ފަލަސްތީންގެ ޣައްޒާގައި ހަރަކާތްތެރިވާ ބޭރުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތުގެ އެއްވެސް ފަންގިފިލާއެއް ހަމާސް ޖަމާއަތުން ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް އިސްރާއީލަށް މިހާތަނަށް ދެއްކިފައިނުވާކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ގަތަރުގެ އަލްޖަޒީރާ އާއި އެމެރިކާގެ އެސޯސިއޭޓް ޕްރެސް (އޭޕީ)ގެ މީޑިއާ އޮފީސްތައް ހުންނަނީ މި އިމާރާތުގައެވެ. އަދި ބައިނަލްއަގުވާމީ އެހެން މީޑިއާތައް ވެސް 13 ބުރީގެ މި ޓަވަރުގައި ހުރެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އާންމު ރައްޔިތުންގެ ބަޔަކު ވެސް މި އިމާރާތުގައި ދިރިއުޅެމުން ދެއެވެ. މި އިމާރާތައް އިސްރާއިލުން ހަމަލާދީ އިމާރާތް ސުންނާފަތި ކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ބްލިންކެން ވިދާޅުވީ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިމާރާތަކަށް އިސްރާއީލުން ހަމަލާ ދޭންޖެހުނު ސަބަބެއް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ. ހަމާސް ޖަމާއަތުން އެ އިމާރާތް ބޭނުންކުރާ ކަމަށް ބުނި ނަމަވެސް އެކަމަށް ހެއްކެއް ހުށަހެޅިފައި ނުވާކަމަށް ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބްލިކެން ވިދާޅުވިއެވެ.

އިސްރާއިލްގެ ޔަހޫދީ ސަރުކާރުން ބުނެފައިވަނީ އިމާރާތަށް ހަމަލާ ދީފައިވަނީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އެ އިމާރާތް ބޭނުން ކުރަމުންދާތީ ކަމަށެވެ. ނަމަވެސް، އެ އިމާރާތް ބޭނުން ކުރަމުންދިޔަ ބޭރުގެ ނޫސްވެރިންނާއި އިމާރާތުގެ ވެރިފަރާތުން ވަނީ ދޮގު ކޮށްފައެވެ.

އެސޯސިއޭޓް ޕްރެސްގެ ސީއީއޯ ގެރީ ޕްރޫޓް ވިދާޅުވީ ޣައްޒާއަށް އިސްރާއިލުން ދެމުންގެންދާ ގެއްލުންތައް އަންދާޒާކުރަން ވެސް ނޭނގޭ ކަމަށާއި މީޑިއާތަކަށް ކަވަރުކުރެވެނީ މަދު މިންވަރެއްް ކަމަށެވެ. އެމީހުން ބޭނުން ކުރަމުން ދިޔަ މީޑިއާ އިމާރާތައް އިސްރާއިލުން ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ދިވެހި ނޫސްވެރިއަކު މިތަނުން ފެންނަން އެދެމެވެ.

    13
  2. އަލްޖިބްރާ

    ކަލޭމެނަށް ކޮންކަމަކުން ހެކި ދެއްކިގެންތަ ؟ ފަލަސްތީނާއި އެތަނުގެ ރައްޔިތުން މަރާ ތިރިކުރަމުން ތިދަނީ ! ކަލޭމެންގެ ބޭނުން ދުވަކުވެސް ނުފުދޭނެ ! ކަލޭމެނަށް ވޭންދެނިވި ނިމުމެއް ﷲ ފޮނުއްވާފާދޭވޭ ! އާމީން !

    55
    1
  3. ނިކަމެތި މީހާ

    ޢެމެރިކާއަށް ތާއީދުކޮށް އެއްޗެއް ބުނާ ނުވަތަ އެގޮތަށް ހިތަށްއަރާ ކޮންމެ މީހަކީ ލާދީނީ މީހެއް!

    17
    1
  4. ފަސްތީނާއެކު

    ޢެމެރިކާވެރިކަމަންއަނަކޮންމެވެރިޔަކީނުބައިނުލަފާ މިނިކާކުއްތާއެއްކަހަލަ ވަލުޖަނަވާރުމިނިކާވަގުކަހަލަ ކުއްތާއެއް މިބައިމީހުން ނެތިކުރައްވާށީ އިބުރަތުން ފުރިގެންވާ ކޯފާއެއް ފޮނުށީ އާމީން މައުސޫމުކުދިނައްކުރާއަނިޔާ ހިއްފަޅައިގެނަމިދަނީ

  5. ނުރަބޯ

    ހެ ކި ފެންނާނެ ގޮސްބެލީމަ. ހެ ކި ނުޖެހޭ އާންމު ކޮށް އިއުލާން ކުރާ ކަށް.

    1
    11
  6. މއާޒު

    އިރާގުން ނިޔުކުލިޔަރ ވެސް ފެނުނު ހަމައެކަނި މިމީހުންނައް ، ފަހުން ބުނޫ އެއީ މިސްޓޭކެކޭ ތަން ސުންނާފަތި އަރުވާލާފަ ، މިމީހޫން ބުނީމަ ދެން އެބަޔަކު އެވަނީ ޓެރަރިސްޓުންނައް މިވަރައް ސިކުޑި ނުވާނެ ދޮވެވޭކައް

  7. އަންދަރޭސް

    މިއަދު ބައިނަލް އަޤްވާމީ ދުނިޔެ ކޮބާ؟ ނޫސްވެރިންގެ ޖަމިއްޔާތައް ކޮބާ؟ ޑިމޮކްރަސީގެ ބައްޕައިން ކޮބޯ؟ އިންސާނިއްޔަތުގެ މަންމައިން ކޮބާ؟

    އެމެރިކާ ލަދުގަންނަންޖެހޭ، ހެއްކެތްނެތި އެތައް ނޫސްވެރިންނެެއް ބޭނުންކުރާ އިމާރާތެއް ސަބަބަކާ ނުލާ ބިމާހަމަކޮށްލީމާ ފިޔަވަޅެއް ނާޅާ، ހަތިޔާރާއި ޑޮލަރާ އެގަމުއަށް ދޭން. އަދި އެބަބުނޭނު އަމިއްލައަށް ދިފާއުވުމުގެ ހައްގު އިޒްރޭލަށް އޮންނާނެޔޭ. ބަލަ އަމިއްލަ ދިފާއުގައިތަ ކޮންމެ ރޯދަމަހަކު ހަނގުރާމަމިފަށަނީ. އެވެސް މީހުން ނަމާދައްތިއްބާ މިސްކިތްތެރެއަށްވަދެ ބިރުދައްކާ.