އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކަށް އެމެރިކާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އަނެއްކާވެސް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަންގައިފިއެވެ.

ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން އަމިއްލަ ދިފާއުގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް އެމެރިކާގެ ތާއިދު އޮތްކަން ބައިޑެން އަންގާފައި ވަނީ ނަތަންޔާހޫއަށް ކުރި ފޯނުކޯލެއްގައެވެ. މިއީ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން ބައިޑެން ނަތަންޔާހޫ އަށް ކުރި ތިންވަނަ ފޯނު ކޯލެވެ. މީގެ ކުރިން ވެސް ބައިޑެން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް އެމެރިކާގެ ތާއިދުއޮތްކަން ހާމަކޮށްފައެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބައިޑެން ވަނީ ޣައްޒާއަށް ހަމަލާދިނުން މެދުކަނޑާލަން އެމެރިކާ އިން ތާއިދު ކުރާކަމަށް ވެސް ބުނެފައެވެ. "ނަމަވެސް ހަމަލާތައް ހުއްޓާލަން ބައިޑެން ޑިމާންޑް ކޮށްފައެއް ނުވޭ. އަދި ހަމަލާތައް ހުއްޓާލަން އެމެރިކާ އިން އަންގާ އެންގުމެއްގެ ގޮތުގައި އެކަން ފާހަގައެއް ވެސް ނުކުރޭ. ބައިޑެން ހަމައެކަނި ވިދާޅުވީ ހަމަލާތައް މެދުކަނޑާލުން އެއީ އެމެރިކާ އިން ތާއިދު ކުރާކަމެކޭ. ހަމަލާތައް ހުއްޓާލުމާއިމެދު ގޮތެއް ނިންމާނީ އިސްރާއީލުންނޭ." އިސްރާއީލްގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުންޏެވެ.

ގުދުސްގައި އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަކަށް ވެސް ބައިޑެން ވަނީ ތާއިދުކޮށްފައެވެ. ބައިޑެންގެ ފޯން ކޯލްގައި ވަނީ ގުދުސްގައި ހިނގަމުންދާ "ހަމަނުޖެހުންތައް" ކޮންޓްރޯލް ކުރުމުގައި އިސްރާއީލުން ކާމިޔާބު ހޯދުމުން އެކަމަށް މަރުހަބާ ކިޔާފައި ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

އިސްރާއީލުން ޣައްޒާގައި ހުންނަ މީޑިއާ އޮފީސްތަކަށް ބޮން އެޅުމުންނާއި އިސްރާއީލްގެ ހަމަލާތަކުގައި ކުޑަކުދިންނާއި، އަންހެނުންނާއި އާއްމުން ގިނަ އަދަދަކަށް ޝަހީދުވަމުން ދާތީ ހަމަލާތައް ހުއްޓުވުމަށް އެމެރިކާ އިން ބާރުއެޅުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން އަބަދުވެސް އިސްރާއީލްގެ ދިފާއުގައި މަސައްކަތް ކުރާ ބީދައިން މިފަހަރު ވެސް ގެންދަނީ އިސްރާއީލްގެ އަނިޔާވެރިކަމަށް ތާއިދުކޮށް، އިސްރާއީލް ދިފާއު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ☝☝

    ﷲ ތި 2 އެތި ފިރުއައުނު އަދި ހާމާން ނިންމެވިހެން ނިންމަވާނެ
    އިންސާﷲ މާ ދުރަކުނެއް އެ ދުވަހެއް

    42
  2. ކާފަރު

    މުސްލިމުން ނިކަމެތިކޮއް އަދަބުދެމުން އެދަނީ މުސްލިމު ގައުމުތަކުން ބައިބައި ވެފަވާތީ ހުރިހާއަރަބިން އެކައްޗެއްކިޔާފަ ނިޔުކުލިޔަރ ހަތިޔާރާ އެއްޗެހި އެއްކޮއްބަލަ ތިޔައިޒުރޭލުގެ ވަސްވެސް ތިތާކު ނޯންނާނެ މިހާލޯބިވާބަޔަކު އެމެރިކާގަ ވަޒަންވެރިކުރުވީމަ ނިމުނީނު ގެންގޮސް

    31
  3. އިސްމާލު

    ޝުކުރި އްޔާ ބަ އިޑެން!

    4
    34
  4. އަޙްމަދު

    އެމެރިކާގެ ސަފީރު ރައްޖެއިން ފޮނުވާލަން ސަރުކާރަށް ގޮވާލަން.

    42
    1
  5. ނާދިރާ

    2 ޓެރަރިސްޓުން

    35
  6. Anonymous

    ބޯތް އޮފް ޔޫ، ޔޯރ ޑޒުމް އިޒް ވވވވ ނިއަރ.. އިންޝާﷲ. ﷲ ތައާލާ ކަލޭމެންނަށް ގަދަފަދަ އަޒާބެއް ފޮނުއްވާނެ.

    17
  7. އަބަދުއްލަތީފް މުޙައްމަދު

    އަނިޔާވެރިން އަބަދުވެސް އަނިޔާވެރިންނަށް ތާއީދު ކުރާނެ.
    މުސްލިމުންޖެހޭނީ އެކަންދަނެ އަޚްވަންތަކަން ދަމަހައްޓަން.
    ދުޢާ އާއި، އަމަލުން އެކަން ސާބިތުކޮށްދޭން
    ދުނިޔޭގެ ސުލްހގެ މުންނާރުކަމަށް ދައުވާކުރާ އދ (ވީޓޯ) ހިމަނައިގެން އުފެއްދި ބޭނުމަކީ ފަލަސްތީނު އެއްކޮންނައްތާލާ
    ބޮޑު އިޒުރޭލު އުފެއްދުންްކަން މުސްލިމުންގެ ބޮޑުންނަށް ވިސްނެންވެއްޖެ.

  8. ހަޔަސިންތް

    2023 ވަނައަހަރު ތި އިޒްރޭލު ކިޔާ ރާއްޖެ ނެތިފަނާވާނެ ކުރިޔށް އޮށްދުވަސްތަކުގާ ހުރިހާ އަރަބިން އެއެ ގަލަކަށް އަރާނެ اللهއިރާކުރެއްވިއްޔާ

  9. ދެފުއްމިޔަ

    ތިޔަ ސައތާނު ބައިޑެން ﷲ ހެޔޮރަޙުމަތްފުޅުން ހިއްޕަވާފާނދޭވެ.އެސައިޠާނު ވެރިކަންހޯދަން ކެންޕޭން ކުރިއިރު ބުނީ އެއްވެސްބައެއްގެ ޙައްޤައް އުނިކަމެއްލިބޭނެ ކަމެއްނުކުރާނެކަމަށް. ތީއަދި ޓްރަމްޕަށްވުރެން އެއްދަރަޖަ މިހާރު ދައްކާ ގޮތުން ވެސްކުރީގައުޅޭ ޔަހޫދީއެއް. މިފަދަ މީހުން
    ކުއްލިގޮތަކަށްﷲ ހިއްޕަވާފާންދޭވެ.