އިސްރާއީލުން ބޮން އަޅައި، ފަލަސްތީނުގެ ވެރިރަށް ޣައްޒާގެ އައްސޭރިފަށުގައި ހުންނަ "މޯލްޑިވް ޣައްޒާ"ކެފޭ ބިމާ ހަމަކޮށްފި އެވެ.

މި ރެެސްޓޯރެންޓަކީ މެޑިޓެރޭނިޔަން ކަނޑަާއި ގާތްގަނޑަކަށް 15 މީޓަރު ކައިރީގައި ހަދާފައިވާ ތިން ފަންގިފިލާގެ ރެސްޓޯރެންޓެކެވެ. މިއީ ޣައްޒާގައި ރާއްޖެއަށް ނިސްބަތްކޮށް ހަދާފައިވާ ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓަށް އަމާޒުވި އެ ހަމަލާގައި ތިން މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީންގެ ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ހަމަލާގައި ސަރަހައްދުގައި ހުރި އިތުރު ތަންތަނަށްވެސް ވަނީ ގެއްލުންވެފައެވެ.

މި ރެސްޓޯރެންޓާއި ގުޅޭގޮތުން މީގެ ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ ޣައްޒާގެ ރައްޔިތުންނަށް ގައުމުން ބޭރަށް ދަތުރުނުކުރެވޭތީ، އަމިއްލަ ގައުމުގައި ތިބެގެން ތަފާތު އެކި ގައުމުތަކުގެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވި ތަނެއް ކަމަށް ވެއެވެ.

ޣައްޒާ މޯލްޑިވް ރެސްޓޯރެންޓް ބިމާ ހަމަކޮށްފައި

"ޣައްޒާގައި ދިރިއުޅެމުންދާ މީހުންނަށް ރާއްޖެއަކަށް ނުދެވޭ، އެހެންކަމުން އަހަރުމެން ބެލީ އެ މީހުންނަށް ރާއްޖެ ގެނެސްދިނުމަށް" ރޮއިޓަރސްއާއި ވާހަކަދައްކަމުން "މޯލްޑިވް ޣައްޒާގެ" ކޯ އޯނަރ އިމާދު އަލްބައްޔާ މިދިޔަ އަހަރުގެ އޮގަސްޓް މަހު ވިދާޅުވެފައި ވެއެވެ.

މޯލްޑިވް ޣައްޒާ ރެސްޓޯރެންޓް

އެ ރެސްޓޯރެންޓަކީ ތަފާތު އެތައް ވައްތަރެއްގެ ކެއުމާއި، ބުންތައް ލިބެން ހުންނަ ތަނެއް ކަމަށް އޮއިޓާސް އިން ބުނެފައި ވެއެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަަނަށް 197 ފަލަސްތީން މީހުން ވަނީ ޝަހީދުވެފައެވެ/ އޭގެ ތެރޭގައި ހިމެނެެނީ 58 ކުޑަކުދިންނާއި، 34 އަންހެނުންނެވެ.

އަދި އެ ހަމަލާތަކުގައި ޣައްޒާގެ އެތައް ތަނެއް ދަނީ ބިމާ ހަމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާފަ

    ދެން ތިޖެހުނީ ދިވެހި އަސްކަރިއްޔާއަށް ތަހައްދުލްވާން..

    32
    3
  2. މޯލްޑިވް ޣައްޒާ

    ޒައިނިސްޓް ޔަހޫދީ އިޒުރޭލައް ހަލާކުހުރި. ޔާﷲ ފަލަސްތީނުގެ މުސްލިމުންނައް ނަޞްރުދެއްވާދޭވެ އަދި ޔަހޫދީން ނަކަމެތި ކުރައްވާދޭވެ. އާމީން

    150
    1
  3. ފިޔޮއް

    ސުބުހާނަﷲ!!!! އިންޝާﷲ..... އަހަރެމެން ތިޔަތަން ހަދާދޭނަން!!!

    32
  4. ދިވެހިން ފަލަސްތީނާއި އެކު!

    ފަހަތަކަށް ނުޖެހޭނަން އިން ޝާ ﷲ

    36
  5. Anonymous

    އަނެއްކާވެސް ފަންޑުކުރަންވީ މި ކެފޭއައް

    32
    1
  6. އައްޒަ

    އައްޒަ ނޫޅެން ރެސްޓޯ ރަންޓް ބޭނުންވެގެން.

    2
    5
  7. ފްރީ ފަލަސްތީން

    އިންޝާ ﷲ ކައިރި މުސްތަގްބަލެއްގައި ގައްޒާގެ ރައްޔިތުންނަށް މިގައުމަށް ޒިޔާރަތްކުރެވި ދިވެހިންނަށް ގައްޒާއަށް ޒިޔާރަތްކޮށް މަސްޖިދުލް އަޤްޞާގައި ނަމާދުކުރެވޭނެ. ޔާ ﷲ ފަލަސްތީން މިނިވަންކުރައްވާ އިޒްރޭލް ބަލިކަށިކުރައްވާންދޭ. އާމީން.

  8. ނަސީ

    ހައްދުންނައްޓާލާފައި ނަތަންޔާހޫ ފަލަސްޠީނުގެ ނިކަމެތިންގެ ކުރިމަތީގައި ނިކަމެތި ގޮތަކަށް މަރުހިއްޕަވާންދޭވެ. އެއްވެސް އިންސާނިއްޔަތުކެއްނެތް ނުބައި ޝައިޠާންނަށް ނަރަކައިގެ ގަދަފަދަ ޢަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް ވޭންދެނިވި ޢަޒާބުދައްކަވައި ހިއްޕަވާންދޭވެ. އިބްއިލާހީ ގަދަފަދަވަންތަ އިލާހެވެ.