މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް ހުރީ އިސްރާއިލާއި ދެކޮޅަށް ކަމަށް ބުނެފިއެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޒޭން މަލިކް ފަލަސްތީނާ އެކުގައި ހުރިކަން ހާމަކޮށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފަލަސްތީނުގެ އާއިލާ ތަކުގެ މެމްބަރުން ވަކިވެގެން ދިޔުމަކީ ހިތަށް އަސަރުކުރާ ކަމެއް ކަމަށެވެ.

އިސްރާއިލުން ފޭރިގަނެފައިވާ ފަލަސްތީނު އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް އެ ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށް ޒޭން ބުނެފައިވެއެވެ. އަދި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ދިނުމަށް ޒޭން ގޮވާލައިފައިވެއެވެ.

"އަހަރެން މިހުރީ ފަލަސްތީނު މީހުންނާއެކު. ލޯބިވާ މީހުންނާއި އާއިލާ މެމްބަރުންނާ ވަކިވާން ޖެހިފައިވާ މީހުންނަށް ހަމްދަރުދީވަން. ފަލަސްތީނުގައި ކުޑަކުދިން މަރާ، އަނިޔާދެމުން ދާއިރު އިންސާނީ ހައްގުތައް ހޯދަން މަސައްކަތް ނުކޮށް ނުތިބެވޭނެ. މި ކަންތައް ނިމެން ޖެހޭ. ފަލަސްތީނު ރައްޔިތުން މިނިވަންކުރޭ" ޒޭން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

މަޝްހޫރު މީހުން އިސްރާއިލާ ދެކޮޅަށް މީސް މީޑިއާގައި ވިޔަސް، މުޒާހަރާގެ ތެރެއިން ވިޔަސް އަޑު އުފުލައި، ބަސް ބުނުމަކީ އިސްރާއިލަށް އަސަރު ކުރުވާ ކަމެކެވެ.

މަޝްހޫރު ލަވަކިޔުންތެރިންނާއި، ސުޕާ މޮޑެލްސް އަދި ފިލްމީ ތަރިން އަންނަނީ އިސްރާއިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ފަލަސްތީނު މިނިވަން ކުރުމަށް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް ގޮވަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުސްލިމް

  ސާބަހޭ ދަރިޔާ..! ތިވެސް ޖިހާދެއް..!

  26
 2. ލިމޫ

  ވައު ހޭންޑްސަމް 😘😘😘

  13
  3
 3. މޮޔަ ބަކަރި

  ހައްހައްހައްހާ 😈🎃👽🤖👺🤡