އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ޣައްޒާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިސްރާއީލަށް ރެކޯޑް އަދަދަކަށް ރޮކެޓް ހަމަލާތައް ފޮނުވައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިއީ ތާރީޙުގައިވެސް އެންމެ ގިނައިން ޣައްޒާއިން އިސްރާއީލަށް ހަމަލާދިން ފަހަރެވެ. އެގޮތުން ހަ ދުވަސް ތެރޭގައި ޣައްޒާއިން އިސްރާއީލަށް 3000 ރޮކެޓް ހަމަލާ އަމާޒުކޮށްފައި ވެއެވެ.

މީގެ ކުރިން އިސްރާއީލަށް އެންމެ ގިނަ ރޮކެޓް ހަމަލާ ދީފައި ވަނީ ލުބްނާންގެ ހިޒްބުﷲއިންނެވެ.

ހިޒްބުﷲއިން އިސްރާއީލާއި ދެމެދު 19 ދުވަސް ވަންދެން ކުރެވުނު ހަނގުރާމަގައި އިސްރާއީލަށް 4500 ރޮކެޓް ހަމަލާ ދީފައި ވެއެވެ.

އިސްރާއީލުގައި މިސައިލުން ދިފާއުވާ ނިޒާމެއް ގާއިމު ކޮށްފައިވާތީ ޣައްޒާއިން ފޮނުވާލާ ގިނަ ރޮކެޓްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލައެވެ. ނަމަވެސް މިސައިލުން ދިފާއުވާ ނިޒާމަށް ވައްޓާނުލެވޭ ރޮކެޓްތައް އިސްރާއީލްގެ އިމާރާތްތަކަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ.

ހޯމަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ދިހަ މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލްގެ ހަމާލަތައް ދުވަހަކަށްވުރެ ދުވަހަކު ވަރުގަދަވަމުން އަންނައިރު އަވަހަށް ހަމަލާތައް ބަދަލުކުރުން ހުއްޓިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަމް

    ތަރުޖަމާ ކުރައްވާއިރު ވިސްނާލުން މުހިންމު ކަންކަން އެބަހުރި...

    23
  2. އަދުރަމެޓިކްސް

    3000 ތޯ ގިނައީ 4500 ތޯ ގިނައީ

    14
    14
    • ޛުލާ

      ނޭނގޭނެ. ތަނެއްދޮރެއް އެނގިގެނެއް ނޫން ނޫސްވެރިކަން ކުރަނީ.

      9
      14
      • ޢަހޮމަދު

        ފިތުނަވެރިން

        4
        2
    • ގިނަ

      ހަބަރު ކިޔާލަބަލަ އަދި ދެލޯ ފުހެލައިގެން، އޭގަ އޮތީ ގާޒާ އިން އެންމެ ގިނައިން ރޮކެޓު ހަމަލާ ދިން ވާހަކަ، ހިޒްބުﷲ އަކި ލުބުނާން ގަ ހަރަކާތްތެރިވާ ޖަމާއަތެއް !

      38
      2
    • ޙހގ

      ކޮއްކޯ ބަލައިލަބަލަ ދުވަހުގެ އަދަދު

      26
      2
    • އަދުރަމެޓިކްސް އެކްސް

      ބައްލަވާ 6 ދުވަހާ 19 ހުރި ތަފާތަކީ ކޮބާކަން އެނގެން އެބަހުރި ދެއްތޯ؟؟؟

      29
      2
    • ފުރަތަމަ

      ވިސްނައިގެން ހަބަރު ކިޔާލަބަލަ ސުއޫރު ފާޅުކުރުމުގެ ކުރިން

      13
      1
  3. ޔ

    😂😂😂😂

    13
    3
  4. ރެފްރީ

    ސާބަހޭހިތްވަރުގަދަމުޖާހިދުންނޭ ..

