23:45

ހަމާސް އިން ދިން ހަމަލާއެއްގައި އިސްރާއީލުން ދެމީހަކު މަރުވެއްޖެ.

22:16

ފާޑުކިޔުންތައް އަމާޒުވުމުން އެމްއޭސީއެލް އިން އަނެއްކާވެސް ފަލަސްތީންގެ ދިފާއުގައި ޓްވީޓް ކޮށްފި.

21:13

އިސްރާއީލްއިން ޤުރުއާނުގެ އާޔަތްތައް ބޭނުންކޮށް މުސްލިމުންނަށް ހަޖޫ ޖަހައިފި.

19:36

18:15

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަން ދެއްކުމަށް، އެގައުމުގެ ދިދަ ބަންޑާރަ ކޮށީގައި ހުރި ބޮޑު ސްކްރީނުން އަޅުވައިފި.

17:59

ދިވެހިން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަ ކޮށް މިއަދު ހަވީރު ކުރިއަށްގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެއްޖެ.

17:46

ފަލަސްތީނާއެކު ހުންނެވިކަން ހާމަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ޓްވީޓް ކުރައްްވަައިފި.

17:45

ފަލަސްތީނާއެކު ތިބިކަން ހާމަކޮށް އައްޒަ ކުރި ޓްވީޓް

 

 

17:43

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން

https://twitter.com/evillqueenn/status/1394633266481664009?s=21

17:18

ނައިބް ރައީސް ފައިސަލް ނަސީމްވެސް ވިދާޅުވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއެކުގައި ކަމަށް

https://twitter.com/faisalnasym/status/1394627385081810947?s=21

މިނިސްޓަރ މަހްލޫފް: އަހަރުމެންނަކީ އާބާދީ ކުޑަ އަދި ނިސްބަތުންވެސް ކުޑަ ގައުމެއް. އެހެން ނަމަވެސް އަހަރުމެން މި ތިބީ ސިހުމެއް ނެތި ފަލަސްތީނާއެކު ސާބިތު ވެގެން

16:55

ދިވެހިން މިތިބީ ފަލަސްތީނާއި ދެކޮޅަށް ހިންގާ ނާއިންސާފާއި ދެކޮޅަށް، އަދި ނިގުޅައިގަނެވެން ނެތް، ފަލަސްތީން ޤައުމެއްގެ ގޮތުގައި އޮތުމުގެ ޙައްޤު ހޯދުމަށް އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކުގައި އެރައްޔިތުނާއި އެކުގައި.

ދިވެހިރާއްޖެ އާއި އިޒްރެއިލްގެ ދެމެދު ހުރިހާ ގުޅުމެއް ވަނީ ކަނޑާލެވިފައި.. މީގޮތުން އިޒްރެއިލްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާ ކުރެވިފައި.

16:54

ރައީސް މައުމޫން ވިދާޅުވަނީ އެމަނިކުފާނުވެސް ހުންނެވީ ފަލަސްތީނާއެކުގައި ކަމަށް.

16:51

ފަލަސްތީންގެ ދިދަ ހިފައިގެން ކުޑަކުދިންތަކެއް ބެލްކަނީގައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

16:49

މާލޭގެ ބައެއް ގެތަކާއި، ރެސްޓޯރެންޓްތަކާއި، އަދިވެސް ސިޔާސީ ހަރަކާތްތައް ހިންގާ ބައެއް ތަންތަނުގައިވެސް ވަނީ ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިދަ ދަމާފައި.

ޕީޕީއެމް އޮފީސް ބޭރުގައި ފަލަސްތީނުގެ ދެ ދިދައެއް ހަރުކޮށްފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ފަލަސްތީންގެ ދިދައެއް މާލޭގެ ރެސްޓޯރެންޓެެއްގެ ބޭރުގައި ޖަހާފައި - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ފަލަސްތީން ދިދައެއް ބެލްކަނީތަކުންވެސް ފެނިގެންދޭ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ފަލަސްތީން ދިދައެއް ބެލްކަނީތަކުންވެސް ފެނިގެންދޭ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
ފަލަސްތީން ދިދައެއް ގެއެއްގެ ބޭރުގައި ޖަހާފައި- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

16:45

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ނިޔާވި ފަލަސްތީން ރައްޔިތުންގެ އަދަދު 212 އަށް އަރައިފި. އޭގެ ތެރޭގައި 61 ކުޑަކުދިންނާއި، 36 އަންހެނެއްގެ އިތުރުން، އުމުރުން ދުވަސްވީ 16 މީހަކު ހިމެނޭ،

16:25

ދިވެހިންގެ އެހީގައި ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދީފި.

