22:52

އެމެރިކާ އިން އިސްރާއީލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިފި

20:39

ސްޕެއިންގެ އެފްސީ ބާސެލޯނާއަށް ސަޕޯޓުކުރާ ރާއްޖޭގެ ސަޕޯޓަރުންގެ ބަޔަކު އިސްނަގައިގެން ފަލަސްތީނަށް އެހީވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ހިންގަން ނިންމާ އެކަން އިއުލާނުކޮށްފި

19:51

އިސްރާއިލުން ދިން ބޮމުގެ ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

17:41

ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް މާދަމާ ބާއްވާ ހާއްސަ ހަރަކާތުގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވާނެ ކަން ހާމަކޮށްފި

16:38

އިސްރާއީލުން ބޮން އަޅައި، ޣައްޒާގެ އައްސޭރިފަށުގައި ހުންނަ "މޯލްޑިވް ޣައްޒާ"ކެފޭ ބިމާ ހަމަކޮށްފި

16:24

އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަަނަށް 197 ފަލަސްތީން މީހުން ޝަހީދުވެއްޖެ. އޭގެ ތެރޭގައި ހިމެނެެނީ 58 ކުޑަކުދިންނާއި، 34 އަންހެނުން. އަދި މިހާތަނަށް 1235 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައި.

15:38

15:03

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުން ބަޔާނެއް ނެރެފި.

13:54

އިސްރާއީލުން ވަނީ ޣައްޒާގައި ހުރި ސްޕޮންޖް ފެކްޓަރީއަކަށްވެސް ހަމަލާދީފައި.

https://twitter.com/Timesofgaza/status/1394214167461212162?s=20

13:36

13:34

އިސްރާއީލްގެ އަސްކަރީ ބޯޓުތަކުން ޣައްޒާގައި ހުރި އައިސްކްރީމް ފެކްޓަރީއަކަށް މިއަދު ހަމަލާދީ، އެ ސުންނާފަތިކޮށްލައިފި.

13:28

ފަލަސްތީންގެ ޣައްޒާގައި ހުންނަ ކްލިނިކަކަށް އިސްރާއީލް ސިފައިންގެ ހަމަލާ އަމާޒުވެ، އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ.

12:35

ފަލަސްތީނުގެ ދިދަ ބަންޑާރަކޮށީގެ ބޮޑު ސްކްރީނުން އެޅުވުމަށް އެދިއްޖެ.

11:40

ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީ އޮންނަ އިސްރާއީލްގެ ހޮލިތު އާއި ސުފާއަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސައިރަން އަޅަމުން އެބަގެންދޭ.

10:29

ސިޑިބަރިއެއް ވެއްޓި އިސްރާއީލްގެ ދެމީހުން މަރުވެ، 167 މީހުން ޒަހަމްވެއްޖެ.

09:59

ހަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް އޯއައިސީއިން ގޮވާލައިފި.

09:26

އިސްރާއީލްގެ ކެރެމް ޝަލޮމް އަށް ޣައްޒާއިން ރޮކެޓް ހަމަލާތައް އަމާޒުވަމުން އެބަދޭ. މިއީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީ އޮންނަ ސިޓީއެއް.

09:04

އދ.އިން އިސްރާއީލުން ކުށްވެރިކުރުން ތިންވަނަ ފަހަރަށް އެމެރިކާ އިން ހުއްޓުވައިފި.

05:36

އިސްރާއިލުން ގާޒާ އަށް މިރޭ ދިން ހަމަލާތަކުގެ ތެރެއިން
އިސްރާއިލުން ގާޒާ އަށް މިރޭ ދިން ހަމަލާތަކުގެ ތެރެއިން
އިސްރާއިލުން ގާޒާ އަށް މިރޭ ދިން ހަމަލާތަކުގެ ތެރެއިން

 

05:33

ޣައްޒާއަށް އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުންނާއި ކަނޑުމަގުން ދެމުންދާ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން، އަނިޔާވެރިކަން އިތުރު ހަރުފަހަތަކަށް މައްޗަށް ޖެހެމުންދާއިރު މިއަދަކީ އަދިވަކިން ލޭއޮހޮރުވުން ބޮޑު ދުވަހެކެވެ. މިއަދު އިސްރާއީލުން އިންޒާރެއް ދިނުމެއް ނެތި ޣައްޒާގެ އިމާރާތަކަށް ބޮން އަޅާ އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 192 އަށް އަރައެވެ. އޭގެތެރޭގައި 41 ކުޑަކުއްޖަކު ހިމެނެއެވެ. 1400 އަށްވުރެ ގިނަ މީހުން ވަނީ އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައެވެ.

އިސްރާއީލްގެ އަނިޔާވެރިކަން އިތުރުވަމުން ދާއިރު އަދިވެސް ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅެއެވެ. މިއަދު ވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ ކުރިއަށް އޮތްތަނުގައި ވެސް ހުރިހާ ބާރަކާއިއެކު ޣައްޒާއަށް ހަމަލާތައް ދެމުންގެންދާނެ ކަމަށެވެ.

ފަލަސްތީން މަސްރަހުގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިގައިދީ

    ޢޮތް ހަމަ އެކަނި ހައްލަކީ،އިޚްލާސްތެރިކަމާއިއެކު އިސްރާއީލްގެ އަމަލު ހުއްޓުވުމަށް ބޭނުންވާ ގައުމުތައް އަމަލީގޮތުން އެކަންކުރުން، އަސްކަރީގޮތުން މި ޖެނޮސައިޑް ހުއްޓުވުން،އެމެރިކަނިޒަމް ގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވުން

    16
    4
  2. ފާއިޒް

    ޔާﷲ ފަލަސްތީންގެ މުޖާހިފުންނައް އިސްރާއީލް ބިރުގަންނަ ވަރުގެ ނަސްރެއް ދެއްވާންދޭވެ. ޢިބަ އިލާޚް އެންލެ ލޯބި ކުރައްވާ އަޅާ މުހައްމަދު ސައްލައްﷲ އަލައި ވަސައްލަމަ އިޝްރާ އާއި މިޢުރާޖްގެ ދަތުރު ފުޅު ފެއްޓެވި މިސްކިތާއި އެބިން ސަލާމަތް ކުރެއްވުމައް މުޖާހިދުން ކުރައްވާ ޖިހާދައް ނަސްރު ދެއްވާނދޭވެ...

    42
    4
  3. ާޖާބެ

    ޔުނައިޓެޑް ނޭޝަންސްއަށް ރާއްޖެގެ ފަރާތުން މައްސަލަ ހުށައަޅާ މަސައްކަތް އަވަސްކުރަން ޖެހޭ

    7
    1