    57
    3
  5. ދެބޯ

    ތީ ވަރައް މުހިންމު ޚަބަރު ތަކެއް އަވަސްކޮއްލަދިނިއްޔާ ވަރައް ރަނގަޅު

    35
    2
  6. އަލާ ބަކުރު

    ތިޔަނުބައި ޔަހޫދީ ނަތަންޔާހޫގެ ކިޑްނީތަކާއި،ސިކުޑި ނުކުޅެދޭ އެއްޗެއްކަމުގަ މާތްﷲ ލެއްވެވުމަކީ ދުރުކަމެއްކަމުގަ ނުލައްވާދޭވެ. ބައިޑެންއަކީވެސް މުސްލިމުންގެ ފުރާނައަށް ފެންބޮވައިގެންފަ ހުރިމީހެއް. އޭނަގެ ނުބައި ޙަމަލާތަކުން މުސްލިމުން ސަލާމަތްކުރައްވާ
    އޭނަބަލިކަށި ކުރައްވާނދޭވެ. އާމީން

    88
    4
  7. Anonymous

    އަލްޙަމްދުލިﷲ.
    އިޒްރޭލުގެ ސައިޒުއޮޅި ފަޟީހަތްވަނީ ދުނިޔެއަށް.
    އަރަބި ވެރިން އެމެރި ކަޔާ އިޒްރޭލު ދެ ކެ ބިރުގަތަސް ކަންޢާނީންގެ ވަޠަނުގެ ހައްޤު އަހުލުވެރި ފަލަސްތީނުގެ ރައްޔިތުން އެމީހުންދެ ކެ ބިރެއް ނުގަނޭ. އިޒްރޭލުގެ އަޔަންޑޯމް ދިފާޢީ ނިޒާމަށް ދިފާޢު ކުރެވެނީ މަދު ރޮކ ކެޓްތަ ކެއް. ﷲ އެ ރޮކ ކެޓްތަށް އޭގެ އަހުލުވެރިންނަށް ސީދާ ކުރައްވާށި. އާމީން

    40
    2
  8. ދޭހަ

    19 ދުވަސް ތެރޭގައި 4500، 6 ދުވަސް ތެރޭގައި 3000. މީ ތަފާތަކީ

    28
    2
  9. ވާނުވާ

    19 ދުވަސް ތެރޭގައި 4500، 6 ދުވަސް ތެރޭގައި 3000. މީ ތަފާތަކީ

    24
    2
    • ފަރުދު

      ތަފާތަކީ ޣާޒާ އާއި ލުބުނާނު

      8
      1
  10. ފާއިޒް

    ޔާﷲ ފަލަސްތީންގެ މުޖާހިފުންނައް އިސްރާއީލް ބިރުގަންނަ ވަރުގެ ނަސްރެއް ދެއްވާންދޭވެ. ޢިބަ އިލާޚް އެންލެ ލޯބި ކުރައްވާ އަޅާ މުހައްމަދު ސައްލައްﷲ އަލައި ވަސައްލަމަ އިޝްރާ އާއި މިޢުރާޖްގެ ދަތުރު ފުޅު ފެއްޓެވި މިސްކިތާއި އެބިން ސަލާމަތް ކުރެއްވުމައް މުޖާހިދުން ކުރައްވާ ޖިހާދައް ނަސްރު ދެއްވާނދޭވެ...

    5
    1
  11. އަތަމާ

    ޔަހޫދީންނަކީ ރަސޫލު ޒަމާނުންފެށިގެން ހަގުރާމަތަކުގަ ބިންގަރާސްތަކާއި ކިއްލާތަކުގަ ފިލާތިބޭބައެއް. ލިބޭގެއްލުމަށްވުރެން ދައްކާމަންޒަރުން އެއްވެސް ކަމެއްވެފަވާކަމަކަށްނުދައްކާނެ،
    ހަމަ އެޒަމާނާއި މިޒަމާން ހަމަ އެއްވެސް ތަފާތެއްނެތް