އިސްރާއީލް ސިފައިން ފަލަސްތީންގެ ޣައްޒާ އަށް ދިން ހަމަލާއެއްގައި 25 މީހުން ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާ އިން ބުނީ ދެ އިމާރާތަކަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 25 އަށް އަރާނެ ކަމަށެވެ. މިއީ މިފަހަރުގެ ހަމަލާތައް އިސްރާއީލުން ފެށި ފަހުން އެއް ހަމަލާއެއްގައި މިހާ ގިނަ ބަޔަކު ޝަހީދުކޮށްލި ފުރަތަމަ ފަހަރެވެ.
އިސްރާއީލް ސިފައިން ދިން މި ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
އަދި ދެ އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ.
އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީންގެ 174 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިސްރާއީލުން ދެމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު ހާހަކަށް ވުރެ ގިނައެވެ.
ޔަހޫދީން ޝަހީދުކޮށްލި މީހުންގެ ތެރޭގައި 41 ކުޑަ ކުއްޖަކު ހިމެނެއެވެ. ހަމައެކަނި ހުޅަނގު އައްސޭރިން ވެސް 13 މީހުން ވަނީ ޝަހީދުވެފައެވެ.
ޣައްޒާ އިން އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލްގެ 10 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.
ޢިޒްރައިލް ދައުލަތެއް ކަމަށް ގަބޫލު ކޮށް ވޯޓްދިން ކެރަފަާ ނަސީމް ޒިންމާ އުފުލަން ޖެހޭނެ
ސައޫދީ އިން ޝީޝާ ބުއިން ގައުމުގަ ހުއްދަ ކުރުމުގަ އެވެ.
ކެރަފާނަޝީދުތަހުރީ އިޒުރޭލް ވެރިކަމުގަ ހޭކެޑިފަހުރިބީތާޔާ