16:15

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް ބެލްކަނީތަކާއި، ގޭގޭގެ ދޮރުމައްޗަށް.

16:13

ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް މާލޭގެ މަގެއްގައި ދިދަ ދަމާފައި

16:11

16:10

ގަލޮޅު ކަންމަތީގެ ގެެއެއްގައި ފަލަސްތީންގެ ދިދައެއް ދަމާފައި.

16:03

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖެއިން ފަށަން ތައްޔާރުވި ހަރަކާތް ފަށައިފި.

މި ހަރަކާތް ކުރިއަށްދާނީ ކޮންމެ ގެއަކުން ވެސް އެ ގައުމުގެ ދިދަ އާއި ދިވެހި ހިފައިގެން ބެލެކަންޏަށް ނުވަތަ ގޭގެ ދޮރުމައްޗަށް ނުކުމެގެން ތިބޭ ގޮތަށް.

15:53

ދިވެހިން މިތިބީ ފަަަލަސްތީނާއެކު - ރައީސް ސޯލިހް

15:45

ޣައްޒާގެ 10 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ހިތުގެ އުދާސްތައް ކިޔައިދީފި.

15:11

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބެހުމަށް ނިންމައިފި.

13:54

އިންޑިއާގައި ކޮވިޑް-19 ފައްސިވި މީހުންގެ އަދަދު 25 މިލިއަނަށް ވުރެ މައްޗަށް އަރައިފި

12:22

ތިރީގައި އެވާ ފޮޓޯގައި އެވަނީ އުމުރުން 12 އަހަރުގެ ރަފީފް އަބޫ ދަޔާ. އަދި ރަފީފް ޝަހީދުވި ފަހުން އޭނާގެ ބައްޕަ ރަފީފްގެ ހަށިގަނޑު ހިފައިގެން ރޯން ހުރި މަންޒަރު. ރަފީފް ޝަހީދުވީ އިސްރާއީލުން ޣައްޒާގެ ކޮމާޝަލް ބިލްޑިންގަކަށް ދިން ހަމަލާއެއްގައި.

12:22

އިސްރާއީލް ސިފައިންގެ އަނިޔާވެރި ހަމަލާތައް ފަލަސްތީންގެ ޣައްޒާގައި ހުރި ބިންގަރާސްތަކަށް އަމާޒު ކުރަން ފަށައިފި.

12:19

ޖޯޑަން އިން އިސްރާއީލަށް ވަން ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި.

11:49

އިސްރާއީލުން މީގެ ގަޑިއިރެއްހާ އިރު ކުރިން، ފަލަސްތީންގެ ޣައްޒާގައި އާންމުން ދިރިއުޅޭ ގެއަކަށް ބޮން އަޅާފައި. މި ހަމަލާގައި ޝަހީދުވެފައި ވަނީ ކިތައް މީހުން ކަމެއް އަދި އަނިޔާވި މީހުންގެ ތަފްސީލެއް އަދި ނުލިބޭ.

އިސްރާއީލުން ފަލަސްތީންގެ ގެއަކަށް ބޮން އޮޅަނީ.
އިސްރާއީލުން ފަލަސްތީންގެ ގެއަކަށް ބޮން އޮޅަނީ.
އިސްރާއީލުން ފަލަސްތީންގެ ގެއަކަށް ބޮން އޮޅަނީ.

11:33

ފަލަސްތީނުގެ ޣައްޒާގައި ހުރި ކޮވިޑް-19 ލެބޯޓަރީ އަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެތަން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެއްޖެ.

10:35

ފަލަސްތީންގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން އިންޑޮނޭޝިއާގެ އެތައް ހާސް ބަޔަކު، އެ ގައުމުގެ މަގުތަކަށް ނުކުމެއްޖެ. އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނިކުތީ، ފަލަސްތީންގެ ދިދަ އާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން.

