އިސްރާއިލުން ދިން ބޮމުގެ ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުވެއްޖެއެވެ.

އިސްރާއިލް ސިފައިން ރިޕޯޓު ކޮށްފައިވާ ގޮތުން އިސްލާމިކް ޖިހާދު ގުރޫޕުގެ އަސްކަރީ ކޮމާންޑަރު، ހުސާމް އަބޫ ހާބީދު ޝަހީދު ވެފައިވަނީ އިސްރާއިލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާއެއްގައެވެ.

ހާބީދު ޝަހީދުވިކަން ކަށަވަރުކޮށް އިސްރާއިލުގެ މީޑިއާތަކުން ރިޕޯޓު ކޮށް ބުނެފައިވަނީ އިސްރާއިލަށް ޣައްޒާއިން ދިން އެތައް ހަމަލާއެއްގެ ފަހަތުގައި ވަނީ އަސްކަރީ ކޮމާންޑަރު ހާބީދު ކަމަށެވެ.

ލަފާ ކުރެވޭ ގޮތުގައި މި ހަމަލާ އަކީ ހާބީދު އަށް އަމާޒުކޮށް އިސްރާއިލުން ދިން ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ހާބީދު ވަނީ އިސްލާމިކް ޖިހާދުގެ އަސްކަރީ ކޮމާންޑަރެއްގެ ގޮތުގައި 15 އަހަރު ހޭދަ ކުރައްވާފައެެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް، ހައްދުފަހަނަ އަޅައި ގޮސްފައިވެއެވެ. އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނަމުންދަނީ ހުރިހާ ބާރެއްގެ ބޭނުންކޮށް، ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުން ދާނެ ކަމަށެވެ. އަދި ފަލަސްތީނާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާނީ ފަލަސްތީނުގެ ރައްޔިތުން ނެތިގެން ދިޔައީމަ ކަމަށް ނަތަންޔާހު ބުނެފައިވެއެވެ.

ހަމަލާތަކުގައި ގެދޮރު ސުންނާފަތި ވުމާއި، ޔަހޫދީން ގެދޮރު ފޭރިގަތުމުން ޣައްޒާގެ 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ. މިހާތަނަށް އިސްރާއިލުން ފަލަސްތީނަށް ދިން ހަމަލައިގައި 201 މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ. އިސްރާއިލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ މީހުންގެ އަދަދު 1،300 އަށް ވުރެ އިތުރުވެއްޖެއެވެ.

އިސްރާއިލުން ދެމުން ގެންދާ އަނިޔާ އާއި ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ފަަލަސްތީނުން ދީފައިވާ ހަމަލާތަކުގައި އިސްރާއިލުގެ 10 މީހަކު މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    انا لله وانا اليه راجعون

    20
    1
  2. Anonymous

    انا لله وانا اليه راجعون އިރާދަ ކުރެވި އްޔާ މިކަހަލަ އެތައް ލީޑަރުންނެއް ތިބިމުން ފާޅުވާނެ! އިޒްރޭލުންނަށް ގެއްލުމާއި ހަލާކު!

    22
    1
  3. ސަފަރު ކައްދަގެ ތިއްތިބެ

    انا لله وانا اليه راجعون އިރާދަ ކުރެވި އްޔާ މިކަހަލަ އެތައް ލީޑަރުންނެއް ތިބިމުން ފާޅުވާނެ! އިޒްރޭލުންނަށް ގެއްލުމާއި ހަލާކު!

    21
    1
  4. Anonymous

    ޔާ ﷲ . ސުވަރުގޭގެ ޝަ ހީދުންގެ ދޮރުކޮޅުން އެބޭފުޅާ ސުވަރުގެ ވައްްދަވާށި. އާމީން