އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީންގެ އެހެން ސަރަހައްދުތަކުގައި ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އަދި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައި ބަޔާނެއް ނެރެން އދ.ގެ ސަލާމަތީ މަޖިލީހުން ކުރި މަސައްކަތް ތިން ވަނަ ފަހަރަށް އެމެރިކާ އިން ހުއްޓުވައިފިއެވެ.
އިސްރާއީލުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުން ސަލާމަތީ މަޖިލީހުން ދެފަހަރަށް ބައްދަލުވެ، ބަޔާނެއް ނެރެން ކުރި މަސައްކަތް ވެސް އެމެރިކާގެ ވީޓޯގެ ބާރު ބޭނުން ކޮށްގެން ހުއްޓުވިއެވެ. އަދި ތިން ވަނަ ބައްދަލުން ރޭ ކުރިއަށް ގެންގޮސް، އެބައްދަލުވުމުގައި ބެސް ބަޔާނެއް ނެރެން ކުރި މަސައްކަތް ހުއްޓުވައި އެމެރިކާ އިން ވަނީ އިސްރާއީލްގެ އަމަލުތައް ދިފާއު ކޮށްފައެވެ.
ސަލާމަތީ މަޖިލީހުގައި ހިމެނޭ ޗައިނާ އާއި އަދި އެހެން ބައެއް ގައުމުތަކުން ވެސް ރޭ މަސައްކަތް ކުރީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށެވެ. ނަމަވެސް އެމެރިކާ އިން އދ.އަށް ކަނޑައަޅާފައި އިންނަވާ މެންބަރު ލިންޑާ ތޯމަސް ވަނީ އެމެރިކާގެ ސިޔާސަތަކީ ބަޔާނެއް ނެރުން ނޫންކަމަށް ވިދާޅުވެ، އެމެރިކާގެ ވީޓޯގެ ބާރު ބޭނުންކޮށްފައެވެ.
ނަމަވެސް ހަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް ގުޅުންތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދެމުން ގެންދަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 192 މީހަކު ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި 41 ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.
އިސްރާއީލްގެ ހަމަލާތައް މިހާރު ދަނީ ދުވަހަކަށްވުރެ ދުވަހަކު އިތުރަށް ވަރުގަދަ ކުރަމުންނެވެ.
މި އެމެރިކާ ޔަހޫދީ ޕަޕެޓު ވެރިންނަށް ގަދަފަދަ ޢަޒާބެއް ފޮނުއްވާންދޭވެ.މި ބައިގަނޑު އެކީ އެކައްޗަކަށް ނިކަމެތި ކޮށް ބިކަކުރައްވާށި
މިވަރުގެ ބޭކާރު އދ އެއް މާ މޮޅުކޮށްގެން އެންމެން މިއުޅެނީ ؟
އެމެރިކާއަކީ ދުނިޔޭގެ މުސްލިމުންގެ ހަލާކު ، މޑޕ އަކީ ދިވެހިންގެ ހަލާކު.
އދ ގެ މާނައަކީ އެމެރިކާ، އދ އޮޅާލާ
ﷲަގެ ކޯފާ ތިޔަ އެމެރިކާގެ ނުބައި ނުލަފާ އެންމެންގެ މައްޗައް ފޮނުއްވާ ފާދޭ ! އާމީން !
ޝުކުރިއްޔާ އެމެރިކާ!