އިންޑޮނޭޝިއާގެ ރައްޔިތުން މަގުތަކަށް ނުކުމެފައި.
އިންޑޮނޭޝިއާގެ ރައްޔިތުން މަގުތަކަށް ނުކުމެފައި.

10:32

10:06

ރޭ އިސްރާއީލަށް ޣައްޒާ އިން 90 ރޮކެޓް ހަމަލާ ފޮނުވާލި ކަމަށް އިސްރާއީލުން ބުނެފި.

10:03

އިސްރާއީލުން ޣައްޒާއަށް ދޭހަމަލާތަކަށް ތާއިދުކުރާކަން ބައިޑެން އަނެއްކާވެސް އަންގައިފި.

09:08

އިސްރާއިލުން ދިން ހަމަލާއެއްގައި ބައްޕަ އަކާއި ތިން ދަރިން ޝަހީދު ވެއްޖެ.

08:59

އަދިވެސް އެންމެ މަދުވެގެން ދެދުވަސް ވަންދެން ޣައްޒާއަށް ހަމަލާތައް ދޭނެ ކަމަށް އިސްރާއީލްގެ ޗީފް އޮފް ސްޓާފް އަވިވް ކޮހާވީ ބުނެފި.

08:55

ހަމަލާތައް ބަދަލުކުރުން މެދުކެނޑާލަން އެމެރިކާގެ ރައީސް ބައިޑެން ތާއިދުކުރާކަން ހާމަކޮށްފައިވާ ކަމަށް ވައިޓްހައުސް އިން ބުނެފި. ވައިޓްހައުސް އިން ބުނީ ހަމަލާތައް ބަދަލުކުރުން މެދުކަނޑާލަން ތާއިދުކުރާކަން ބައިޑެން ހާމަކުރީ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ކުރި ފޯނުކޯލެއްގައި ކަމަށް. މިއީ ހަމަލާތައް ބަދަލުކުރަން ފެށިފަހުން ބައިޑެން ނަތަންޔާހޫއަށް ކުރި ތިންވަނަ ފޯންކޯލް.

08:51

އިސްރާއީލުން ޣައްޒާއަށް ރޭ ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި. ޣައްޒާގެ އެތައް ސަރަހައްދަކަށް ރޭ ވަނީ ބޮން އަޅާފައި. މިހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދެއް އަދި ސާފެއް ނުވޭ.



ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް މަޑުޖެހުމެއް ނާދެއެވެ. ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަހަދުތަކަށް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. ހާއްސަކޮށް މަދަނީ އެކި ބޭނުންތަކަށް ބޭނުންކުރާ އޮފީސް އިމާރާތްތަކަށާއި ސުކޫލްތަކަށް ވެސް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. މިއަދަކީ އެންމެ ގިނައިން އާއްމުންގެ އިމާރާތްތަކަށް އިސްރާއީލްގެ ހަމަލާތައް އަމާޒުވި އެއްދުވަހެވެ.

އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 212 އަށް މިހާރު އަރައެވެ. އޭގެތެރޭގައި 61 ކުޑަކުއްޖަކު ހިމެނެއެވެ.

އިސްރާއީލަށް ޣައްޒާއިން ވެސް ދަނީ ރޮކެޓް ހަމަލާތައް ދެމުންނެވެ. މިހާރު ވެސް އިސްރާއީލްގެ ގިނަ ސަރަހައްދުތަކެއްގައި ދަނީ ރޮކެޓް ހަމަލާތަކެއް އަމާޒުވަމުންދާކަން އަންގައި ދިނުމަށް ސައިރަން އަޅަމުންނެވެ.

ހަމަލާތައް ހުއްޓާލަން ނުވަތަ މެދުކަނޑާލަން އަދިވެސް އިސްރާއީލްގެ ވިސްނުން ނުގެންގުޅޭ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ފަލަސްތީނާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަސޮރު

    ޓުވީޓެއް ކޮށް ގެން ކުރާނެ ފައިދާއެއް ނޭގޭ. ހައްތަހާވެސް ދެއްކުންތެރިކަން، ނަމާދުކޮށްގެން ކާއިނާތުގެ ވެރިރައްބަށް އިޚްލާސްތެރި ހިތަކުން ދުޢާކުރުމުން ކުރާނެފައިދާ މާބޮޑުވާނެ