ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ދެމުން ގެންދާ ހަަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިހާރުން މިހާރަށް އެ ހަަމަލާތައް ހުއްޓައިލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީއިން އިސްރާއިލަށް ގޮވާލައިފިއެވެ.

އޯއައިސީއަކީ ރާއްޖެ ހިމެނޭހެން 57 ގައުމެއް އެކުލެވޭ އޯގަނައިޒޭޝަންއެކެވެ. އޯއައިސީއިން އިސްރާއިލުން ހިންގަމުން އަންނަ އަނިޔާވެރި ޖަރީމާތައް ހުއްޓާލުމަށް ގޮވާލައިފައިވަނީ އާދިއްތަ ދުވަހު ސައުދީ އަރަބިއާގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ.

ސައުދީގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން ބިން އަބްދުﷲ އިސްވެ މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާއިރު، މަޝްވަރާ ކުރެވިފައިވަނީ އިސްރާއިލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާ ތަކާއި، މަސްޖިދުލް އަގްޟާއަށް ދީފައިވާ ހަމަލާ ތަކުގެ އިތުރުން މި ހަމަލާތައް ދިގުދެމިގެން ދިއުމާއި ގުޅޭ ގޮތުން ކަމަށް ސައުދީގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި ހަމަލާ ތަކުގެ އެތައް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް ނުކުންނަން ޖެހިފައިވުމާއި، ކުޑަކުދިންނާއި އަންހެނުން އިސްރާއިލް ސިފައިން އަނިޔާވެރި ހަމަލާ ތަކުގައި ޝަހީދުވީ މީހުންގެ ތެރޭގައި ހިމެނޭތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް އޯއައިސީގެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވެއެވެ.

އަސްކަރީ ހަރަކާތްތަައް ހުއްޓުމަަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފަލަސްތީނުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ޖަމާއަތްތަކަށް އޯއައިސީއިން ވަނީ ގޮވާލައިފައެވެ.

ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ފުރާނައާއި ގުދުސް ރައްކާތެރިކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށްވެސް އެ ޖަމުއިއްޔާއިން ފާހަގަކުރެއެވެ. އޭގެ އިތުރުން ފަލަސްތީނުގައި ހަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަސްގެފާނު

  އެނިމުނީ .. ދެންތިއިންމީ ހަކުލޮލަށްވެސް ނުފެންނާނެ ! ތިވަރަކުންއަދިނުނިމޭ!!

  21
 2. ލޮލް

  ތީދެން ކޮން ބައެއް ކަމެއްނުވާ ބޭކާރު ޖަމާއަތެއް އުވާލަބަލަ

 3. ޒިމް

  މީ ފައްކާ ދައްޖާލުންތަކެއް.. ފަލަސްތީންގެ މުސްލިމް އަޙުން ޝަހީދުކުރަމުންްްް ޤައުމު ހަލާކުކޮށް ސުންނާފަތިކުރާއިރުވެސް ހުއްޓާލާށޯ.. އަޅެ ފަހެ އަރަބި ޤައުމުތަކުގެ އަޝްކަރީ ލަޝްކަރެއް ތައްުާރުކޮށްބަލަ.. މިކަހަލަ އަނިޔާލިބޭ ޤައުމުތަކުގެ ދިފާއުގައި ނުކުންނަން

 4. މީއައިކެ

  މިތިބަ މުނާފިގުންނޭ! ކަލޭމެން އެންމެން އަތުގައި ހުރިވަރަށް ހަތިޔާރާއި މީހުން އެހެން އެއްވެސް ގައުމަކު ނުހުންނާނެ. ސައުދީން ބޭނުންވީމާ 125 ޖެޓުގައި އެއްފަހަރާ ޔަމަނަށް ހަމަލާ ދެވުނު. އިޒުރޭލަށް އެވަރުގެ އެއް ހަމަލާ ދޭންޖެހޭނީ. ތިކަން އެނިމުނީ. ޗައިނާ، ރަޝިޔާ ބެކަޕް ކުރަން އޮންނާނެ.

 5. ނަޝީދު

  ޔާ ﷲ ނިކަނެތި ފަލަސްތީން ރައްޔިތުންނައް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ބަލަންތިބޭ ޔަހޫދީން މުސްލިމް ބައިގަނޑައް ހިތުން ނުފިލާ ވަރުގެ ކޯފާއެއް ފޮނުއްވާންދޭވެ..