އިސްރާއީލް ސިފައިންގެ އަނިޔާވެރި ހަމަލާތައް ފަލަސްތީންގެ ޣައްޒާގައި ހުރި ބިންގަރާސްތަކަށް އަމާޒު ކުރަން ފަށައިފިއެވެ.

މި ބިންގަރާސްތަކަކީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއް ތަނުން އަނެއް ތަނަށް ސިއްރުން ދަތުރު ކުރުމަށް ބޭނުން ކުރާ މަގުތަކެކެވެ. މި ބިންގަރާސްތަކުގައި ހަތިޔާރު އުފުލުމަކީ ވެސް ހަނގުރާމަވެރިން އާންމުކޮށް ކުރާ ކަމެކެވެ.

މީގެއިތުރުން ހަމާސްގެ ހަނގުރާމަވެރިން ބިންގަރާސްތަކުގައި ތިބެ އިސްރާއީލަށް ހަމަލާ ދިނުމަކީ ވެސް އާންމު ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި، މި ބިންގަރާސްތަކަށް ހަމަލާދޭ ނަމަ، ހަމާސް ޖަމާއަތުގެ ގިނަ ހަނގުރާމަވެރިންތަކެއް ޝަހީދުވުމުގެ ފުރުސަތު ބޮޑެވެ. އެއީ ހަމާސް ހަނގުރާމަވެރިން ބޭނުން ކުރަން އޮންނަ އެންމެ މުހިންމު އެއް ތަނަކީ ވެސް މި ބިންގަރާސްތައް ކަމުގައިވާތީއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ހަމާސްގެ ހަނގުރާމަވެރިން ބަލިކުރެވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ބިންގަރާސް މަގުތަކުގެ އިތުރުން، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރުންގެ ގެތަކަށް ވެސް ހަމަލާދީފައިވާނެ ކަމަށް ބުނެފައިވެއެވެ.

އިއްޔެގެ ހަމަލާތަކުގައި ހަމާސްގެ ކޮމާންޑަރުންގެ ތެރެއިން ނުވަ މީހަކު ދިރިއުޅޭ ނުވަ އެޕާޓްމަންޓެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ. އަދި ހަމާސްގެ ހަނގުރާމަވެރިން ބޭނުންކުރާ ބިންގަރާސް މަގުތަކުގެ 15 ކިލޯމީޓަރެއްހާ ދިގުމިނުގެ ސަރަހައްދެއް ހަލާކުކޮށްލާފައިވާ ކަމަށްވެއެވެ.

އިސްރާއީލްގެ ވަކިތަކުގެ ދަށުވެ، މިހާތަނަށް އައިއިރު، 211 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ ގެއަކާއި އިމާރާތެއް ބިމާ ހަމަވެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ބޯފެން ހޮޅިތައް ފަޅައިގެން ގޮސް، ނަރުދަމާ ނިޒާމަށް ވެސް ވަނީ ބުރޫ އަރައިފައެވެ.

ޔަހޫދީންގެ އުދުވާނީ ހަމަލާތަކުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ 20 މީހަކު ޝަހީދުވެފައިވާ އިރު، އެ ދެ ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ 10 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަމާސްއިޒްދަޓެރަރިސްޓް

    ލަސްވެސް ވެ އްޖެ ތިތަން ފުޑާލަން

    1
    42
    • ކިހާ

      ހެޔ ބިސްނުން ދެއްވާށި. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދިވެއްސަކު ތަ މިއީ 😔

  2. ކޮންޝަހީދެއްތަ

    އެމީހުން ވާނީ ހަޑިގޮތަކަށް މަރު

    2
    31
    • ހިސާބު ބެއްލެވޭ ދުވަސް

      ކަލެއާވެސް މަރު އައިސް ހަމަކުރާނެ ރުހުނަސް ނުރުހުނަސް!