ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތައް އިސްރާއީލުން ހިންގަމުންދާތީ އެކަމާ ދެކޮޅަށް ކަޝްމީރުގައި ބޭއްވި އެއްވުމުގެ ތެެރެއިން 21 މީހަކު އިންޑިއާ ފުލުހުން ހައްޔަރު ކޮށްފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން 21 މީހުންގެ ތެރޭގައި އިންޑިއާގައި މަޝްހޫރު ޒުވާން ކުރެހުންތެރިޔަކު ހިމެނެއެވެ.

އިންޑިއާ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނާ އެކުގައި ކަޝްމީރު ރައްޔިތުން ތިބިކަމަށް ބުނެ އަޑު އުފުލުމުން މަސްލަހަތު ގޯސްވާ ކަމަށާއި، ކަޝްމީރުގައި ހިންގާ މިފަދަ ކަންތައްތައް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ކަޝްމީރުގައި އަޑު އުފުލައި، އެއްވެ އުޅުން ފަދަ ކަންކަމަށް ޖާގަ ނުދޭނެ ކަމަށެވެ.

https://twitter.com/mirsuhail/status/1393555952998232067?s=20

ރިޕޯޓުތައް ބުނާ ގޮތުން ޒުވާން ކުރެހުންތެރިޔާ ހައްޔަރު ކޮށްފައިވަނީ ފަލަސްތީނާއެކު ތިބިކަން ދައްކުވައިދޭ ކުރެހުމެއް ކުރަހާފައި ވާތީއެވެ.

ކުރެހުންތެރިޔާގެ އާއިލާއިން މީޑިއާއަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ އިންޑިއާ ސިފައިން އޭނާ ކުރަހާފައިވާ ކުރެހުން ފިލުވަން އެންގި ކަމަށެވެ. އެ ކުރެހުމުގައިވަނީ ފަލަސްތީނުގެ ދިދަ ފެންނަ ގޮތަށް ހުރި ސްކާފެއް ބޮލުގައި އަޅާފައިވާ އަންހެން ކުއްޖެކެވެ. އޭނާގެ ކައިރީގައި "އަހަރެެމެން ފަލަސްތީނާއި އެކު" މިފަދައިން ލިޔެފައިވެއެވެ. އާއިލާއިން މައުލޫމާތި ދީފައިވާ ގޮތުން ފުލުހުން ވަނީ ގަދަބާރުން ކުރެހުން ތެރިޔާ ލައްވާ ކުރެހުން ނުފެންނާނެހެން ކަޅު ކުލަ ޖައްސައިފައެވެ.

އިންޑިއާގެ ބައެއް މަޝްހޫރު މީހުން އަންނަނީ އިސްރާއިލާއި އެކުގައި ތިބިކަމަށް ފާޅުގައި ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރެފްރީ

    އަ ހަރެމެންދިވެ ހިން ދެންތެދުވަންވީ އިންޑިއާއާއިދެކޮޅަށް !! އަލިފު ހާ

    29
    1
  2. Anonymous

    އިންޑިޔާއާ ދެކޮޅަށް ދިވެހިން ތެދުވަންޖެހޭ. އިންޑިޔާ މިޤައުމަށް ކަމެއްކޮށްދެނީ އަމިއްލަ އެދުމަށް އެއްގޮތަކަށްވެސް ހެޔޮއެދިގެންނެ ނޫން.
    އިންޑިޔާގެ އަސްކަރީން މިޤައުމުން ބޭރުކުރުމަށްގޮވާލަން.
    އަނިޔާވެރި ޔަހޫދީންނާއި ގުޅުން ބާއްވާ ފަރާތްތަކާއި ދެކޮޅުވާންޖެހޭ.

    18
    1
  3. މުޙައްމަދު

    އިންޑިޔާގެ އަޅުވެތިކަމުން މިރާއްޖެ ސަލާމަތްކުރޭ. އަދި ކާފަރު ޔަހޫދީންގެ އަނިޔާއިން މުސްލިމް މުޤައްދަސް ބިން ސަލާމަތް ކުރޭ. އިންޑިޔާ އައުޓް. އިޒްރޭލް އައުޓް

    19
    2
  4. ހަމާސްއިޒްދަޓެރަރިސްޓް

    ލަނޑަޔާ ވާނީ ލަނޑާ. ޓެރަރިސްޓުންނާ ވާނީ ޓެރަރިސްޓުން

  5. ރަސްގެފާނު

    ކަމެއްކުރަންޏާ އިންޑިއާގަ އިޒުރޭލާދެކޮޅަށް މުޒާ ހަރާކުރިމުސްލިމުން ހައްޔަރުކުރީތީ އެކަންކުށްވެރިކޮށް މަޖިލީ ހުންގަރާރެއް ފާސްކުރަންވީ، އަދި ހައްޔަރުކުރިއެންމެން ވަގުތުންދޫކޮށްލަން ދެވަނަގަރާރެއްވެސް ފާސްކުރަންވީ !!

  6. އަހުމަދު ނީޒް

    ދިމާކު ރާތީ ނިޒާމް ފު ރިހަމަ ވެފައި އޮތްވަ ރު ބައްލަވާ. މުސްލިމަކަށް އަނގައިންވެސް ނުބުނެވޭނެ.