ސޯލާ ޕެނަލް އުފައްދަން ބޭނުންކުރާ ބައިތައް އުފައްދާ މައި ހަބަކަށް ޗައިނާގެ ޒިންޖިއާންގް ވަނީ ވެފައެވެ. ސޯލާ ޕެނަލް އުފައްދާ ބޮޑަތި އެތައް ކުންފުންޏަކަށް ޒިންޖިއާންގައި އުފައްދާ ބައިތަކެއް ވިއްކަމުން ދާއިރު، އެ ބައިތައް އުފައްދަން މަސައްކަތް ކުރުވަނީ ޗައިނާ ސަރުކާރުން ޒިންޖިއާންގައި ބަންދު ކޮށްގެން ގެންގުޅޭ މީހުން ލައްވާ ގަދަބާރުން ކަމަށްވެއެވެ.

މި ތުހުމަތުކޮށް ސީއެންއެން ބިޒްނަސްގައި ޝާއިޢު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ސޯލާ ޕެނަލް ހެދުމަށް ބޭނުންކުރާ ޕޮލީސިލިކޯން ޒިންޖިއާންގައި އުފައްދަނީ އެތަނުގައި ބަންދު ކޮށްފައި ތިބި މުސްލިމުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވައިގެން ކަމަށެވެ. މީގެން ކުރިން ވެސް އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރާ ފަރާތްތަކުން ވަނީ މި ތުހުމަތުކޮށް އަޑު އުފުލައިފައެވެ.

އެކަމަކު ޗައިނާގެ ފޮރިން އެފެއާސްގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ.

ސީއެންއެން ބިޒްނަސްގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކީ ޗައިނާ ސަރުކާރުގެ ކަންކަމާއި، މީޑިއާ ރިޕޯޓުތަކާއި، މީސް މީޑިއާ ޕޯސްޓުތަކުގެ އިތުރުން އިންޑަސްޓްރީ ރިޕޯޓުތަކާއި ސެެޓެލައިޓް ފޮޓޯތަކަށް ބަލައި ދިރާސާކޮށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިއެފައިވާ ރިޕޯޓެކެވެ.

ޗައިނާގެ އެންމެ ބޮޑު ސޯލާ ޕެނަލްގެ ބައިތައް އުފައްދާ ކުންފުނި ހޮޝިން ސިލިކޯން ކުންފުނީގައި ވެސް ގަދަކަމުން މީހުން ލައްވާ މަސައްކަތް ކުރުވާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވެއެވެ. މި ކުންފުންޏަކީ އެ ސަރަހައްދުގައި ގިނަ ކުންފުނި ތަކަކަށް ތަކެތި ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ހަކަތަ ހޭދަވާ މިންވަރު މަދުކުރުމުގެ މަސައްކަތުގައި ސޯލާ ޕެނަލް އަކީ އެންމެ މުހިންމު އެކައްޗެކެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ނިންމާފައިވަނީ ޗައިނާގައި ގަދަބާރުން މީހުން ލައްވާ މަސައްކަތް ކުރުވަމުން ދާތީ އެކަމަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އެމެރިކާއިން ޗައިނާގެ ކުންފުނިތަކުގައި އެދިފައިވަނީ ގަދަބާރުން މަސައްކަތް ކުރުވާކަމަށް ބުނާ ތުހުމަތު ދޮގުކުރާ ނަމަ އެކަމަށް ހެއްކެއް ދެއްކުމަށެވެ.

ޒިންޖިއާންގައި ތުރުކީގެ ގިނަ މުސްލިމުން ހިމެނޭހެން އެތައް ބަޔަކު ބަންދުކޮށް އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ޗައިނާއިން ހިންގަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    އެމެރިކާ އިން ތިކަހަލަވާހަކަދެ އްކުމަކީ ތާހިރުކަމެ އްނޫން . އަނގަމަޑުންލަ އިގެން ތިބެވޭތޯބަލާ !!

    6
    1