޮސްޕިޓަލަށް ފޮނުވައެވެ. ފާއިތުވި އަށް ދުވަސްތެރޭގައި އޮކްސިޖަން ނުލިބި އެތައް ބަޔަކު މަރުވެފައިވާއިރު އޮކްސިޖަން ނުލިބިގެން މީހުން މަރުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޮކްސިޖަން ނުލިބި އިންޑިއާގެ އެކި ހިސާބުތަކުން ފާއިތުވި ދުވަސްތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު އޮކްސިޖަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރު ފެއިލް ވެފައިވާކަމަށް އިންޑިއާ ރައްޔިތުން ބުނެއެވެ.

ދިރިހުރުމަށް ކޮންމެހެންވެސް ބޭނުންވެފައިވާ އޮކްސިޖަނަށް އިންޑިއާ ޖެހިފައިވާއިރު މި ހާލަތުން އަރައިގަތުމަށް އަވަށްޓެރި ގައުމުތަކުން ދަނީ އިންޑިއާ އަށް އެހީތެރިވަމުންނެވެ. ނަމަވެސް ބަލިވާ މީހުންގެ ނިސްބަތަށް ބަލައި އެފަދަ އެހީތައް މަދުކަން ފާހަގަ ކުރެވެއެވެ.

އިންޑިއާގައި ފެތުރުފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަން އެ ގައުމަށް އަރާފައިވާ ކޮވިޑުގެ ދެވަނަ ރާޅާއެކު ނާޒުކުވެ މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު