އިސްރާއީލްގެ ބަޔަކު ދީނީ އަޅުކަމެއް ކުރަން ތިއްބާ ސިޑިބަރިއެއް ބިންދައިގެން ގޮސް އަޅުކަން ކުރަން ތިބި މީހުންގެ މައްޗަށް ވެއްޓުމުން ދެމީހަކު މަރުވެ، އިތުރު 167 މީހަކު ޒަހަމްވެއްޖެއެވެ. ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް އިސްރައީލްގެ މީޑިއާތަކުން ބުނެއެވެ.

މިހާދިސާ ހިނގީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދެއްގައި ހުރި އިމާރާތެއްގައެވެ. އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާދިސާ ހިނގީ އިސްރާއީލް މީހުން ފާހަގަކުރާ ދީނީ އެއްވުމެއްގައެވެ. ހާދިސާ ހިނގުމާއިއެކު ޒަހަމްވި މީހުން ވަނީ ވަގުތުން ގުދުސްގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

ޒަހަމްވި މީހުންގެ ތެރެއިން 152 މީހަކަށް ލިބިފައި ވަނީ ވަރަށް ކުދިކުދި އަނިޔާތަކެއް ކަމަށް އިސްރާއީލްގެ އޮފިޝަލުން ބުނެއެވެ.

އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި މިހާދިސާ ހިނގީ ބޭނުން ކުރުމުގެ ހުއްދަ އަދި މިހާތަނަށް ސަރުކާރުން ދީފައި ނުވާ އިމާރާތެއްގައެވެ. އެހެންކަމުން އެއިމާރާތުގައި ގިނަ ބަޔަކު އެއްވެގެން މިފަދަ ހަރަކާތްތެއް އިންތިޒާމް ކުރި މީހުންގެ މައްސަލަ ބަލާނެ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މީގެ ދެހަފްތާ ކުރިން ވެސް އިސްރާއީލްގެ ދީނީ އެއްވުމެއް ކުރިއަށް ދަނިކޮށް، އިމާރާތުން ބައެއް ވެއްޓި 45 މީހަކު މަރުވެފައި ވެއެވެ. އެއީ އިސްރާއީލްގައި މިފަދަ ހާދިސާއެއް ހިނގާ އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ހާދިސާއެވެ.

ދީނީ އެއްވުމެއްގައި އިސްރާއީލުން ބަޔަކު މަރުވިއިރު މިހާރު އިސްރާއީލުން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެހަމަލާތަކުގެ ރައްދުގައި ޣައްޒާ އިން ވެސް ދަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. އިސްރާއީލަށް ޣައްޒާއިން ފޮނުވާލާ ރޮކެޓް ހަމަލާތަކުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    މިއީ އުފާވެރި ހަބަރެއް.ނަތަންޔާހޫ ވެސް މިފަދަ ތަނަކުން ވެއްޓޭނެނަމަ އެއީ ރަނގަޅު ކަމަކަށްވާނެ.

    55
    1
  2. ޝީނާ

    ޢިސްރާއިލް ބައިގަޑަށް ﷲ ވަރުގަދަކޯފާއެއް ފޮނުއްވާދޭ! އާމީން

    69
    1
  3. Anonymous

    الحمدلله.
    ނިކަމެތި ފަސްޠީންގެ ރައްޔިތުންނަށް އަނިޔާވެރި ވަމުން ދާއިރު އެއްޗެއް ހިތަށްނާރައޭ.
    ރަޙްމުގެ ކަންފުޅެއްވެސް ނެތޭ. ޖަނަވާރުން ހެން މުސްލިމުންގެ ކުޑަމަޢްސޫމް ކުދިންނާއި ޢާއިލާތަކަށް އަނިޔާވެރި ވަމުން މިދަނީ. ހުރިހާ އެންމެން ދުއާ ކުރަންވީ.

    36
  4. އަހުމަދު

    ތިޔަ އަނިޔާވެރި އިސްރާއީލުގެ ބޮލަށް އުޑުވެއްޓިގެން ނަމަވެސް އެމީހޙުންގެ އަނިޔާވެރިކަމުން މުސްލިމު އަޚުންނާއި އުޚުތުން ސަލާމަތްކޮށްދެއްވާނދޭވެ

    36
  5. މުޙައްމަދު

    އަލްހަމްދުލިލާހި. އަނިޔާވި މީހުންވެސް މަދުވެއްޖިއްޔާ ރަނގަޅީ

    12
    1
  6. އަލްޖިބްރާ

    ތިޔަ އަނިޔާވެރި ޔަހޫދީ އެންމެންގެ މައްޗަށް ﷲަގެ ކޯފާއެއް ފޮނުންވާ ތިޔަބައިގަޑު ސުންނާފަތި ކުރައްވަފާދޭ ! އާމީން !

    21