އެމެރިކާގެ ކެލިފޯނިޔާގެ ގޮނޑުދޮށަށް އާދަޔާ ހިލާފު ވައްތަރެއްގެ މަހެއް ފެނިއްޖެއެވެ.

އެމެރިކާގެ ކެލިފޯނިޔާގެ ގޮނޑުދޮށަށް ލަށްވެފައި ވަނީ "އެންގްލާފިޝް" ގެ އާއިލާއަށް ނިސްބަތްވާ "ޕެސިފިކް ފުޓްބޯލް ފިޝް" އެކެވެ. މި މަހުގައި ހުންނަނީ ކަޅު ކުލައެކެވެ. މި މަސް އުޅޭކަމަށް ބެލެވެނީ ކަނޑުގެ 3،000 ފޫޓު އަޑީގައެވެ. ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހަކަށް މި މަސް ވުމުން މިފަދަ އެހެން މަސްތަކުގައި ހުންނަ ގޮތަށް މިމަހުގައިވެސް "ލައިޓް ބަލްބް" އެއް ނުވަތަ އަލި ކުރާނެ ބޮއްކެއް ހުރެއެވެ.

އެންގްލާފިޝްގެ އާއިލާ އަށް ނިސްބަތްވާ 200 އަށް ވުރެ ގިނަ ވައްތަރުގެ މަސް ހޯދިފައިވާއިރު މިފަހަރު މި ފެނުނު މަސް ކަނޑުގެ މަތިން އަދި ގޮނޑުދޮށުން ފެނުނީ ކީއްވެ ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.

ޕެސިފިލް ފުޓްބޮލް ފިޝް
ފޮޓޯ: ގޫގުލް

ލޮސްއެންޖެލިސް ޓައިމްސްގައިވާ ގޮތުން ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާ ތަޖުރިބާކާރެއް ކަމަށްވާ ޖެސިކާ ރޯމޭ ބުނީ މިފަދަ މަސްތައް ކަނޑުގެ ވަރަށް އަޑީގައި އުޅުމުގެ ސަބަބުން މިތަކެތި ދިރާސާކުރަން ގިނަ ފަރާތްތަކަށް އުނދަގޫ ކަމަށެވެ.

މި މަހުގެ އަންހެން ޖިންސު އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ 24 އިންޗިއަށް ކަމަށެވެ. އަދި ފިރިހެން ޖިންސު ބޮޑުވާނީ އެންމެ އިންޗިއަކަށެވެ. އަދި ފިރިހެން ޖިންސުގެ މަހުގެ ހަމައެކަނި ބޭނުމަކީ އެބާވަތުގެ އަންހެން ޖިންސުގެ މަހެއް ހޯދުމާއި ދަރިފަނި އުފެއްދުމެވެ.

'ޕެސިފިކް ފުޓްބޯލް ފިޝް' ގެ ފިރިހެން ޖިންސު ކާނާ ހޯދަނީ އަންހެން ޖިންސުގެ މަހަށް ބަރޯސާ ވެގެންނެވެ.

2018 ވަނަ އަހަރު ސައިންސުވެރިން ވަނީ ފުރަތަމަ ފަހަރަށް އެންގާފިޝް 'މޭޓް' ކުރާތަނުގެ މަންޒަރު ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ލަންޓަނު ފިސްއެއް ތީ. ބޯމަތިން ބޮކި ދިއްލައިގެން އިންނަ ކަލޭގެ.

    6
    1
  2. Anonymous

    ތިމަހަށް ދިވެހިބަހުން ކިޔަނީ ގިރުބާ މަސް

    5
    2
  3. ﷲގެ އަޅާ

    ވަރުގަދަ ބިން ހެލުމެ އްގެ ފެށުން ކަމުގަ އިވުން ވެސް އެކަށީގެންވޭ . ޔާﷲ ، ކު އްލި ކާރިސާތަކުން އަޅަމެން ރަ އްކާތެރި ކުރަ އްވާށި . އާމީން .

    8
    2
  4. ޙުސްނާ

    ތިޔަ އީ އެލްޓީ ފިޝް އެއް. މީހުންނަށް ކެހިދޭ އެލްޓީ، ޑްރަގުބޯ މީހުންނަށް ދަރި ވި އްކާ އެލްޓީ

  5. އިބިލީސް

    ފައިންޑިންގް ނީމޯ ބެލިންތަ!؟ ފައިންޑިންގް ނީމޯ!؟