އެމެރިކާ ސަރުކާރުން އިސްރާއީލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާފައިވާ ކަމަށާއި އިސްރާއީލުން މިހާރު ޣައްޒާއަށް ހަމަލާތައް ދެމުން އެގެންދަނީ އެހަތިޔާރުތައް އިސްރާއީލަށް ލިބުނުތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާ އިން އިސްރާއީލަށް ވިއްކި ހަތިޔާރުތައް އިސްރާއީލަށް ގެންގޮސްފައި ވަނީ މެއި މަހުގެ 05 ވަނަ ދުވަހު އެވެ. އެމެރިކާގެ ކޮންގްރެސް މެންބަރުން މިހާރު ވަނީ ބައިޑެންގެ ސަރުކާރުން އިސްރާއީލަށް ވިއްކި ހަތިޔާރު ޣައްޒާގައި ބައިނަލްއަޤުވާމީ ގާނޫނުތަކާއި ހިލާފު ހަނގުރާމައިގެ ޖަރީމާތައް ހިންގަން ބޭނުންކުރާ މައްސަލަ ކޮންގްރެސް އިން ބަލަން ގޮވާލަމުންނެވެ.

އިސްރާއީލަށް އެމެރިކާ އިން ހަތިޔާރު ވިއްކާފައި ވަނީ ކޮންމެ އަހަރަކު އެމެރިކާ އިން އިސްރާއީލަށް ހިލޭ އެހީއާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް ވެފައި އޮންނަ އެއްބަސްވުމާއި ހިލާފަށް ކަމަށް ވެސް ކޮންގްރެސް އިދިކޮޅު މެންބަރުން ވިދާޅުވެއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު އެމެރިކާ އިން އަމަލު ކުރަމުން ގެންދާގޮތް ކޮންގްރެސްގެ ގިނަ މެންބަރުން ގެންދަނީ ކުށްވެރިކުރަމުންނެވެ. އޭގެތެރޭގައި ރައީސް ޖޯ ބައިޑެންގެ ޕާޓީއަށް ނިސްބަތްވާ މުސްލިމް ކޮންގްރެސް މެންބަރުން ވެސް ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީންގެ އެހެން ސަރަހައްދުތަކުގައި ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އަދި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައި ބަޔާނެއް ނެރެން އދ.ގެ ސަލާމަތީ މަޖިލީހުން ކުރި މަސައްކަތް ތިން ވަނަ ފަހަރަށް އެމެރިކާ އިން ވަނީ ހުއްޓުވާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދެމުން ގެންދަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އައްޒަ

  ދެން ކޮބާ މައްސަލައަކީ. ޢައްޒަ އަށްވެސް ހަތިޔާ ރު ލިބޭނެ އި ރާނުން. ހަތިޔާ ރު ހު ރެގެން ދޯ ހަނގު ރާމަ ކު ރެވޭނީ

  4
  30
  • ހަހަހަ

   މީކޮން އައްޒަ އެކޭ ކިޔާ މީހެއް؟؟މިތާކު މީހަކު އައްޒައެކޭ ނުކިޔާ...

 2. މަޒް

  އ.ދ ތިޔައީ ހާދަ ބަލިކަށި ތަނެކޭދޯ.. އެންމެންވެގެން ނެރެން އުޅޭ ބަޔާނެއް އެންމެ ބަޔަކު ބާރު ފޯރުވައިގެން ހުއްޓުވަނީ.. ކޮންފަދަ ރީތި ޑިމޮކްރަސީގެ ނަމޫނާއެއް

  19
  2
 3. ނަގުލު ފިއްތި

  އެހެންވީއްޔާ ޓްރަންޕައް ވުރެން ނުބައި ނުލަފާ ޖަނަވާރެއްތާ ޖޯބައިޑެން އަކީ. ހަލާކުހުރި

 4. މެކް

  ހިތާމައަކީ ދިވެހިންގެތެރޭގައިވެސް މިފަދަ ޔަހޫދީން އުޅޭތީ